November 23, 2024 03:09
Advertisement

-Advertisement-

ކުޑަކުދިންގެ ހާދިސާ: ރިފްގާ އަށް އަނބުޅަ މީރުވިގޮތް

ރިފްގާގެ މަންމައާއި ބައްޕަގެ ހުންނަނީ ރިފްގާ އެކަންޏެވެ.

ސްކޫލުން ލިބޭ ކޮންމެ ޗުއްޓީއެއްގައި ވެސް ރިފްގާ ގޮވައިގެން ރިފްގާގެ މަންމަމެން ކޮންމެވެސް ރަށަކަށް ނުވަތަ ރާއްޖެއިން ބޭރަށް ދެއެވެ.

އެއްފަހަރަކު ރިފްގާ މަންމައާއި އެއްކޮށް ލަންކާއަށް ދިޔައެވެ. ލަންކާގައި ރިފްގާމެން ތިބީ ލަންކާގައި ދިރިއުޅޭ އޭނާގެ މަންމަގެ ރައްޓެއްސެއްގެ ގޭގައެވެ.

Advertisement

އެގޭގައި ވަރަށްބޮޑު ހުސްތަނެއް އޮވެއެވެ.

ތަފާތު ވައްތަރުތަކުގެ މާގަސްތަކާއި މޭވާއަޅާ ފާޑުފާޑުގެ ގަސްތައްވެސް ބައިވަރު ހައްދާފައި އޮވެއެވެ.

ގަސްގަހުގައި ހުންނަ މޭވާތައް ކާން ތަފާތު ދޫނިތަކާއި މުގޮށި މީދާތައް ވެސް ގަސްތަކަށް އާދެއެވެ.

ފަތިސްވާއިރަށް ދޫނިތައް ތަފާތު އަޑު އަޑު ލައްވަން ފަށައެވެ.

އެކަންތައް ރިފްގާއަށް ވީ ވަރަށްމަޖާ ކަމަކަށެވެ.

އެގޭގައި އުޅޭ ރިފްގާ އާއި އެއްވަރުގެ ދެކުދިންނާއި އެއްކޮށް ކޮންމެދުވަހަކު ގަސްތަކުގެތެރޭގައި ތިންކުދިން ކުޅެ ސަކަރާތް ޖަހަން ތިބެއެވެ.

ރިފްގާއަށް ވަރަށް ދޮންއަނބު މީރެވެ.

އެހެންވެ ކޮންމެ ދުވަހަކުވެސް އަނބު ދޮންވެފައި ހުރިތޯ ބަލާފައި ބަގީޗާ ބަލަހައްޓާމީހާ ގާތު ބުނެގެން ދޮންއަނބު ބިނދެގެން ރިފްގާ ކައެވެ.

އެއްދުވަހަކު ހަވީރު ރިފްގާ ދޮން އަނބެއް އޮތްތޯ ބަލާލަން އަނބު ގަސްދޮށަށް ދިޔަތަނާ ވަރަށް ދޮން އަނބުޅައެއް ވެއްޓިއްޖެއެވެ.

އަނބުގަސް ކައިރީގައި އަނބުޅައަޅާ ބަރާވެފައި ހުރި އަނބުޅަގަހެއް ވެސް ހުއްޓެވެ.

ރިފްގާ އަނބެއްކަމަށް ހީކޮށް އަވަސް އަވަހަށް އަނބުޅަ ހޮވިއެވެ.

ކުއްލިއަކަށް ގަހުން ޕަކަޕަކަލާފައި ހީނގެން އަޑަށް ރިފްގާ މަތި ބަލާލިއެވެ. ވަރަށް ބޮޑު މުގޮށި މީދަލެއް ގަހުގައި އިނެވެ.

މުގޮށި މީދާ: ރިފްގާއަށް ވައްޓާލަދިން އަނބެކޭ ކާލަންވީނު!

ރިފްގާ ރަނގަޅަށް ބަލާލިއިރު އެއީ އަނބުޅައެކެވެ. އެހެންވެ މުގޮށި މީދަލާއި ދިމާއަށް ބުންޏެވެ.

ރިފްގާ: މުގޮށްޓާ! ހާދަހާ ދޮގުވެސް ހަދައޭދޯ! ކޮންމެ ދުވަހަކު ގަހުގައި ހުންނަ އަނބުކޮޅު ކަނީ ކީއްކުރަން!

މުގޮށި މީދާ: އަހަރެން ވެސް ބަނޑުހައި ވާނެއެއްނު!

ރިފްގާ: އެހެންވިއްޔާ އަނބުޅައެއް ތިޔަވައްޓާލީ ކީއްވެ!

މުގޮށި މީދާ: ތިޔަގޭގެ އެއްވެސް ކުއްޖަކު އަނބުޅަ ނުކައި. ހުރިހާ އެންމެންވެސް ކަނީ އަނބު. އެހެންވެ އަނބުޅައިގެ ރަހަ ދައްކާލަން ވައްޓާލީއޭ. އަޅެ ރަހަބަލާލަބަލަ!

ރިފްގާ: އަހަރެންނަށް އަނބުޅަ ވަރަށްނުބައި.

މުގޮށި މީދާ: އަނބާއި އަނބުޅައަކީ އެއްބަނޑު އެއްބަފާ ދެމީހުންނޭ. އަނބުޅައިގެ ރިހަ ވެސް ވަރަށް މީރުވާނެ! އަދި އަސާރަވެސް އަޅާ އަނބުޅައިގައި. މަޖާވެސް ހަދާ. މިވެސް ހަމަ ހަށިގަނޑަށް ވަރަށް ފައިދާހުރި ބާވަތެކޭ. އަދި ކުޅޭ ގަޑީގައި ކޮށާލާފައި ލޮނުކޮޅެއް ޖަހައިގެންވެސް ކާލެވިދާނެއެއްނު!

ރިފްގާ: މުގޮށްޓާ! އެކަމަކު ރިފްގާ އަށް މީރީ އަނބޭ. އަނބެއް ވައްޓާލަދޭންވީނު.

މުގޮށި މީދާ: އަހަރެމެން ގަހުގައި ހުރި ހުރިހާ އަނބުތައް ކާލީއޭ. މިއަދު ހުރިހާ މުގޮށިމީދާތައް ބައިވެގެން ޕާޓީއެއް ބޭއްވީއޭ!

ރިފްގާ: ދެން ކީއްވެ! އަނބުޅަތައް ނުކެއީ!

މުގޮށި މީދާ: ބަލަ އަހަރެމެންނަށްވެސް މީރު އެއްޗެހި މީރު ވާނެއެއްނު!

ރިފްގާ: އެކަމަކު މުގޮށްޓާ ތިޔަ ބުނީނު. އަނބުޅަ މީރުވާނެއޭ. އޭގެ ރިހަވެސް މާމީރުވާނެއޭ!

މުގޮށި މީދާ: އަހަރެމެންނަކަށް ނުކެއްކޭ ވިއްޔާ! އަހަރެމެން ކާން މިޖެހެނީ ކޮންމެ އެއްޗެއް ރޮލާ. ޖަހައިގެން ކާން ލޮނުކޮޅެއްވެސް ނުލިބޭ ވިއްޔާ! އަނބުޅަވެސް އަހަރެމެން ކަން. އެކަމަކު މީރުއެއްޗެއްނު ފުރަތަމަ ކާނީ!

ރިފްގާ: ދެން ކުރާނެކަމެއްނެތް! މިއަދު ލޮނު ޖަހައިގެން އަނބުޅަ ކާނީ!

ދެން އެދުވަހު ހަވީރު ބަގީޗާ ބަލަހައްޓާ މީހާ ގާތު ބުނެގެން އަނބުޅަ ބިނދެގެން ލޮނުޖަހައިގެން ތިންކުދިން ބައިވެގެން ކެއީއެވެ. ތިންކުދިންނަށް ވެސް މީރުވިއެވެ.

ރިފްގާމެން ބުނެގެން އެރޭ ރޭގަނޑު ކާން އެގޭ ކައްކާމީހާ އަނބުޅަ ރިހަވެސް ކެއްކިއެވެ.

އެރިހަ ތިންކުދިންނަށް ވެސް މީރެވެ. އެހެންވެ ވަރަށްގިނަ ދުވަސް ދުވަހު އެގޭގައި އަނބުޅަ ރިހަ ކައްކައެވެ. އަދި ލޮނުޖަހައިގެން ރިފްގާމެން އަނބުޅަ ވަރަށްގިނައިން ކައެވެ.

+1
1
+1
7
+1
1
+1
8
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް