September 19, 2024 23:27
Advertisement

-Advertisement-

ތައުލީމް ހާސިލުކުރުމަށް ވަކި އުމުރެއް ނެތްކަން ސާބިތުކޮށްދިނީ 87 އަހަރުގެ މިމީހާ!

ކިޔެވުމަށް ވަކި އުމުރެއްނެތެވެ. ކާމިޔާބު ހޯދުމަށް ދިރިއުޅުމުގައި މަސައްކަތްކުރާ މީހުން ވަރަށްގިނަ އެވެ. އެހެންނަމަވެސް ކޮންމެވެސް ސަބަބަކާހުރެ ކާމިޔާބީއާއި ހަމައަށް ވާސިލުނުވެވުނު ކަމުގައިވިއަސް ހިތްވަރު ދޫނުކުރާށެވެ. މިއީ ވެސް ހިތްވަރާއެކު މަސައްކަތްކުރުމުން ކާމިޔާބު ލިބުނު މީހެއްގެ ވާހަކައެވެ.

ސްރީލަންކާގައި ކުރިއަށްގެންދިޔަ ތަމަޅަ ޓައިގަރުންގެ ހަނގުރާމައިގައި އެތައްހާސް މީހުން ވަނީ މަރުވެގެން ގޮސްފައެވެ. ހަނގުރާމަ އާއި ބެހޭ ހޯދުންތައް ހޯދަމުން އައި ސްރީ ލަންކާގެ ވެލަނައި އަށް އުފަން 87 އަހަރުގެ ވަރަތަ ޝަންމުގަނަތަން ވަނީ 2004 ވަނަ އަހަރު އޭނާގެ އަންހެން ދަރިފުޅާއެކު ކެނެޑާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އެއިރު އޭނާގެ ދަރިފުޅު އެމް.ބީ.އޭ ފުރިހަމަކުރަމުން އައީ ޔޯކް ޔުނިވަރސިޓީގެ ސްކޫލިޗް ސްކޫލް އޮފް ބިޒްނަސްގައެވެ.

އެހެން މާމަތައް މާމަ ކުދިންނާއެކު ކުޅެ މަޖާކުރަމުން އަންނައިރު، އޭނާ ދިޔައީ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ނޮވެންބަރު މަހުގެ 2 ވަނަ ދުވަހު ޝަންމުގަނަތަން އަށް މާސްޓަރސް ޑިގްރީ ލިބިފައިވާއިރު، މިއީ އޭނާ އަބަދުވެސް ދެކެމުން އައިސްފައިވާ ހުވަފެނެއްކަމަށް ބުނެފައިވެއެވެ. ޕޮލިޓިކަލް ސައިންސްއިން މާސްޓަރސް ޑިގްރީ ނެގުމުގެ ފުރުސަތު އޭނާއަށް ބޮޑުވެގެން ދިޔައީ ޔުނިވަރސިޓީ އިން ހިލޭ ޓިއުޝަން ދިނުމާއި ގުޅިގެންކަމަށް ވަނީ ބުނެފައެވެ.

Advertisement

އަބަދުވެސް އަމާންކަމާއި ޑިމޮކްރެސީއަށް ލޯބިކުރާ ޝަންމުގަނަތަން އެންމެ ފުރަތަމަ ޑިގްރީ ފުރިހަމަކޮށްފައިވަނީ 90 ގެ އަހަރުތަކުގައި އިންޑިއާގެ ޔުނިވަރސިޓީ އޮފް މެޑްރާސްއިންނެވެ. އެއަށްފަހު ސްރީލަންކާ އަށް އެނބުރި ގޮސް އޭނާ ދިޔައީ އިނގިރޭސި ބަސް ނުވަތަ އިންޑިއަން އިގްލިޝް އެންޑް ހިސްޓްރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

އެއަށްފަހު 1990 ވަނަ އަހަރު އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކޮށް އިނގިރޭސި ސެކަންޑް ލެންގުއޭޖެއްގެ ގޮތުގައި ކިޔަވައިދީ އެތަނުގެ ޔުނިވަރސިޓީ އޮފް ލަންޑަންއިން ވަނީ 'ލިންގުއިސްޓިކްސް' އިން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައެވެ.

ސީ.އެން.އެން އަށް ޔޯކް ޔުނިވަރސިޓީގެ ރައީސް ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ، ޝަންމުގަނަތަންގެ ސަބަބުން ދޭހަވާ އެއް ކަމަކީ ކޮންމެ އުމުރެއްގައިވެސް އަޒުމެއް އޮތްނަމަ މަތީ ތަޢުލީމް ހާސިލްކުރެވިދާނެކަމެވެ. އަދި ތައުލީމީ ދާއިރާ ފުޅާކުރުމަށް އެމީހަކު އުޅޭ މާހައުލަކީ އަމާންތަނަކަށް ވާންޖެހޭކަމަށް ބުނެފައިވެއެވެ. ޝަންމުގަނަތަންގެ ސަބަބުން އަންހެނުންނަށް ތަޢުލީމީ ދާއިރާއިން ކުރިއަށް ދިއުމަށް ހިތްވަރު އާލާވެއްޖެ ކަމަށް ވެސް ބުނެފައިވެއެވެ.

އުމުރު ދުވަހު ދެކުނު ހުވަފެން ހަގީގަތަކަށްވުމުން އަދި މިއީ ނިމުން ނޫންކަމަށާއި ދެން ކުރުމަށް ނިންމާފައިވާ ކަމަކީ ސްރީލަންކާގެ 26 އަހަރުވީ ބޮޑު ހަނގުރާމައާއި ގުޅޭގޮތުން ފޮތެއް ލިޔުންކަމަށް ވަނީ ބުނެފައެވެ. 

 

މައުލޫމާތު: ސީއެންއެން 

ފޮޓޯ: ނިވްސްނެޓް ޑެއިލީ، ޑަބްލިއުއެސްވީއެން

+1
0
+1
1
+1
3
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް