November 23, 2024 09:04
Advertisement

-Advertisement-

އަންހެނުންނަށް ރަނގަޅު ފުރުސަތެއް: 3 ސަރަހައްދެއް ހެދިކާ ޓެންޓްތަކަށް ޚާއްސަ ކުރަނީ!

ދިވެހި އަންހެނުން އެމީހުންގެ ބަދިގޭގައި ތައްޔާރުކުރާ ރަހަމީރު ހެދިކާތައް، 2018 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވިއްކުމަށް ތިބޭ މަންޒަރަކީ ފެންނަ ފެނުމަށް އުފާވެރިކަމެއް ގެނެސްދޭ މަންޒަރެކެވެ. ހެދިކާ ވިއްކަންހުރި މެދުއުމުރުގެ ދައްތައަކާ ސުވާލުކޮށްލުމުން ހިނިތުންވުމާ ހިތްހަމަޖެހުމާއެކު ބުނީ މިއީ ކުރަން ރަނގަޅު މަސައްކަތެއް ކަމަށެވެ.

އާންމުކޮށް ހެދިކާ ވިއްކުމަށް ހޭދަކުރަނީ އަސްރުނަމާދާއި އިރުއޮއްސުމާއި ދެމެދު އެހޭދަވާ ވަގުތެވެ. ގިނަ ދުވަސް ދުވަހު ކާމިޔާބުކަމާއެކު ހެދިކާ ވިކި ހުސްވެއެވެ. އަދި އެކަށީގެންވާ އާމްދަނީއެއް މިމަސައްކަތުން ލިބެއެވެ.

މި ދައްތަމެންނަށް އޮތް ހިތްހަމަޖެހުމަކީ ދަރިން ބެލުމަށް ގޭގަހުރެވި، އާއިލާ މީހުންގެ އެހީތެރިކަމާއެކު ތައްޔާރުކުރާ ހެދިކާ ވިއްކުމަށް ހޭދަވާ ދެގަޑިއިރެއްގެތެރޭގައި އެ ލިބޭ ރުފިޔާއިން ގޭގެ ބައެއް ހަރަދުތައް ހަމަޖައްސާލެވޭތީއެވެ. ކޮންމެއަކަސް މިއީ ހެދިކާ ޓެންޓުތަކުގައި މަސައްކަތްކުރުމަށް ފުރުސަތު ލިބުނު އަންހެންވެރިންނަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެކެވެ.

Advertisement

ކޮންމެ ކަމަކީ ވެސް އޭގެ ސަބަބުން ގެއްލުމާއި ފައިދާ ލިބޭނެ ކަމެކެވެ. މިގޮތަށް ހިންގާ ހެދިކާ ޓެންޓްތައް ރަނގަޅަށް މޮނީޓަރ ކުރެވޭ ހެއްޔެވެ؟ އެތަންތަނުން ވިއްކާ ހެދިކާ އަކީ އެޗްޕީއޭގެ ކާބޯތަކެތި ވިއްކުމާއި ގުޅޭ ގައިޑްލައިންތަކާއި އެއްގޮތަށް ވިއްކާ ތަކެތި ބާވައެވެ؟ ހެދިކާ ޓެންޓްތަކާ ގުޅޭގޮތުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މި މަސައްކަތުގައި ދިމާވި ގޮންޖެހުންތަކާއި އަދި އެކުންފުނިން ގެންނަން ބޭނުންވާ ބަދަލުތަކުގެ ތަފްސީލް 'ޒީޓައިމްސް' އާއި ހިއްސާކޮށްދީފަ އެވެ.

ވިއްކަން ބަހައްޓާފައި ހުރި ހެދިކާތަކެއް

ދިމާވި މައްސަލަތަކާއި ދަތިތައް

1 ހެދިކާ ޓެންޓްތަކުގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ބެލެހެއްޓުމަށް އެޗްޕީއޭ އަށް އުނދަގޫވުން.

2 ބައެއް ފަރާތްތަކުން ތިންވަނަ ފަރާތަކަށް ޓެންޓްތައް ކުއްޔަށްދޭން ފެށުން.

3 ހަވާލުކުރެވުނު ގްރޫޕުތަކުގައި މައްސަލަޖެހި ޓެންޓް ބައިކޮށްގެން ވިޔަފާރިކުރުން.

