December 4, 2024 23:57
Advertisement

-Advertisement-

ޢިބުރަތްތެރި ވާހަކަ: ބަނޑުހައިވެފައިވާ ފަޤީރު ފިރިހެން ކުއްޖާ

ކުނިގޮނޑުން ކާއެއްޗެހި ހޮވައިގެން ކައިބޮއި އުޅުނު ފަޤީރު ނިކަމެތި ކުއްޖެކެވެ. އޭނާ އެއްދުވަހަކު މިގޮތަށް ކާއެއްޗެއް ހޯދުމަށް މަސައްކަތް ކުރަނިކޮށް މުއްސަނދި އާއިލާއެއްގެ ކުއްޖަކަށް ފެނި އޭނާ ކައިރިއަށްގޮސް ސުވާލުކުރިއެވެ. "ތި ގޮތަށް ޑަސްބިނުން ހޮވައިގެން ކާތަކެތީގައި ޖަރާސީމު ހުންނާނެ، އެތަކެތި ކެއުމުން ބަލިތައްޖެހި މަރުވެސް ވެދާނެ". އެހެން ބުނުމުން ޖަވާބުގައި ފަޤީރު ކުއްޖާ ބުންޏެވެ. " އަހަރެން މި ކާއެއްޗެހި ނުކައިފިނަމަ ބަލިޖެހިގެން މަރުވާފަދައިން ބަނޑުހައިހޫނުގައި އަހަރެން މަރުވެދާނެއެވެ. ބުނަން ތިއުޅެނީ ކީކޭ ހެއްޔެވެ؟ މިހެން ބުނުމުން ކުޑައިރުކޮޅަކު ހަނު ހުރުމަށްފަހު މުއްސަނދި ކުއްޖާ ސުވާލުކުރިއެވެ. ކަލޭގެ މައިންބަފައިން ކޮބައިހެއްޔެވެ. ޖަވާބުގައި ފަގީރުކުއްޖާ "އަހަރެންގެ ބައްޕައެއް އަހަރެން ނުދެކެމެވެ. މަންމަ ދުނިޔެ ދޫކޮށްފައިދިޔައީ ކާއެއްޗެއް ހޯދުމަށް ނުކުމެ އުޅެނިކޮށް ރަށުގައި ފެންބޮޑުވުމާއި ގުޅިގެން ދިމާވި ހާދިސާއެއްގައެވެ. މިހެން ބުނުމުން ވަރަށް އަވަހަށް އެބައަންނަމޭ ބުނެ މަޑުކުރުމަށް އެދި މުއްސަނދި އެކުއްޖާ އެތާކައިރީގައި ހުރި ރެސްޓޯރެންޓަކަށް ވަދެ ސޫޕްތައްޓަކާއި ސޭންޑުވިޗެއް ގެނެސް ކާލާށޭ ބުނެ އެކުއްޖާއަށް ދިނެވެ. އަދި މިގޮތަށް ކޮންމެ ދުވަހަކުވެސް ކާއެއްޗެހި ދޭނެކަމަށް ބުންޏެވެ.

ވީއުފަލުން ފަޤީރު ކުއްޖާއަށް ރޮވުނެވެ. މިވަރުގެ މީރު ކާއެއްޗެއް ކޭހަނދާނެއްވެސް ނެތެވެ. މީރު ކާއެއްޗެއް ކެއުމަށް ދެކެމުންއައި ހުވަފެން ހަގީގަތަކަށް ވީއެވެ. ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭނގިފައި ހުރެވުނީއެވެ.

ޖެހިގެން އައިދުވަހު އެހީތެރިވި ކުއްޖާ ފެނޭތޯ ރަށުތެރޭގައި އުޅެނިކޮށް އެކުއްޖާ އާއި ދިމާވިއެވެ. އެދުވަހު ދަތްއުނގުޅާ ސާމާނާއި، އިސްޓާކީނާއި ކުޅޭސާމާނު ހިމެނޭހެން ވަރަށްގިނަ އެއްޗެހި އެކުއްޖާ ހަދިޔާކުރިއެވެ. މިތަކެތި ޝުކުރުވެރިމާއެކު ފަޤީރުކުއްޖާ ބަލައިގަތެވެ.

Advertisement

މިގޮތަށް ފަޤީރު ކުއްޖާއަށް ބޭނުންވާ ހުރިހާ އެއްޗެއް ގަތުމަށް މުއްސަނދި ކުއްޖާގެ ފަރާތުން ދިޔައީ ފައިސާއާއި ތަކެތިވެސް ލިބެމުންނެވެ.

