November 22, 2024 19:40
Advertisement

-Advertisement-

ހުނަރުވެރި ނިމްކޯގެ 'އިސީ ނަފްތާ' އިން އޭނާގެ ދިރިއުޅުން ބަދަލުވެއްޖެ!

ފަހަކަށް އައިސް ލަވަތައް މަޝޫރުވަމުން އަންނަނީ ޓިކްޓޮކުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަދި ގިނަ ބައެއްގެ ހުނަރުތައްވެސް ސޯޝަލް މިޑިއާގެ ޒަރިއްޔާއިން ޓިކްޓޮކުން ދުނިޔޭގެ އެންމެނަށް ފެންނައިރު، ކުދި ކުދި ބައިނައްލަޤްވާމީ އާޓިސްޓުންގެ މަސައްކަތްތައް މިހާރު މުޅި ދުނިޔެއަށް ފެނެއެވެ.

ކޮންމެ ފަންނާނަކު ވެސް ލަވައެއް ހަދާ ރާގު ހެދުމަށްފަހު، އެ އާންމުންނާއި ހަމައަށް ނެރޭއިރު ބޮޑެތި އުންމީދުތައް ކުރެއެވެ. ނަމަވެސް ކޮންމެ މީހެއްގެ ހިޔާލަކީވެސް ތަފާތު އެއްޗެކެވެ. އެންމެންނަށް އެ ލަވައެއް ކަމު ނުގޮސްދާނެއެވެ.

ދާދި ފަހުން ޓިކްޓޮކްގައި ވައިރަލް ވެގެންދިޔަ ސޯމާލިއާގެ ލަވަކިޔުންތެރިޔާ ނިމްކޯ ހެޕީގެ އެންމެ ފަހުގެ ލަވައަށް ވެސް ވީ މިކަހަލަ ގޮތެކެވެ. 'އިސީ ނަފްތާ' ނުވަތަ 'ލަވްޔޫ މޯ ދެން މައި ލައިފް' މި ލަވަ ރިލީސް ކޮށްފައިވާތާ 5 އަހަރުވެފައިވާއިރު، އެ ލަވަ ޖަހަމުން އައިސްފައި ވަނީ ސޯމާލިއާގެ ކައިވެނި ޕާޓީތަކުގަ އާއި އެހެނިހެން ޚާއްސަ ހަފްލާތަކުގައެވެ.

Advertisement

ނަމަވެސް ޓިކްޓޮކްގައި ވައިގައިހިފައި މިލަވަ މިހާރު ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިޔަ ޖަހަމުންނެވެ. އަދި ނިމްކޯއަށް ދަނީ ދުނިޔޭގެ ފެންވަރުގެ ލަވަ އުފައްދާ ފަރާތްތަކުގެ ހުށަހެޅުންތައް ލިބެމުންނެވެ.

އެފްރިކާ ބައްރުގައި ހިމެނޭ ސޯމާލިއާގެ އަރަބި ނަސްލަށް ނިސްބަތްވާ މި ލަވަކިޔުންތެރިޔާއަށް ޓިކްޓޮކުން މަޝްހޫރުކަން ލިބިގެންގޮސްފައިވާއިރު، މިއީ ސޯމާލިއާ ބަހާއި އިނގިރޭސި ބަސް އަދި އަރަބި ބައެއް ބަސްތައް ބޭނުންކޮށްގެން ހަދާފައިވާ ލަވައެކެވެ. މި ލަވައިގެ ސަބަބުން މުޅި ދުނިޔެ ނިމްކޯ ބަލައިގެންފިކަމަށާއި އޭނާއަށް ލިބެމުންދާ ތަރުހީބާއި މެދު ވަރަށް އުފާވާކަމަށް އޭނާ ވަނީ އިންޓަވިއުތަކުގައި ބުނެފައެވެ.

ޔޫޓިއުބުން އެކަނިވެސް 2 މަސް ދުވަސްތެރޭ މި ލަވަ ވަނީ 3 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައެވެ.

ދުނިޔޭގެ މަޝްހޫރު އެތައް ބަޔަކު ނިމްކޯގެ ލަވައަށް ޓިކްޓޮކް ވީޑިއޯ ހަދާ އަދި އިންސްޓަގްރާމްގައި ޝާއިޢުކުރަމުން އަންނަ އިރު، މި ލަވައަށް 100،000 އަށް ވުރެ ގިނަ ވީޑިއޯ ހަދާފަވާ ކަމަށް ނޫސްތަކުގައި ފާހަގަކޮށްފައިވެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ސޯމާލިއާގެ މީހެއްގެ ވާހަކަ މިގޮތަށް މަޝްހޫރުވި ފަހަރެވެ.

+1
0
+1
5
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް