September 27, 2024 03:15
Advertisement

-Advertisement-

އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި 650 އަށްވުރެ ގިނަ މަރު

ފާއިތުވި ދެ ޑީކޭޓްގެ ތެރޭގައި އިސްރާއިލު ސިފައިން ލުބުނާނަށް ދިން އެންމެ ވަރުގަދަ ހަމަލާތަކުގައި 560 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި ރައްކާތެރިކަން ހޯދުމަށް ދެކުނު ލުބުނާނުގެ އެތައްހާސް ބަޔަކު ދަނީ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަ ކުރަމުންނެވެ.

ހިޒްބުﷲ އާއި އިސްރާއީލް ސިފައިންގެ މެދުގައި ފެށުނު ހަމަލާބަދަލުކުރުންތައް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށްވެސް ފުޅާކޮށް އިސްރާއީލުން އަންނަނީ ވައިގެ މަގުން ވަރުގަދަ ހަމަލާތައް ދެމުންނެވެ. ލުބުނާންގައި ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، އިސްރާއީލު ސިފައިންނަށް އެހީވުމަށް އެމެރިކާ ސިފައިންވެސް މެދު އިރުމައްޗަށް ފޮނުވާނެ ކަމަށް އެގައުމުން އިއުލާން ކޮށްފައިވާއިރު އިނގިރޭސިވިލާތުންވެސް 10،000 ސިފައިން ސައިފްރަސްއަށް ފޮނުވަން ތައްޔާރުވަމުންދާކަމަށް ޚަބަރުތައް ބުނެއެވެ.

ލުބުނާނަށް އިސްރާއީލުން ބޮންއަޅާ ހަލާކުކޮށްލާފައިވާ ސަރަހައްދެއް - ފޮޓޯ: ރޮއިޓަސް

އިސްރާއީލުން ހަމަލާތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި އިނގިރޭސި ސަރުކާރުން 700 ސިފައިން އަވަށްޓެރި ސައިފްރަސްއަށް ފޮނުވާނެކަން އިއުލާނު ކުރުމަށް ތައްޔާރުވަމުން އަންނަ މި ދަނޑިވަޅަކީ ހަނގުރާމަ އިތުރަށް ފުޅާވެދާނެ ކަމުގެ ސިގްނަލެވެ. އިނގިރޭސި ބޮޑުވަޒީރު، ސާ ކީރް ސްޓާމާރ ވިދާޅުވީ ލުބުނާނުގައި އިނގިރޭސި ރައްޔިތުން އަދިވެސް އެބަތިބިކަމަށާއި، މިހާރު އެގައުމުގެ ރައްޔިތުން ލުބުނާނުން ނިކުންނަންވީ ވަގުތު ޖެހިއްޖެކަމަށެވެ. އަދި ވަގުތުން ލުބުނާނުން ފޭބުމަށް އިނގިރޭސި ރައްޔިތުންނަށް ބޮޑުވަޒީރު ވަނީ ގޮވާލައްވާފައެވެ.

Advertisement

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިސްރާއީލު ސިފައިން ހިޒްބުﷲގެ އަމާޒުތަކަށް ދޭ ހަމަލާތައް ހުއްޓާނުލާ ކުރިޔަށްގެންދާނެ ކަމުގެ އިންޒާރު ދީފައެވެ. ލުބުނާނުގެ ހެލްތް މިނިސްޓްރީން ޚަބަރުދޭ ގޮތުގައި ހޯމަދުވަހު ފެށުނު ހަމަލާ ބަދަލުކުރުންތަކުގައި، އިސްރާއީލުން ދިން ހަމަލާތަކުގައި 659 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 50 ކުޑަކުދިންވެސް ހިމެެނެއެވެ.

އިސްރާއީލުން ހަނގުރާމަ ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ދިނުމާއި ގުޅިގެން އެތަށްހާސް އާންމުންވަނީ އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރިވާނެ ކަމަށް ބެލެވޭ ހިސާބުތަކަށް މިސްރާބު ޖަހާފައެވެ.

ދެކުނު ލުބުނާނުން ނިކުމެގެންދާ ލުބުނާނުގެ ރައްޔިތުން ދަނީ ބެއިރޫތަށާއި، ގޮނޑުދޮށާއި ކައިރި ސިޑޮން ސިޓީ އަށެވެ. ސުކޫލުތައް ވަގުތީ ހިޔާތަކަށް ބަދަލުކޮށް އެތަންތަނުގައި ނިދުން ހަމަޖައްސާފައިވާއިރު އެތައްހާސްބަޔަކު އަމިއްލަ ކާރުތަކުގައި ނިދުމާއި ކެއުމުގެ ކަންކަން ހަމަޖައްސަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި ޕާކުތަކާއި، ގޮނޑުދޮށްތަކުގައިވެސް ގެދޮރު ދޫކޮށްދިޔަ މީހުން އެބަތިއްބެވެ.

ހިޒުބުﷲގެ ބާރު ކަނޑުވާލެވެންދެން މި ހަނގުރާމަ ކުރިޔަށް ގެންދާނެ ކަމުގެ އިންޒާރު އިސްރާއީލުން ދީފައިވާއިރު މިއީ މެދު އިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރެއް ކަމަށް ބަލާ އެމެރިކާއާއި އިނގިރޭސިވިލާތުން ދަނީ ލުބުނާން ހިމެނޭ ސަރަހައްދަށް އިތުރު ސިފައިން ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.
އދ. ގެ ހައިކޮމިޝަނަރ ފޯ ރެފިއުޖީސް އިން ލުބުނާން، ވިދާޅުވީ ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި އދ. ގެ ސްޓާފަކާއި އޭނާގެ ކުޑަ ފިރިހެންދަރިފުޅުވެސް ހޯމަ ދުވަހު ބެކާ ރީޖަނުގައި މަރުވެފައިވާ ކަމަށެވެ. އުތުރުގައި އޮންނަ ބެކާ ރީޖަނަށް އިސްރާއީލުން ހަމަލާދިނީ ހިޒްބުﷲއިން ހަތިޔާރު ރައްކާކޮށްފައިވާ ތަނަކަށް ކަމަށް ބުނެ އާންމުންނާއި ޑިޕްލޮމެޓުންނަށް ބެލުމެއް ނެތިއެވެ. 

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް