November 23, 2024 03:26
Advertisement

-Advertisement-

ކުޑަކުދިންގެ ހާދިސާ: ހަސަނާއި މުގު ކާ ކޮތަރު

ހަސަނަކީ ވަރަށް ޓެނިސް ކުޅޭހިތާވާ ކުއްޖެކެވެ.

ކޮންމެދުވަހަކު ހެނދުނު 9 ޖަހާއިރު ހަސަން ޓެނިސް ކުޅެންދެއެވެ.

ހަސަން ސްކޫލް އަށް ދަނީ މެންދުރުފަހު އެވެ.

Advertisement

ކޮންމެ ދުވަހަކު ކުޅެންގޮއްސަ އައިސް ފެންވަރާލާ ކާލާ ހަދައިގެން ހަސަން ސްކޫލަށް ދާއިރު ހޫނުގަދަ ކަމުން މަންމަ ގާތު ވަރަށް ޝަކުވާކުރެއެވެ.

އާއްމުކޮށް ހަސަން ކާނީ ތެޔޮ ރޮއްޓާއި މަސްރިހަ އަދި ތެލުލިމަސް ފަދަ ބާވަތްތަކެވެ.

ތަރުކާރީ މޭވާ އަދި މުގުރިހަ ފަދަ ބާވަތްތައް އެއްގޮތަކަށްވެސް ހަސަން ނުކާނެއެވެ.

އެއްދުވަހަކު ހަސަންގެ ބައްޕަ ވަރަށް އޮޅު ކޮތަރެއް ކުޑަ ކޮއްޓަކާއެކު ގެނެސް ދިނެވެ.

ކޮތަރަށް ކާންދޭން ކޮތަޅެއްފުރާ މުގުވެސް ގެނައެވެ.

ހަސަންގެ ބައްޕަ މުގުކޮޅެއް ކޮތަރަށް ކާން އެޅުމުން ކޮތަރު ވަރަށް ހަލުވިކޮށް މީރުކޮށް މުގުކާން ފެށިއެވެ.

ހަސަންގެ ބައްޕަ ކޮތަރަށް ކާންދިނުމަށްފަހު ރަނގަޅަށް ބަލަހައްޓާށޭ ހަސަން ކައިރީގައި ބުންޏެވެ.

އެހެންވެ ހަސަން ކޮންމެ ދުވަހަކު ސްކޫލުން އައިސް ކޮތަރަށް ކާން އަޅާފަ ކޮތަރާއި އެއްކޮށް ކުޅެލަން ކުޑައިރުކޮޅަކު މަޑުކޮށްލައެވެ.

އެއްދުވަހަކު ސްކޫލުގައި ކަމެއް އޮވެގެން ގެއަށް އާދެވުނީ ވަރަށް ލަހުންނެވެ.

ކޮތަރު އިނީ ވަރަށް ބަނޑުހައިވެފައެވެ.

ހަސަން އަވަސް އަވަހަށް ކޮތަރަށް މުގު އަޅާލިތަނާ ކޮތަރު ވަރަށް މީރުކޮށް ކާންފެށިއެވެ.

ހަސަން ކޮތަރަށް ބަލަންހުރެފައި އަހާލިއެވެ.

ހަސަން: ކޮތަރާކަލޯ، ކަލޯ އަށް ހަމަ މުގު މީރީތަ؟

ކޮތަރު: އާނ ވަރަށް މީރު އެހެންނޫނަސް މުގަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ބާވަތެކޭ. އަހަރެން ދިރި މިހުންނަނީ ތިޔަދޭ މުގުކޮޅު އެކަނި ކާލައިގެނެއްނު. މުގަކީ ވެސް ކެއުމުގެ ތެރޭގައި ހިމަނަން ޖެހޭބާވަތެކޭ.

ހަސަން: އެކަމަކު މުގުރިހަ އަހަންނަށް ވަރަށް ނުބައި!

ކޮތަރު: ރިހަ ނޫނަސް ވަރަށްގިނަ ބާވަތް މުގުން ތައްޔާރު ކުރެއެންނު. މުގު ކުޑަކޮށް ހަނާކޮށްފައި ސަޓަނިވެސް ހަދާނެ. މުގު މަޑުކޮށްފައި މަސްހުނިވެސް ހަދާނެ. މުގުބަތްވެސް ކައްކާ. މުގުން ސޫޕް ވެސް ކައްކާ.

ހަސަން މެންދުރު ގަޑީގައި ތެލުލި މަހާއި ތެޔޮ ރޮއްޓާއި މަސްރިހަޔާއި މޮޑެގެން އަބަދު ކާތީއޭ އެހާ ހޫނުވަނީ ވެސް. އޭގެ ފަހުން ހަސަން ޖުވޭސް ރެސިޕީ ޕޭޖަށް ވަދެ ސާރޗް ކޮށްގެން މުގުގެ ފުނޑި ސަޓަންޏާއި މުގު ބަތް އަދި މުގު މަސްހުނި، މުގުހިތި ވެސް ހޯދާފައި މަންމަ ގާތު ބުނެގެން ކެއްކުވިއެވެ.

ރޮއްޓާއި އެއްކޮށް މުގު މަސްހުނިވެސް ވަރަށް މީރުވިއެވެ.

މުގުރިހަވެސް ކާންފެށުމުން ހަސަނަށް މީރުވިއެވެ.

އަދި ތަރުކާރީ މޭވާގެ ބާވަތްތައްވެސް ހަސަން ކާން އާދަކުރިއެވެ.

ހަސަން އަށް ހޫނުވާތީ ކެއުން ބަދުކޮށްލަން ހަސަންވެސް ބޭނުންވެއެވެ.

އެހެންނޫނަސް މުގާއި ތަރުކާރީ މޭވާފަދަ ބާވަތްތަކަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ބާވަތްތަކެއްކަން ހަސަނަށްވެސް އެނގެއެވެ.

+1
0
+1
11
+1
2
+1
4
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް