މިއޮއްފަދަ ތަރައްގީ ޒަމާނުގައި ބައްޕަ ބުނެގެން ބައްޕައާއެކު އަދުހަމް ބޭންކުގައި ފައިސާ ޓްރާންސްފަރ ކުރުމަށް އެއްގަޑިއިރު ހޭދަކޮށްފިއެވެ. އެހާ ކުޑުކަމެއްގައި ބައްޕަ ބޭންކަށްގޮސް އެހާގިނަ ވަގުތު ހޭދަކުރުމުން ވަރަށް އަދަބުވެރިކަމާއެކު އަދުހަމް އޭނާގެ ބައްޕަ އާއި ސުވާލުކުރިއެވެ.
"ބައްޕާ، ކީއްވެ ބައްޕަގެ ފޯނަށް އިންޓަރނެޓް ބޭންކިންގ އެކްޓިވޭޓް ނުކޮށް ހުންނަނީ އެއިރުން ގޭގައި ހުރެގެންވެސް ތިކަން ކޮށްލެވިދާނެ؟"
ބައްޕަ: "އަހަރެން އެކަން ކުރަންވީ ކީއްވެ؟" ބައްޕަ ސުވާލުކުރިއެވެ.
އަދުހަމް: އޭރުން ވަގުތު ސަލާމަތްވާނެ އަދި ބައްޕައަށް އޮންލައިންކޮށް އެއްޗެހިވެސް ގަނެވޭނެ. ހުރިހާ ކަމެއްވެސް ވަރަށް ފަސޭހަވާނެ!" އަދުހަމްގެ ޝައުގުވެރިކަން ހުރީ ބައްޕައަށް މިކަންތައްތައް ކިޔައިދީ އެކަންކަން ތައާރަފްކޮށްދޭން ބޭނުންވެފައެވެ.
ބައްޕަ: އަހަރެން އެކަން ކޮށްފިއްޔާ، ގެއިން ބޭރަށް ނުނިކުމެވާނެ ގޮތެއް ވެދާނެތަ؟"
އަދުހަމް: އާނ، އާނ!" ބުނެލިއެވެ. މިހާރު ކާބޯތަކެތިވެސް ގެއަށް ގެނެސްދޭ އަދި އެމޭޒަން ކަހަލަ ތަންތަނުން ހުރިހާ އެއްޗެއް ގަނެވޭ އަދި ގެއަށްވެސް ގެނެސްދޭ.
ބައްޕަގެ ޖަވާބުން އަދުހަމް ހައިރާންވިއެވެ.
ބައްޕަ: މިއަދު އަހަރެން މި ބޭންކަށް ވަދެވުނީއްސުރެ، ހަތަރު ރައްޓެހިންނާ ބައްދަލުވެއްޖެ، މިހާރު އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ މިކަން ކުރާގޮތްވެސް މުވައްޒަފުންނާ ވެސް ވާހަކަދެއްކިއްޖެ. ދަރިފުޅަށް އެނގޭނެ ބައްޕަގެ އެކަނިވެރިކަން. މިއީ އަހަރެންނަށް މިހާރު ބޭނުންވާ އެކުވެރިކަމަކީ. ބައްޕަ ބޭނުންވަނީ މިތަނުގެ މުވައްޒަފުންނާ ބައްދަލުވެ ވާހަކަދައްކަން. ބައްޕައަށް ވަގުތުވެސް އެބައޮތް ގެއިން ތައްޔާރުވެގެން ބޭންކަށް މި ޚިދުމަތް ހޯދުމުގައި އައުމަށް.
މީގެ ދެ އަހަރު ކުރިން އެއްދުވަހަކު އަހަރެން ބަލިވީމާ، ކޮންމެ ދުވަހަކު މޭވާ ގަންނަ ފިހާރައިގެ ވެރިޔާ އަހަރެންގެ ހާލު ބަލަންވެސް އައި.
ދަރިފުޅުގެ މަންމަ މީގެ ދުވަސްކޮޅެއް ކުރިން ފަތިހު ކަސްރަތުކުރަން އުޅެނިކޮށް ވެއްޓުނު، އެދުވަހުވެސް ފިހާރައެއްގެ ވެރިޔާއަށް ފެނިގެން އެހީތެރިވި. އަހަރެން ދިރިއުޅޭ ގެ އޭނާއަށް އެނގޭތީ، ވަގުތުން ކާރެއް ގެނެސް ދަރިފުޅުގެ މަންމަ ގެއަށް ގެނެސްދިން.
ހުރިހާ ކަމެއް އޮންލައިންވެއްޖެނަމަ، އަހަރެންގެ ކިބައިގައި އެ އިންސާނިއްޔަތުކަން ހުންނާނެ ހެއްޔެވެ؟
އެއިރުން އަހަރެން ބޭނުންވާ ހުރިހާ އެއްޗެއް ގެއަށް ގެނައުމަށް މުއާމަލާތް ކުރަންޖެހޭނީ ހަމައެކަނި ކޮމްޕިއުޓަރާ ނޫން ހެއްޔެވެ؟
އަހަރެން ބޭނުންވަނީ މީހުންނާއި ރައްޓެހިކަމުގެ ގުޅުން އުފައްދާ އެމީހުންނާއި ގުޅުން ބަދަހިކޮށް ފެނިދެނިވެއުޅޭ ކަމެއް ދިމާވުމުން އެހީތެރިވާނެ ހެޔޮއެދޭ ރަހްމަތްތެރިން ހޯދުމެވެ.
އެމޭޒަން އިން މި ހުރިހާ އެއްޗެއް ވެސް ފޯރުކޮށްދޭ ހެއްޔެވެ؟ ބައްޕަ އަދުހަމް އާއި ސުވާލުކުރިއެވެ. އަދި ބުންޏެވެ.
ޓެކްނޮލޮޖީއަކީ އަސްލު ދިރިއުޅުމެއް ނޫނެވެ. ހެޔޮލަފާ ރައްޓެހިންނާއެކު ވަގުތު ހޭދަކުރާށެވެ. ދިރިއުޅުން މާ އުފާވެރިވެފައި ހިތްހަމަޖެހުން ލިބޭނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.