4 ގޭގައި ގިނަ އަދަދެއްގެ ހެދިކާ ހަދާއިރު ރަނގަޅު ތެޔޮ ޑްރެއިނޭޖެއް ނެތުމުން މައްސަލަތައް ދިމާވުން.

5 ބިދޭސީންނަށް މުސާރަދިނުމަށްފަހު ޓެންޓްތަކުގައި މަސައްކަތް ކުރުވުން. މިއީ އެގްރިމެންޓާއި ޚިލާފުކަމެއް.

6 އެޗްޑީސީގެ ހުއްދަނެތި ޓެންޓްތައް އެކި ސަރަހައްދުތަކަށް ބަދަލުކުރުން.

ހެދިކާ ޓެންޓް ބަހައްޓާނެ ސަރަހައްދެއްގެ ކުރެހުމެއް. ފޮޓޯ: އެޗްޑީސީ

އަލަށް ގެންނަން ނިންމި ބަދަލުތައް

އެޗްޑީސީ އިން މައުލޫމާތުދޭގޮތުގައި ހެދިކާ ޓެންޓްތައް ހިންގާ މީހުންނާއެކު ހެދިފައިވާ އެގްރިމެންޓްގެ މުއްދަތު ހަމަވުމުން ވެސް އެ ޓެންޓްތަކުން ޚިދުމަތް ދިނުމުގެ ފުރުސަތު ވަނީ ދެވިފައެވެ. މިގޮތަށް ފުރުސަތު ދިނީ ޓެންޓްތަކަށް އޮތް ޑިމާންޑްގެ ސަބަބުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

  1. ގައިޑްލައިންތަކެއް ކަނޑައެޅުމަށްފަހު ހެދިކާ ޓެންޓްތައް މެނޭޖްކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި. އެޗްޑީސީ އިން އެދިގެން އެޗްޕީއޭ އިން މިހާރު ވަނީ މިފަދަ ވިޔަފާރިތަކަށް ޚާއްސަ ގައިޑްލައިނެއް ތައްޔާރުކޮށްދީފައި.

" މި ގައިޑްލައިންގެ ދަށުން މަގާއި ކައިރީގައި ހެދިކާ ޓެންޓްތައް ބެހެއްޓުން ވަނީ މަނާކުރެވިފައި. ހެދިކާ ބަހައްޓަންޖެހޭނީ މަތިޖެހި ތައްޓެއްގައި" އެޗްޑީސީ އިން މައުލޫމާތު ދިނެވެ.

  1. ހުޅުމާލޭގެ ތަފާތު 3 ސަރަހައްދެއް ހެދިކާ ޓެންޓް ބެހެއްޓުމަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައި. އަދި ގިނަ ހަރަދުތަކެއް ނުކޮށް މިހާރު ގެންގުޅޭ ޓެންޓުތަކަށް ބަދަލުގެނެސްގެން މިމަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ.
ހެދިކާ ޓެންޓް ބަހައްޓާނެ ސަރަަހައްދު ހުންނާނެގޮތުގެ ކުރެހުމެއް. ފޮޓޯ: އެޗްޑީސީ

އެޗްޑީސީ އިން މައުލޫމާތު ދޭގޮތުގައި މި ވިޔަފާރިއާ ގުޅޭގޮތުން އަންނަ ބަދަލުތަކާއި ގުޅޭ މައުލޫމާތު ވިޔަފާރި ކުރިއަށްގެންދާ ފަރާތްތަކާއި ރައްޔިތުންނާއި ވަނީ ހިއްސާކުރެވިފައެވެ. ކުރިން މިމަސައްކަތް ކުރިއަށްގެންދިޔައީ 3 މީހުންގެ ގުރޫޕަކަށް ޓެންޓްތައް ހަވާލުކޮށް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 150 ރުފިޔާ ނެގުމަށްފަހު ކުލީގެގޮތުގައި އެއްވެސް އަދަދެއް ނުނަގައެވެ. ހުޅުމާލޭގެ 3 ސަރަހައްދެއްގައި ހަދަމުންދާ ހެދިކާ ޓެންޓްތަކުގެ މަސައްކަތުގެ 80 އިންސައްތަ މިހާރު ވަނީ ނިމިފައި ކަމަށް އެޗްޑީސީ އިން ވަނީ މައުލޫމާތު ދީފައެވެ.

+1
3
+1
4
+1
2
+1
1
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް