November 22, 2024 23:42
Advertisement

-Advertisement-

ފޭކް އެސްފިޔަ ބޭނުންކުރުން ރައްކާތެރިތަ؟

ފޭކް އެސްފިޔަ ނުވަަތަ އަސްލުނޫން އެސްފިޔަ ބޭނުންކުރުމުން ގުދުރަތީ އެސްފިޔަތަކަށް ބޯކަން ގެނެސްދެއެވެ. އަންހެނުންނަކީ މޫނުގެ ރީތިކަމަށް ހާއްސަ ސަލާމުކަމެއް ބަހައްޓާ ބަޔަކަށްވެފައި ހާއްސަ ހަފްލާތަކާއި ޕާޓީތަކަށް ނުވަތަ އެނޫންވެސް ތަންތަނަށްދާއިރު ޒީނަތްތެރިވުމުގެ ގޮތުން ފޭކް އެސްފިޔަ ބޭނުންކުރުމަކީ އާންމު ކަމެކެވެ. ފޭކް އެސްފިޔަ ޖަހައިގެން އެހެންމީހުންގެ ސަމާލުކަން ހޯދިދާނެއެވެ. އެހެންނަމަވެސް ލޮލުގެ ޑޮކްޓަރުންދޭ އިންޒާރުތަކަށް ސަމާލުކަން ދިނުންވެސް މުހިންމެވެ. މި ޒާތުގެ އެސްފިޔަ ބޭނުން ކުރާނަމަ އެއީ ކިހާ ރައްކާތެރި އެއްޗެއްތޯ ބެލުން ވަރަށް މުހިންމެވެ.

ފޭކް އެސްފިޔަ ބޭނުންކުރުމުގެ ކުރިން ގުދުރަތީ އެސްފިޔައިގެ ބޭނުމަކީ ކޮބައިތޯ ވިސްނާލުން މުހިންމެވެ. ގުދުރަތީ ގޮތުން އެސްފިޔަތައް އުފެދިފައި ހުންނަނީ ދައުރުވާ ވައި ލޮލަށް އެޅޭ މިންވަރު ދަށްކޮދީ، ލޮލުގައި ފެންހެދުން ކުޑަކޮށްދޭ ގޮތަށެވެ. އަދި އަވިން ރައްކާތެރިކޮށްދޭ ގޮަތަށެވެ. ފޭކް އެސްފިޔަ ބޭނުންކޮށްގެން ލޮލަށް ގެއްލުންވުމަށް ފުރުސަތު ނުދޭށެވެ. 

ފޭކް އެސްފިޔައަކީ ތެރަހެއް ބޭނުންކޮށްގެން ގުދުރަތީ އެސްފިޔަތަކުގެ މަތީގައި ހަރުކޮށްލާ އެއްޗެކެވެ. މީގެ ސަބަބުން ބޮޑަށް ލޯ ފާޅުވެއެވެ. އައިލޭޝް އެކްސްޓެންޝަން އަކީވެސް ހަމަ މިކަހަލަ އެއްޗެކެވެ. އައިލޭޝް އެކްސްޓެންޝަން ހަރުކުރަނީ ވަރުގަދަ ތެރަހެއް ބޭނުންކޮށްގެން ގުދުރަތީ އެސްފިޔަތަކާއި ސީދާ ގުޅޭ ގޮތަށް އެކަމުގެ ތަޖުރިބާކާރުން މެދުވެރިކޮށެވެ.

Advertisement

ފޭކް އެސްފިޔަ އެއްދުވަހުން އަނެއް ދުވަހަށް މަޝްހޫރުވަމުން އަންނައިރު ގިނަބަޔަކު އަމިއްލަ ނަފްސާ ކުރާ ސުވާލެއް އޮވެއެވެ. އެފަދަ އެސްފިޔަ އަކީ ރައްކާތެރި އެއްޗެއްތޯއެވެ. މި ސުވާލުގެ ޖަވާބު އެހާ ފަސޭހައެއް ނޫނެވެ. ފޭކް އެސްފިޔަ ރަނގަޅަށް ހަރުކުރެވޭނެނަމަ އޭގެން ގެއްލުމެއް ލިބިގެން ނުވާނެއެވެ. އެހެންނަމަވެސް އާންމުކޮށް ފޭކް އެސްފިޔަ ހަރުކުރާނަމަ އޭގެ ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އެބައޮތެވެ. ލޮލަކީ ވަރަށް ނާޒުކު ގުނަވަނަކަށް ވެފައި ލޮލުގައި އެއްޗެއް ހަރުކުރާނަމަ ވަރަށް ފަރުވާތެރިވާން ޖެހެއެވެ. ފޭކް އެސްފިޔަ ހަރުކުރުމުގެ ސަބަބުން ލޯ ހިރުވުން، އެލާޖިކްވުން ނުވަތަ ލޮލުގެ އެހެނިހެން މައްސަލަތައް ދިމާވުމުގެ ފުރުސަތު އެބައޮތެވެ.

ފޭކް އެސްފިޔަ ބޭނުންކުރުމުން ލިބިދާނެ ބައެއް ގެއްލުން

  • ތެރަހަށް އެލާޖިކްވުން
  • އެސްފިޔަތަކުގެ ބުޑު ރަތްވެ ދުޅަވާގޮތްވުން
  • ލޯ ހިރުވުމާއި އެކު އިންފެކްޓްވުން
  • ގުދުރަތީ އެސްފިޔަތައް މަދުވާން ފެށުން
  • ގުދުރަތީ އެސްފިޔަތައް އެލޭގޮތްވުންފޭކް އެސްފިޔަ ބޭނުންކުރާއިރު ސަމާލުވާންޖެހޭ ބައެއް ކަންކަން
  • ސާފުތާހިރުކަން:

ފޭކް އެސްފިޔަ ބޭނުން ކުރުމުގައި އެންމެ މުހިންމު ސަމާލުކަމެއް ދޭންވާނީ ސާފުތާހިރު ކަމަށެވެ. އެފަދަ އެސްފިޔަތައް ގަންނައިރު އޭގައި ހުންނަ އިރުޝާދުތައް ރަނގަޅަށް ކިޔާ އެއަށް އަމަލުކުރަން ވާނެއެވެ. އެހެންނޫންނަމަ ނުރައްކާތެރި ބެކްޓީރިއާ ނުވަތަ ފަންގަސް ޖަހާގޮތްވެއެވެ. އަދި ބޭނުންކުރަންޖެހޭ ގޮތަށް ރަނގަޅަށް ބޭނުން ނުކުރެވޭނަމަ ލޮލުގެ އިންފެކްޝަންތައް ޖެހުން އެކަށީގެންވެއެވެ. ލޮލުގެ ޒީނަތްތެރިކަން އިތުރުކުރުމަށް ބޭނުންކުރާ މިފަދަ އެސްފިޔައާއި ލޮލުގެ މޭކަޕް ނޭދެވޭގޮތަށް ބޭނުންކުރުމުގެ ސަބަބުން ވަގުތީ އަދި ދާއިމީގޮތުން ލޯ އަނދިރިވެފައިވާ ކޭސްތައްވެސް ހިނގާފައި އެބަހުއްޓެވެ.

  • އެކަކު ބޭނުން ކުރާ އެސްފިޔަ އެހެންމީހަކު ބޭނުން ނުކުރުން:

އެކަކު ބޭނުންކުރާ އެސްފިޔަތަކެއް އެހެންމީހަކު ބޭނުން ކޮށްލަން ދިނުމަކީ ރަނގަޅުކަމެއް ނޫނެވެ. އޭރުން އެކެއްގެ ލޮލުގައި ނުވަތަ ހަމުގައިވާ ޖަރާސީމުތައް އަނެއް މީހާއަށް އެދެވުނީއެވެ. މޭކަޕްސާމާނު ވިއްކާ ފިހާރައެއްގައި ފޭކް އެސްފިޔައިގެ ސާމްޕަލްއެއް ޗެކްކޮށްލަން ބޭނުންވި ކަމުގައިވިޔަސް ނޫނެކޭ ބުނާށެވެ. އެފަދަ ސާމްޕަލް އެސްފިޔަ ސެޓަކީ އެހެންމީހަކު ބޭނުންކޮށްފައިވާ އެއްޗަކަށްވެސް ވެދާނެއެވެ. ވީމާ އާ އެއްޗެއްކަން ކަށަވަރުނުވާނަމަ އެފަދަ އެއްޗެއް އަޖުމަ ބަލާލުމުގެ ގޮތުންވެސް ބޭނުން ނުކުރާށެވެ.

+1
0
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް