June 29, 2024 06:01
Advertisement

-Advertisement-

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އެދިއްޖެ!

މި އަހަރު (1445) ވަނަ އަހަރު ދިވެހިރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެއްވެސް ސަބަބަކާހުރެ މެނިންޖައިޓިސް ވެކްސިން ނުޖެހޭ މީހުންނާއި، ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.

މެނިންގޯކޮކަލް ޖެހިފައިވާ މީހެއްގެ ހަށިގަނޑުން ފެނިދާނެ އަލާމާތެއް - ފޮޓޯ:އޮސްމެޑް ވެބްސައިޓް

ރާއްޖެއިން އިންވޭސިވް މެނިންގޯކޮކަލް ބަލި ޖެހިފައިވާ މީހެއް ފެނުމާއި ގުޅިގެން މިކަން އާންމުންގެ ސަމާލުކަމަށް ގެނެސް އެޗްޕީއޭއިން ބުނީ، އިންވޭސިވް މެނިންގޯކޮކަލް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދޭ ކަމަށެވެ. 

އަދި އެ ވެކްސިނުން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް 2 ހަފްތާ ނަގާނެ ކަމަށް އެޗްޕީއޭއިން ބުނެއެެވެ. އެހެންކަމުން މި ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާގެ ކުރިން ވެކްސިން ޖެހުން މުހިންމު ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

Advertisement

'ކްލޯޒް ކޮންޓެކްޓް' ކަމަށް ބެލެވެނީ ކޮންބައެއް؟ 

  • ބަލިމީހުންނާއި އެއްގެއެއްގައި ދިރިއުޅޭ މީހުން
  • ބަލިމީހާއާއި އެއްކޮށް މަތިންދާ ބޯޓުން ނޫނީ ބަހުގައި ވަރަށް ގިނައިރުވަންދެން ދަތުރުކޮށްފައިވާ މީހުން
  • ބަލިމީހާގެ ކުޅު ފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔަ އަކަށް ހުށަހެޅިފައިވާ މީހުން

މި ބަލީގެ އަލާމާތްތައް

މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއްޔާއިން ކަމަށާއި، ބަލިޖެހިފައިވާ މީހާއާއި އެކު އެންމެގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާއި ދެމެދުގެ މުއްދަތެއްގައި ކަމަށް ވެސް އެޗްޕީއޭޭއިިން ބުނެއެވެ.

+1
1
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް