November 23, 2024 00:39
Advertisement

-Advertisement-

ބަޓަރފްލައި ޕީ އަކީ ކޮން މަލެއް؟ ސިއްޙީ ފައިދާތައް ގިނަ

ބަޓަރފްލައި ޕީ މަޝްހޫރުވެފައި ވަނީ އެމަލުގައި ހުންނަ ރީތި ގަދަ ނޫކުލައެއްގެ ސަބަބުންނެވެ. އޭޝިއާގެ ގައުމުތަކުން ވަރަށްގިނައިން ފެންނަ މިބާވަތުގެ މަލަކީ އާންމުގޮތެއްގައި އެކި ބުއިންތަކުންނާއި ހާބަލް ސައި އަދި ބައެއްކަހަލަ ކޮސްމެޓިކްސްތަކުގައި ބޭނުންކުރާ މަލެކެވެ.
މިއީ ސިއްޙީ ގޮތުން ވަރަށްގިނަ ފައިދާތަކެއް ލިބޭ މަލެކެވެ. ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ބަޓަރފްލައި ޕީ ގަހަކީ އެންޓި އޮކްސިޑެންޓުން މުއްސަނދިވެފައިވާ ގަހެކެވެ. ބަޓަރފްލައި ޕީ މަލުން ހަންގަނޑާއި ބޮލުގެ އިސްތަށިގަނޑަށް ގިނަ ފައިދާތަކެއް ލިބެއެވެ. އަދި ބަރުދަން ލުއި ކުރުމަށާއި ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދިނުމަށްވެސް އެހީވެދޭ ކަމަށް ބެލެވެއެވެ.

ބަޓަރފްލައި ޕީ ގައި އެކުލެވޭ އެންޓިއޮކްސިޑެންޓް މާއްދާގެ ސަބަބުން ކޮސްމެޓިކްސް އުފައްދާ ފަރާތްތަކުން ބައެއް ބާވަތްތަކުގެ ކޮސްމެޓިކްސްގައި ވެސް މި މާ ހިމަނައެވެ. އަދި ކެއުންތަކާއި ބައެއް ބުއިންތަކުގައިވެސް ހިމަނައެވެ. ފޮތި އުފައްދާއިރުވެސް މި މަލުގެ ބޭނުން ކުރެއެވެ.

މާލޭގެ ރަސްފަންނު ސަރަހައްދުންނާއި ގޭގެއިން އަދި ރާއްޖޭގެ އެކި ރަށްރަށުގައިވެސް އާންމުކޮށް ހައްދާ މި މަލަކީ ހާބަލް ސައިގައިވެސް ހިމަނާ ބާވަތެކެވެ. އެގޮތުން މި މާ ހިމަނަނީ ލެމަން ގްރާސް އާއި މާމުއި އަދި ލުބޯ އެއްކޮށްގެން ތައްޔާރުކުރާ ސައިގައެވެ. މިމަލުން ސައިގެ ކުލަ ނޫކުލައަށް ބަދަލުކޮށްލައެވެ. 

Advertisement

ސިއްޙީ ފައިދާތައް

ބަޓަރފްލައި ޕީ އަކީ އިންފެކްޝަންތަކުން ދުރުކޮށްދިނުމާއި ކެންސަރ ސެލްސް އުފެދުމުން ދުރުކޮށްދޭ މަލެއްކަމުގައި ވެއެވެ. އަދި ދިފާއީ ނިޒާމު ރަނގަޅުކޮށްދިނުމާއި ބައެއްކަހަލަ ކެންސަރ ސެލްސް މަރާލުމަށްވެސް މި މަލުގައި ހިމެނޭ ޤުދުރަތީ މާއްދާއަކުން އެހީވެދެއެވެ.
މިމަލުގައި ހުންނަ މާއްދާއެއްގެ ސަބަބުން ޖަރާސީމުތަކާއި ދެކޮޅަށް މަސައްކަތްކޮށް، ބަލިބަލިން ހަށިގަނޑު ރައްކާތެރިކުރުމުގެ ގާބިލުކަން ލިބިފައިވެއެވެ.


ހަންގަނޑާއި އިސްތަށިގަނޑަށްވެސް ފަރުވާއެއް

ސްކިން ކެއާރ ސެރަމްސް އާއި ހެއާ މިސްޓް އަދި ބައެއްކަހަލަ ޝޭމްޕޫ އުފައްދާއިރުވެސް ބަޓަރފްލައި ޕީ ބޭނުން ކުރެއެވެ. 2021 ވަނަ އަހަރު ހޯދިފައިވާ އާ ހޯދުންތަކެއް ބުނާގޮތުން މި މަލަކީ ހަންގަނޑުގެ ތާޒާކަން އިތުރުކޮށްދޭ މަލެކެވެ. އެގޮތުން މިމާ ހަންގަނޑުގައި ހޭކުމަށްފަހު ގަޑިއެއްހާއިރުގެ ތެރޭގައި ހަންގަނޑުގެ ތެތްކަން 70 އިންސައްތައަށް އިތުރުކޮށްދެއެވެ. އަދި ހަންގަނޑު ޒުވާންކަންމަތީ ގިނަ ދުވަހު ދަމަހައްޓައިދިނުމަށް ވެސް އެހީއަކަށްވުން އެކަށީގެންވެއެވެ.
2012 ވަނަ އަހަރު ޖަނަވާރު ބޭނުންކޮށްގެން ހެދި ދިރާސާއަކުން ދައްކާގޮތުގައި ބޮލުން އިސްތަށި ފޭބުމުގެ މައްސަލައަށް ފަރުވާއަކަށް އާންމުކޮށް ބޭނުންކުރާ ބާވަތެއްކަމުގައިވާ 'މިނޮކްސިޑިލް' އަށްވުރެ ބޮޑަށް ބަޓަރފްލައި ޕީ އަކީ އިސްތަށި ފެޅުވުމަށް މަގުފައިކޮށްދޭ މާ ފައިދާހުރި ބާވަތެކެވެ.
އިސްތަށިގަނޑާއި ހަންގަނޑަށް މިމަލުން ލިއްބައިދޭ އިތުރު ފައިދާތައް ދެނެގަތުމަށް އިތުރު ރިސާރޗްތައް ކުރަންޖެހޭ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.

ބަރުދަން ލުއި ކުރުމަށްވެސް އެހީއެއް
ބައެއް ރިސާރޗްތަކުން ދައްކާގޮތުގައި ބަޓަރފްލައި ޕީ އަކީ ބަރުދަން ލުއިކުރުމަށްވެސް އެހީއަކަށް ވުން އެކަށީގެންވެއެވެ. މި މަލަކީ ފެޓް ސެލްސް އުފެދޭ މިންވަރު ދަށްކޮށްދޭ މާއްދާއެއް ހިމެނޭ މަލެކެވެ. އަދި ފެޓް ސެލްސް ސިންތަސިސް ބްލޮކް ކޮށްލުމުގެ ގާބިލްކަންވެސް ލިބިފައިވެއެވެ. މިއީވެސް ޖަނަވާރު ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއަކުން ހޯދިފައިވާ ހޯދުމެކެވެ. ބަރުދަން ލުއި ކުރުމަށް މި މާ އެހީވެދޭ އިތުރު ގޮތްތައް ހޯދުމަށްވެސް އިތުރު ދިރާސާތަކެއް ހަދަންޖެހެއެވެ.

ބްލަޑް ޝުގާ ލެވެލް އެއްހަމައެއްގައި ހިފަހައްޓަދޭ
ދިރާސާތަކުން ދައްކާގޮތުގައި ބަޓަރޕްލައި ޕީ އަކީ ހަކުރުބަލީގެ ރިސްކު ކުޑަކޮށްދޭ އެއްޗެކެވެ. އަދި ހަކުރުބައްޔާއި ގުޅުންހުރި އަލާމާތްތައްވެސް ކުޑަކޮށްދިނުން އެކަށީގެންވެއެވެ.
15 ފިރިހެނުން ބައިވެރިވި ދިރާސާއަކުން ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު ބަޓަރފްލައި ޕީ އެކުލެވޭ ބުއިންތައް ބޭނުންކޮށްގެން އެންޓިއޮކްސިޑެންޓް ލެވެލް އިތުރުކޮށްދީ ބްލަޑް ޝުގާ އާއި އިންސިއުލިން ލެވެލް ދަށްކޮށްދެއެވެ. މީދާތަކެއް ބޭނުންކޮށްގެން ހެދި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ހަކުރުބަލި ހުރި މީދާތަކަށް ބަޓަރފްލައި ޕީ އެކުލެވޭ ބުއިމެއް ދިނުމުން ލޭގައިވާ ހަކުރުގެ މިންވަރު ދަށްކޮށްދިނެވެ.
އެހެން ދިރާސާއަކުން ދެއްކި ގޮތުގައި ބަޓަރޕްލައި ޕީ އެކުލެވޭ ބުއިންތަކުން ހަށިގަނޑުގެ ސެލްތައް ހަލާކުވުމާއި ދެކޮޅަށް މަސައްކަތް ކޮށްދެއެވެ. އަދި ހަކުރުބަލީގެ ސަބަބުން ދިމާވާ އެހެނިހެން ސިއްޙީ މައްސަލަތަކާއި ދެކޮޅަށްވެސް މަސައްކަތް ކޮށްދެއެވެ.
އެހެންނަމަވެސް ދިރާސާކުރާ މީހުން ބުނާގޮތުގައި ދިގު މުއްދަތަކަށް ލޭގައިވާ ހަކުރުގެ މިންވަރު ދަށްކޮށްދިނުމަށް މި މަލުން އެހީވެދޭތޯ ބެލުމަށް އިތުރަށް ދިރާސާތަކެއް ހަދަން ޖެހެއެވެ.
ސިއްޙީ މައްސަލަތަކެއް ހުންނަ ފަރާތެއް ނަމަ މި މާ ކެއުމާއި ބުއިންތަކުގައި ހިމެނުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާހޯދުން ބުއްދިވެރިއެވެ.

ނޯޓް: މައުލޫމާތު ނަގާފައިވަނީ ހެލްތްލައިން ވެބްސައިޓް

+1
1
+1
9
+1
3
+1
1
+1
2
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް