އޭޝިއާ ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް އިން ހޮވާ އަހަރުގެ އެންމެ އިންސްޕަޔަރިން އިސްވެރިންގެ އެވޯޑު ރާއްޖޭގެ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އަށް ވަނީ ލިބިވަޑައިގެންފައެވެ. ސްޓެލްކޯގެ އެމްޑީއަށް މި އެވޯޑް ލިބިވަޑައިގެންފައިވަނީ ސްޓެލްކޯ ކުރިއަރުވާ އެކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކޮށްދެއްވުމުގައި އަދާކުރައްވާ ހަރުދަނާ ދައުރާއި އަދިވެސް އެހެނިހެން ކަންކަމަށް ބެލުމަށްފަހުއެވެ.

ފަހުމީ ސްޓެލްކޯ އާއި ގުޅިވަޑައިގެންނެވީ 1998 ވަނަ އަހަރު އެކައުންޓްސް އެސިސްޓެންޓް ޓްރޭނީއެއްގެ މަގާމަށެވެ. 60،000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭ ދައުލަތުގެ ކުންފުނި ސްޓެލްކޯގެ އެމްޑީކަމާއި ފަހުމީ ހަވާލުވެވަޑައިގެންނެވީ 28 ނޮވެމްބަރ 2023 ގައެވެ.

ހަމައެކަނި ހަކަތަ ފޯރުކޮށްދިނުމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީއާއި އިނޮވޭޓިވް ހައްލުތަކާއިއެކު ބަދަލުވަމުން އަންނަ ހަކަތައިގެ ޑިމާންޑާއި އެއްވަރަށް ކަސްޓަމަރުންނަށް ހިދުމަތްފޯރުކޮށްދީ ފަހުމީގެ ލީޑަރޝިފްގެ ދަށުން ގައުމީ ތަރައްޤީގައި ސްޓެލްކޯއިން މުހިންމު ދައުރެއް އަދާކުރެއެވެ.
އަދި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އާބަނައިޒޭޝަނާއި ޓޫރިޒަމް ސެކްޓަރ އަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމުގައިވެސް ޒަމާނީ އުކުޅުތަކަށް ސްޓެލްކޯއިން ދަނީ ފަރިތަވަމުންނެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީ، އިޔާދަކުރަނިވި ހަކަތައިގެ އިންފްރާސްޓްރަކްޗަރތައް ބިނާކުރުމަށް ބާރުއަޅައި ނެޓްޒީރޯ ގައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒާ ދިމާއަށް ގައުމު ގެންދިއުމުގައި ފަހުމީގެ ލީޑަރޝިޕާއި ސްޓެލްކޯގެ ދައުރު ބޮޑެވެ.
ސްޓެލްކޯއަށް ހިދުމަތް ކުރެއްވުމުގައި 26 އަހަރަށްވުރެ ދިގު މުއްދަތެއް ކަޑައްތު ކުރައްވާ ތައުލީމީ ހަރުފަތުންވެސް އުހަށް ވާސިލްވެވަޑައިގެންފައިވާ ސްޓެލްކޯގެ އެމްޑީ ފަހުމީގެ ޓެކްނިކަލް ތަޖުރިބާ އާއި ސްޓްރެޓެޖިކް ބިޒްނަސް މެނޭޖްމެންޓުގެ ފުރިހަމަކަން ލީޑަރޝިޕުން ސިފަވެއެވެ.

ސްޓެލްކޯގެ އުފެއްދުމުގެ އަސާސްތަކަށް ފުރިހަމައަށް ބޯލަނބާ، ވިޔަފާރީގެ އުފެއްދުންތެރިކަމާއި، އޮޕަރޭޝަނަލް އެފިޝިއެންސީ އާއި ދެމެހެއްޓެނިވި ކުރިއެރުމުގެ މަތީ ފަންތިއަށް ކުންފުނި ގެންގޮސްދިނުމުގައިވެސް ހަރުދަނާ ދައުރެއް ފަހުމީ އަދާކުރައްވައެވެ. އޭނާގެ ލީޑަޝިޕްގައި ކުންފުނި ކުރިއެރުވުމަށް އެއްބާރުލުމާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމުގެ އަސާސްތައް ދަމަހައްޓައެވެ. އަދި ތަފާތު ނަޒަރިއްޔާތުތައް ކުރިއަރާފައިވާ އިންކްލޫސިވް މާހައުލެއް އުފައްދާ، މުވައްޒަފުން ކުންފުނީގެ ސްޓްރެޓެޖިކް އަމާޒުތަކާ އެއްގޮތްވާކަން ކަށަވަރުކޮށްދިނުމަށްވެސް ފަހުމީ އިސްކަން ދެއްވައެވެ. ފަހުމީގެ ލީޑަރޝިޕްގެ ދަށުން ވަނީ މުވައްޒަފުންގެ ގުޅުން އިތުރުކޮށް، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ފުރުސަތުތައް ފަހިކޮށްދީ، މެދުނުކެނޑި އުނގެނުމުގެ ސަގާފަތެއް އެ ކުންފުނީގައި ބިނާކޮށްފައެވެ.
މިލިޔުން ކިޔާލުމުން
+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0