އާދައިގެ މަތިން އެހީތެރިވަމުން އައި ކުއްޖާއާއި ބައްދަލުކުރުމަށް އެއްދުވަހަކު ވަރަށްގިނައިރު މަޑުކުރިއެވެ. އެހެން ހުއްޓާ މީހަކު ކާރެއްގައި ކާއެއްޗެހި ހިފައިގެންއައިސް ދިނެވެ. އަދި ބުންޏެވެ. މިއީ އަހަރެންގެ ދަރިފުޅު ފޮނުވި އެއްޗެއްސެވެ. އެއީ އެކުއްޖާގެ ބައްޕަކަން އެނގުމުން އެކުއްޖާ ކޮބައިތޯ ސުވާލުކުރިއެވެ. ޖަވާބުގައި އޭނާގެ ދަރިފުޅު ވެއްޓިގެން ހާލުބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ބުންޏެވެ. އެހެން ބުނުމުން އޭނާ ކައިރިއަށް ގެންގޮސްދިނުމަށް އެދުނެވެ. އެކަމަށް އެއްބަސްވެ ފަޤީރު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައެވެ. އެކުއްޖާއަށް ފެނުމުން މިއަދު ފޮނުވި ކާއެއްޗެހި ލިބުނުތޯ ބަލިއަޑަކުން ސުވާލުކުރިއެވެ. އަހަންނަށް މަޢާފުކުރޭ އަހަރެންގެ ބަލިހާލަތު ހުރިގޮތުން މިދުވަސްކޮޅު ކާއެއްޗެހި ގެންގޮސްނުދެވޭތީ! އެކުއްޖާގެ ކަރުނަތައް ފޮހެލަދެމުން ފަޤީރު ކުއްޖާ ބުންޏެވެ. ބަލިއެދުގައި އޮވެގެންވެސް އަހަރެންގެ މަތިން ހަނދާންކޮށް އެހީތިރިވާތީ ތިޔައީ ހިތްހެޔޮ ރަނގަޅު ރައްޓެއްސެކެވެ.  

އިރުކޮޅަކު ހިމޭނުން އޮވެފައި އަހަރެން ނެތް ދުނިޔެއެއްގައި އަހަރެންގެ މަތިން ހަނދާންކުރާނީ ކިހިނަކުންތޯ؟ މުއްސަނދި ކުއްޖާ ސުވާލުކުރިއެވެ. ޖަވާބުގައި އަގުބޮޑެތި ކާރާއި މުދާ އަދި މުއްސަނދި ދިރިއުޅުން އުޅުނުކަމުގައިވިޔަސް އެތަކެތީގެ ބަދަލުގައި އަހަންނާއި މެދު ތިބެހެއްޓި އިހުސާންތެރިކަމާއި އެހީތެރިކަން އަހަރެން ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ. މުއްސަނިދި ކުއްޖާ އެއަޑުއަހާ ހިނިތުންވެ އޮވެ މިދުނިޔެއާއި އަލްވަދާއުކިޔެވެ.

މެސެޖް: ދުނިޔެމަތީގައި ލިބިފައިވާ މުއްސަނދިކަމަކާ އާރާއި ބާރުގެ ބޭނުން ރަނގަޅުގޮތުގައި ހިފާ އެއިން އެހެންބަޔަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުން ލިބޭ އުފާވެރިކަން ބޮޑެވެ. އަދި އެވެދެވޭ އެހީތެރިކަން ރަނގަޅުގޮތުގައި ކޮންމެވެސް ދުވަހަކުން ތިމާއާއި ބައްދަލުކުރެއެވެ. އަބަދުވެސް ހިނިތުންވުމާ އިހުތިރާމާއެކު އެހެންމީހުންނަށް އެހީތެރިވާށެވެ. އަދި ދުނިޔެ ދޫކޮށްފައިދާއިރު އެހެންމީހުން ތިމާގެ މަތިން ހަނދާން ހުންނަ ޚިދުމަތެއް ދެވޭތޯ ބަލާށެވެ. އެހެންމީހުންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދޭ މީހަކު ކަމުގައިވާށެވެ.

ވާހަކަ ތަރުޖަމާ: ޗީމާޑިކްސަން އޮފިޝަލް

+1
1
+1
4
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް