Advertisement
header ad
XeeTimesXeeTimes
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކުރުން: އިތުބާރު ކުރާނީ ކާކަށް؟

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކުރުން: އިތުބާރު ކުރާނީ ކާކަށް؟

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ އިތުރުން ފޮރިންގ މިނިސްޓަރުކަންވެސް ކުރައްވާފައިވާ އަބްދުﷲ ޝާހިދު ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރުން ވެގެންދިޔައީ ގިނަބަޔަކަށް ސިހުން ލިބުނު ޚަބަރަކަށެވެ. އެހެން ނުވާންވީވެސް ސަބަބެއް ނެތެވެ. ޤައުމާއި ދުނިޔޭގެ ފެންވަރުގެ ބޮޑެތި މަޤާމްތަކެއް ފުރުއްވާފައިވާ ބޭފުޅެއް މިފަދަ ތުހުމަތެއްގައި ހައްޔަރުކުރުމުން އެނގިގެން ދަނީ މި ޤައުމުގައި މިފަދަ ނޭދެވޭ ކަންތައްތައް ފެތުރިފައިވާ މިންވަރެވެ.

ޝާހިދު ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ހުޅުމާލެ އެޕާޓްމަންޓުގައި ހުންނަވަނިކޮށެވެ.

" އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހ. ރަބީއީމަންޒިލް/ މާލެ އަބްދުﷲ ޝާހިދު 64 އ. ނޮވެންބަރު 2 ވަނަ ދުވަހުގެ ރޭ 21:59 ހާއިރު ވަނީ ހައްޔަރުކޮށްފައި. މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން". ފުލުހުން ރޭ ނެރުނު ބަޔާނެއްގައިވެއެވެ.

Article - in content
Advertisement

ޝާހިދުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓުގައި އެދުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ހައްޔަރު ކުރުމުގެ އިރުކޮޅެއް ކުރިން ޝާހިދު ކުރި ޓްވީޓެއްގައި ވަނީ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށް ވިދާޅުވެފައެވެ.

ޝާހިދު ފަދަ ދައުލަތުގެ މަތީ މަޤާމްތައް ފުރުއްވާފައިވާ ގާނޫނު ހަދާ މަޖިލީހުގެ ތަޖުރިބާ ހުންނެވި ބޭފުޅެއްގެ މައްޗަށް މިފަދަ ދަށުދަރަޖައިގެ ތުހުމަތެއް ކުރެވުމާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ނޫސްތަކުގެ ފަލަސުރުހީގައި ވަނީ މި ޚަބަރެވެ. މިޚަބަރާއެކު ޝާހިދުގެ ނަން ކިލަނބުވެފައިވާއިރު މުޖުތަމަޢުން އިތުރަށް ސަމާލުކަންދޭން ވެއްޖެއެވެ.

އަމިއްލަ ދަރިންނާއި އާއިލީ ގުޅުން އޮންނަ ކުޑަކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރާ މީހުންގެ ޚަބަރުތައް ފެންނަލެއް މަދެއް ނޫނެވެ. އިތުބާރު ކުރަންވީ ކާކަށްތޯ ސުވާލު އުފެދޭ ހިސާބަށް މިފަދަ ކަންތައް ގޮއްސިއެވެ. ވިސްނަންވީ އަމިއްލަ ދަރިން އިތުރަށް ހޭލުންތެރި ކުރުމަށެވެ. ވަށައިގެން ދިރިއުޅޭ އެންމެންނާއި މެދު ސަމާލުވާނެ ގޮތް އެކުދިންނަށް ބުނެދޭންޖެހެއެވެ. އެއީ މައިންބަފައިން ނޫނީ އާއިލާގެ އެހެން މެންބަރުންނާއި ރަހުމަތްތެރިން ކަމުގައިވިޔަސް ސަމާލުވާންޖެހޭކަން ބުނެދޭންޖެހެއެވެ. އަމިއްލަ ރައްކާތެރިކަން ހޯދާނެ ގޮތްތައް ކިޔައިދީ ހޭލުންތެރި ކުރުވަންޖެހެއެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބުވެސް އަރުވާފައިވާ ޝާހިދު ހައްޔަރުކުރިއިރު ގެންދެވީ 2028 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ކެމްޕެއިން ކުރައްވަމުންނެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —