September 20, 2024 18:41
Advertisement

-Advertisement-

ހުމުސް ތައްޔާރުކުރާނެ ގޮތް

ބޭނުންވާތަކެތި:

½ 4 ޖޯޑު ކައްކާފައި ނުވަތަ ދަޅުގައި ހުންނަ ސަނާމުގު

½ ޖޯޑު "ތަހިނި ސޯސް"

Advertisement

½ ޖޯޑު ލުނބޯހުތް

1 ސައިސަމުސާ މުގުރި ދިރި

1/3 ޖޯޑު ރޯސްޓެޑް ލޮނުމެދު

¼ ޖޯޑު ރޯސްޓެޑް ލޮނުމެދު ތެޔޮ

1 ސައިސަމުސާ ލޮނު

1 ސައިސަމުސާ ރާޅުމިރުސް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ސަނާމުގުތައް މިކްސްޖަރަށް އަޅާލުމަށްފަހު ހިމުންވަންދެން މުގުރާލާނީއެވެ. އެއަށްފަހު ތަހިނި ސޯސް އަޅާލާފައި ރަނގަޅަށް އެއްކޮށްލާނީއެވެ. ދެން ލުނބޯ، ލޮނުމެދު، ދިރި އަދި ލޮނުމެދު ތެޔޮ އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. ލޮނު ހެޔޮވަރުކޮށްލުމަށްފަހު ތައްޓެއްގައި އަތުރާލުމަށްފަހު މައްޗަށް ރާޅުމިރުސް އަޅާލާނީއެވެ. އެއިރުން އެހެރީ ހުމުސް ތައްޔާރު ކުރެވިފައެވެ. މިއީ ބަތާއި ނުވަތަ ނާނު ކަހަލަ ރޮއްޓާއެކު ކާލަން ވަރަށް މީރު ކެއުމެކެވެ.

+1
0
+1
2
+1
1
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް