May 23, 2026 19:27
Advertisement

-Advertisement-

އަރާކުރި ސީރީސްގެ އިންޑިޔާ ދަތުރު: ދިއްލީގެ ޖަމާ މިސްކިތް

ދިއްލީގެ ޖަމާ މިސްކިތަކީ މުޅި އިންޑިޔާގައި ވެސް މިހާތަނަށް ހެދިފައިވާ އެންމެ ބޮޑު މިސްކިތް ކަމަށް ބުނެވެއެވެ. މި މިސްކިތް ބިނާކުރައްވާފައި ވަނީ ތާޖުމަހަލް ވެސް ބިނާކުރެއްވި މަޝްހޫރު މޫގަލް އެމްޕަޔަރ ޝާހް ޖަހާން 1650 އާއި 1656 އާ ދެމެދުގައިކަމަށް ވެއެވެ. މިއީ ވެސް ހުދު މާބުލާއި ސްޓޯން ބޭނުން ކޮށްގެން ހަދައިފައިވާ ރީތި މިސްކިތެކެވެ. މި ފަދަ އެހެން މިސްކިތެއް ބާދުޝާހީ މަސްޖިދުގެ ނަމުގައި، ޕާކިސްތާނުގެ ލާހޫރުގައި ޝާހު ޖަހާންގެ ދަރިކަލުން އުރަންޒަންގުޒެބް ބިނާކުރައްވާފައި ހުންނަކަމަށް ބުނެވެއެވެ. މި މިސްކިތް ބަލަން އަޖްނާމެން ދިޔަ ދުވަހު މާލޭގައި ހުންނަ އިސްލާމީ މަރުކަޒުމަތިން ވަރަށް ހަނދާންވިކަމަށް އަޖްނާ ބުންޏެވެ.

 

ޖަމާ މިސްކިތަށް ވަންނަން 3 ދޮރޯށި ހުރެއެވެ. މި މިސްކިތަށް އެތައް ހާސް ބަޔަކު ޖަމާވެ ކޮންމެ ދުވަހަކު ނަމާދު ކުރެއެވެ. މި މިސްކިތަކީ، ޝާހް ޖަހާން އެންމެ ފަހުން ބިނާކުރެއްވި ހަނދާނީ ބިނާ ކަމަށް ބުނެވެއެވެ.

ޖަމާ މަސްޖިދު ހުންނަނީ ޝާހު ޖަހާން އިމާރާތް ކުރެއްވި ރެޑް ފޯޓް ކުރިމަތީގައެވެ. ރެޑް ފޯޓާއި ޖަމާ މިސްކިތާއި އަދި ތާޖު މަހަލް ވެސް ބިނާ ކުރެއްވީ އެމްޕަޔަރ ޝާހް ޖަހާނެވެ. ތާޖު މަހަލްއަކީ އެ ރަސްގެފާނު އެންމެ ލޯބިފުޅުވާ އަނބިކަނބަލުން މުމްތާޒު މަހަލް އަވަހާރަވުމުން އެ ކަމަނާގެ ހަނދާނުގައި ހެއްދެވި ވަރަށް އާދަޔާ ޚިލާފު ރީތި ބިނާއެކެވެ.

Advertisement

ނޯޓް: ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހުސްނާއަށް ލިބިވަޑައިގެންނެވީ 2025 ވަނަ އަހަރު އެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 47 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް