September 20, 2024 20:41
Advertisement

-Advertisement-

ދޫރިއަން: ނުބައިވަސް ދުވިއަސް އަޖާއިބުވާވަރުގެ މީރު ރަހައެއް

ދޫރިއަން އަކީ ވަރަށް ތަފާތު މޭވާއެކެވެ. 'ދަ ކިންގް އޮފް ފުރުޓް' ނަމުން މަޝްހޫރުވެފައިވާ ދޫރިއަން އަކީ އެހެން ހުރިހާ މޭވާއަކާ އަޅާބަލާއިރު ނިއުޓްރިޝަން ވަރަށް ގިނައިން ލިބިދޭ މޭވާއެކެވެ. މި މޭވާ ކެއުމުގެ ސަބަބުން ފައިބަރ، ވިޓަމިން ބީ، ވިޓަމިންސީ ގެ މާއްދާ ވަރަށް ބޮޑަށް ލިއްބައިދެއެވެ. ނަމަވެސް މިއީ އާދަޔާ ޚިލާފު ވަހެއް ހުރުމުގެ ސަބަބުން ގިނަބަޔަކު ކެއުމަށް އުޒުރުވެރިވާ މޭވާއެކެވެ.

ދޫރިއަން އަކީ ސައިޒުން ވަރަށްބޮޑު ބޭރުގައި ބޮޑު ތޮށިގަނޑެއް ހުންނަ މޭވާއެކެވެ. މިއާއި އެންމެ ވައްތަރު މޭވާއަކަށް ހުންނަނީ ސައްކޭލެވެ. ނަމަވެސް ރަހައިގެ ގޮތުން މި ދެމޭވާ ވަރަށް ތަފާތެވެ. މެލޭޝިއާ، ތައިލެންޑް އަދި އިންޑޮނޭޝިއާ އަކީ މި މޭވާ ހެދޭ ގައުމުތަކެވެ. ޚާއްސަކޮށް މެލޭޝިއާ އަދި ތައިލެންޑުގެ މީހުންގެ މެދުގައި ދޫރިއަން އަކީ ވަރަށް މަޤުބޫލު މޭވާއެކެވެ.

ދޫރިއަން ހެދެނީ އާންމުކޮށް 12 އިންޗި ދިގުމިނާއި 6 އިންޗީގެ ފުޅާމިނަށެވެ. މިމޭވާ ފަޅާލުމުން ކާލަން ލިބެނީ 2 ޖޯޑު ހުންނަވަރުގެ އެއްޗިއްސެވެ. އެއީ ގާތްގަޑަކަށް 486 ގްރާމެވެ. ދޫރިއަން ގިނައިން ބޭނުން ކުރަނީ ފޮނި އަދި ހުތް ކާނާ ތައްޔާރު ކުރާއިރުއެވެ. މީގެ އެތެރޭގައި އޮންނަ މަދު ނުވަތަ އޮށަކީ ވެސް ކެއުމަށް ބޭނުންކުރާ އެއްޗެކެވެ. ކެއުމުގައި މީގެ އޮށް ބޭނުން ކުރަނީ ކައްކައިގެންނެވެ.

Advertisement

ދޫރިއަން އަކީ ކެއުމުގައި އެކި ގޮތްގޮތަށް ބޭނުންކުރާ މޭވާއެކެވެ. މިގޮތުން މި މޭވާ ބޭނުންކޮށްގެން ޖޫހާއި، ސޫޕް އަދި އައިސްކްރީމް ތައްޔާރު ކުރެއެވެ. ދޫރިއަންގެ ބޭރުގެ ތޮށި، ފަތް އަދި މޭވާގެ އެތެރޭގައި ހުންނަ ބައިން ބޭސް ތައްޔާރުކޮށްގެން މެލޭޝިއާގައި ހުމުގެ ބަލި އަދި ހަމުގެ ބައްޔަށް ފަރުވާ ކުރެއެވެ. ދޫރިއަން އަކީ ނުކައި ދޫކޮށްލަން ހެޔޮވާވަރުގެ މޭވާއެއް ނޫންކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.

ދޫރިއަން އިން ލިބިދޭ ފައިދާތަކުގެ ތެރޭގައި:

  • ކެންސަރާއި ދުރުކޮށް ދިނުން
  • ކޮލެސްޓްރޯލް އަދި ހިތުގެ ބަލިތަކުން ރައްކާތެރި ކޮށްދިނުން
  • އިންފެކްޝަނާ ދުރުކޮށްދޭ
  • ހަކުރުބަލިން ދުރުކޮށްދިނުން

ދޫރިއަންގައި ނުބައި ވަހެއް ހުއްޓަސް މިއީ ވަރަށް މީރު މޭވާއެކެވެ. އެއްފަހަރުވެސް ރަހަބަލައިފިނަމަ ދެވަނަ ފަހަރު ކާން ބޭނުންވާ މީހުން ވަރަށްގިނަ ކަމަށް ވެއެވެ.

+1
4
+1
13
+1
2
+1
2
+1
2
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް