September 17, 2024 09:05
Advertisement

-Advertisement-

އަރަބިއްޔާ ރޯވާ ކުރޫއަށް މީޑިއާ ވޯކްޝޮޕެއް ކުރިއަށްގެންދިއުން

އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް)ގެ ރޯވާ ކްރޫއަށް މީޑިއާ ވޯކްޝޮޕެއް ވަނީ ހިންގައިފައެވެ.

ހަތަރު ގަޑިއިރަށް ކުރިއަށްގެންދިޔަ މިވޯކްޝޮޕަކީ، ޢަރަބިއްޔާ ސްކައުޓް ގުރޫޕް (އޭއެސްޖީ)ގެ ހަރަކާތްތައް އިޖުތިމާޢީ މީޑިއާގެ ވަޞީލަތްތަކާއި ނޫސް މީޑީއާތައް މެދުވެރިކޮށް ފޯރުކޮށްދިނުން އިތުރުކުރެވިދާނެ ގޮތްތަކާއި، ސްކައުޓް ހަރަކާތާމެދު އާންމުންގެ ޝައުގުވެރިކަން އިތުރުކުރުމަށް މީޑިއާގެ ބޭނުންކުރެވިދާނެ ދާއިރާތަކާ މެދު ހޭލުންތެރިކުރުމަށް ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ. އަދި ހަރަކާތްތައް ކަވަރުކޮށް، ޚަބަރާއި މައޫލޫމާތު ހިއްސާކުރުމަށް ހަރުދަނާ އުސޫލަކަށް އަމަލުކުރުމަށްޓަކައި ކޮންމެހެން އެނގެންޖެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި، ޢަރަބިއްޔާގެ ރޯވަރުންނަކީ މީޑިއާއާ ރައްޓެހި، އިޖުތިމާޢީ މީޑިއާގެ އިތުރުން ނޫސްވެރިކަމާމެދު ހޭލުންތެރި ބަޔަކަށް ހެދުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.

ގިނަ އަދަދެއްގެ ރޯވަރުން ބައިވެރިވި މިވޯކްޝޮޕްގައި، ނޫސްވެރިކަމުގެ އަސާސީ ކަންކަމާއި އިޖުތިމާޢީ މީޑިއާގެ ވަޞީލަތްތަކާއި ނޫސް މީޑީއާތަކަށް ބޭނުންވާ ކޮންޓެންޓް އުފައްދާނެ ގޮތާއި ފޮޓޯ އަދި ވީޑިއޯނެގުމުގެ އަސާސީ ތަމްރީނެއްގެ އިތުރުން، ސޯޝަލްމީޑިއާ އަލްގޮރިދަމްއާއި ޓްރެންޑް ވަމުންދާ ކަންކަމާ ގުޅުންހުރި ދާއިރާތަކުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

Advertisement

ނޫސްވެރިކަމާއި އިޖުތިމާޢީ މީޑިއާގެބައި ނަގައިދީފައިވަނީ، އަސްލު ޓީވީގެ ސީނިއަރ ވީޑިއޯ ޖާނަލިސްޓް ޒިދާން މުޙައްމަދެވެ. ފޮޓޯގްރަފީގެ ބައި ނަގައިދިނީ ފޮޓޯ ޖާނަލިސްޓް ނާއިޝް ނާހިދެވެ.

ބައިވެރިންނަށް ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ރާއްޖެއަށް ސްކައުޓް ހަރަކާތް ތައާރަފުކޮށް ފުޅާކުރުމުގައިވެސް އިސް ދައުރެއް އަދާކުރެއްވި، ޢަރަބިއްޔާ ސްކައުޓް ގުރޫޕްގެ އެސިސްޓެންޓް ގުރޫޕް ސްކައުޓް ލީޑަރު ސައިފް އަޒްހަރެވެ.

އަރަބިއްޔާ ސްކައުޓް ގުރޫޕަކީ ވަރަށް ހަރަކާތްތެރި، ކަބް ސްކައުޓް އަދި ސްކައުޓް ދަރިވަރުންނަށް ގިނަގުނަ ހަރަކާތްތަކެއް ހިންގާ އެއް ސްކައުޓް ގުރޫޕެވެ. މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގެ ސްކައުޓް ގްރޫޕްތަކަށްވެސް އަރަބިއްޔާ ސްކައުޓް ގްރޫޕުން ގެންދަނީ ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ޢަރަބިއްޔާ ރޯވާ ކުރޫއަކީ ރާއްޖޭގައި އެންމެ މެމްބަރުން ގިނަ އެއް ރޯވާ ކުރޫއެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް