November 22, 2024 13:37
Advertisement

-Advertisement-

އަރިދަފުސް ރޯގާ ޖެހުމަށް މަގުފަހިވާ ކަންތަކާއި ފަރުވާއަށް ދެވިދާނެ ޖޫހެއް

ކެއްސާ ރޯގާ ޖެހުމަކީ ވަރަށް އާންމުކޮށް ޖެހޭ ބައްޔެކެވެ. ބައެއްފަހަރު މިބަލި ދިގުދެމިގެން ގޮސް ނުރައްކާތެރި ހާލަތު މެދުވެރިވެއެވެ. ކޮންމެ ފަހަރަކު ކަމެއް ދިމާނުވުންވެސް އެކަށީގެންވެއެވެ. އެހެން ނަމަވެސް ފަރުވާ ކުޑަނުކުރަމާތޯއެވެ.

ރޯގާ ޖެހުމަށް ދިމާވާ ބައެއް ސަބަބު

ރައްކާތެރިވެގެން އުޅޭނަމަ ރޯގާ ޖެހުމުގެ ފުރުސަތު ކުޑަވެއެވެ. ރޯގާ ޖެހުމަށް ދިމާވާ ތަފާތު ކަންތައް ހުރެއެވެ. ރޭގަނޑު ލަހުން ނިދުމުގެ އިތުރަށް ހަމަ ނިދި ނުލިބުމުގެ ސަބަބުންވެސް ރޯގާ ޖެހުމަށް މަގުފަހިވެއެވެ. ފަންކާގެ ވައި ވަރަށް ގަދައަށް ސީދާ މީހާއާއި ދިމާލަށް ހުންނަނަމަ ބޮލަށް ފިނިވެގެންދެއެވެ. މީގެ ސަބަބުން ސައިނަސް ހުންނަ މީހުންނަށް ބޮޑުވަރުވެއެވެ. އަދި ނޭފަތް ބެދި ކިބިހި އެޅުމަށް މަގުފަހިވެގެންދެއެވެ.

Advertisement

މިކަމަކީ ރޯގާ ޖެހުމަށް މަގުފަހިވެގެންދާ ކަމެއްކަމަށް ޑޮކްޓަރ ހަންސާޖީ ޔޮގެންޑާ އިރުޝާދުދެއްވައެވެ. ސީދާ މޫނާ ދިމާލަށް ފަންކާ ނުބަހައްޓާ މެދުމިންވަރެއްގައި ފަންކާގެ ވައި ދައުރުކުރާ ގޮތަށް ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ޑޮކްޓަރ އިރުޝާދު ދެއްވައެވެ.

ނިދާހޭލާގޮތަށް ފެންވެރުމުގެ ބަދަލުގައި ކުޑަކޮށް ކަސްރަތު ކުރުމަށްފަހު ފެންވެރުމަށް އާދަކުރާނަމަ ރޯގާ ޖެހުމުގެ ފުރުސަތު ކުޑަވެގެންދެއެވެ. އަދި ހޭލައިގެން ހޫނުފެންތައްޓެއް ބޯލުމަށް އާދަކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ޑޮކްޓަރު އިރުޝާދު ދެއްވައެވެ. ފެންވަރާ ނިމިގެން ރަނގަޅަށް ބޯ ނުހިއްކާނަމަ ސައިނަސް އިތުރަށް ގޯސްވެގެންދެއެވެ. ރަނގަޅަށް ބޯ ހިއްކާލުމަށް އާދަކުރަންވާނެއެވެ.

ރޯގާޖެހުމުން ދުރުކޮށް ދިނުމަށް ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި އައިސް ކުރި ތަރުކާރީ ނުވަތަ އައިސްކޮށްފައި ހުންނަ ތަފާތު ކާނާ ކެއުމުން ދުރުވުމަށް ޑޮކްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ. ކާން ބޭނުންވާ ނަމަ އެތަކެތި އައިސް އަލަމާރިން ނަގާ ގަޑިއެއްހާއިރު ބެހެއްޓުމަށްފަހު ކެއުމުގައި ބޭނުންކުރާށެވެ. މިހުރިހާ ކަމަކަށް ސަމާލުކަންދޭނަމަ ރޯގާޖެހުމުގެ ފުރުސަތު އެތައް ގުނައަކަށް ކުޑަވެގެން ދެއެވެ.

ރޯގާޖެހުމުން ފަރުވާއެއްގެ ގޮތުގައި ތިރީގައިވާ ޖޫސް ބޭނުންކުރެވިދާނެ އެވެ.

ބޭނުންވާ ތަކެތި:

އިނގުރު

އަސޭމިރުސް

ގަދަކޯޅި

ބިލެތް

އުއްދަނޑިން ހަދާފައި ހުންނަ ހަކުރު

2 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް

މިހުރިހާ ބާވަތެއް ފެނުގެ ތެރޭގައި 10 ނުވަތަ 15 މިނިޓް ކައްކާށެވެ. ނިމުމުން ފުރާނާލާށެވެ. ބޭނުންނަމަ މީގެ ތެރެއަށް އުއްދަނޑިން ހަދާފައި ހުންނަ ހަކުރު ކޮޅެއް އަޅާލާށެވެ. ނުވަތަ ހަކުރު ނާޅާވެސް ބޯލެވިދާނެއެވެ. މިގޮތަށް ދުވާލަކު ދެއިރު މި ޖޫސް ބޭނުން ކުރާށެވެ. 

މައުލޫމާތު: ޑޮކްޓަރ ހަންސާޖީ ޔޮގެންޑާ / ޔޫޓިއުބް

+1
4
+1
20
+1
3
+1
1
+1
3
+1
2
+1
2

Advertisement

ގުޅުންހުރި ލިޔުންތައް