November 23, 2024 09:20
Advertisement

-Advertisement-

އެޗް.އެން.އެމް ބްރޭންޑް އުފެދި ކާމިޔާބުވީ ކިހިނެއް؟

މިހާރަކަށް އައިސް ބްރޭންޑްތަކަށް ދެވިފައިވާ ލޯބި އާއްމުވަމުންދާ ކަމަކީ އައު ވާހަކަތަކެއް ނޫނެވެ. މީގެ 15 ވަރަކަށް އަހަރުގެ ކުރިއާއި އަޅާ ބަލާއިރު، ފެޝަނާއި ބްރޭންޑަށް ބަލައިގެން އެއްޗެހި ގަތުން މިވަނީ ވަރަށް އާއްމުވެފައެވެ. ވަކި ބްރޭންޑެއްވީމަ ދެވިފައިވާ ލޯތްބަކީވެސް އެކި މީހުންގެ ކިބައިން ފެނިގެންދާ ކަންކަމެވެ.

މިގޮތުން "އެޗް.އެން.އެމް" ބްރޭންޑަކީ ވަރަށް އާންމު އެންމެ އާދައިގެ މީހާއަށްވެސް އަތްފޯރާ ފަށުގައި އަގުތަށް ހުންނަ ބްރޭންޑެއްކަން ފާހަގަކުރެވެއެވެ. ޚާއްސަކޮށް ފާހަގަކޮށްލަން ޖެހޭ ކަމަކީ މިބްރޭންޑަކީ ދުނިޔޭގައި 2 ވަނައަށް އެންމެ ބޮޑު ފެޝަން ރީޓެއިލް "ޝޮޕިން ސެންޓަރ" އެވެ.

"އެޗް.އެން.އެމް" މިބްރޭންޑަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް މަޤްބޫލު ބްރޭންޑެކެވެ. މިބްރޭންޑްގެ ނަން ބުނުމުން ނޭނގޭ މީހަކު ވަރަށް މަދޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ. އަހަރެމެންގެ ތެރެއިން ގިނަބަޔަކު ލޯބި ޖެހިފައިވާ މިބްރޭންޑް އުފެދުނު ގޮތާއި މީގެ ތަފްސީލް ކުޑަގޮތަކަށް ހިމަނާލާނަމެވެ.

Advertisement

އެޗް.އެން.އެމް ބްރޭންޑް އުފެދުނުގޮތް

މިބްރޭންޑް އުފެއްދުމުގެ ޚިޔާލު އައި ގޮތަކީ "އާލިން ޕަސަން" ދަތުރުވަރެއްގައި އެމެރިކާއަށް ދިޔަ ދިއުމެއްގައެވެ. އޭނާއަށް މިދަތުރުގައި ފާހަގަކުރެވިގެން ދިޔައީ އަންހެން ބޭފުޅުންގެ ހެދުން އެޅުގެ ފެޝަނަށް އަންނަ ބަދަލުތަކެވެ. އަންހެން ބޭފުޅުންގެ ހެދުން އެޅުމުގެ ފެޝަން ވަރަށް އަވަސް އަވަހަށް ބަދަލުވެގެންދާކަމެވެ. އެއަށްފަހު ދަތުރު ނިންމާލުމަށްފަހު އޭނާގެ ގައުމު "ސްވެޑެން"އަށް އައުމަށްފަހު 1947 ވަނަ އަހަރު އޭނާއަށް ފެނުނީ "ހާސް އިން ސްވެޑިޝް" ކިޔާ ތަނެކެވެ. މިހިސާބުން އޭނާގެ ޚިޔާލަށް އައީ އަންހެނުންގެ ތެރެއިން ހުރިހާ ފެންވަރެއްގެ މީހުންނަށްވެސް ގަނެވޭ އަގެއްގައި އަންނައުނު އުފެއްދުމެވެ. މިބްރޭންޑަކީ 1947 ވަނަ އަހަރު ހަމައެކަނި އަންހެނުންނަށް ޚާއްސަކޮށް އުފެދުނު ބްރޭންޑެކެވެ. މިތަނަށް ފުރަތަމަ ދެވުނު ނަމަކީ "ހެންސް"އެވެ. އެއަށްފަހު 1968 ގައި މިނަން ބަދަލުކުރެވުނީ "ހެންސް އެން މޮރިސް"ގެ ނަމަށެވެ. މިބަދަލު އައީ "މޮރިސް ވިޑްފޯސް" ގަތުމުންނެވެ. "މޮރިސް ވިޑް ފޯސް" އަކީ މަސްވެރިކަމާއި ޝިކާރަކުރުމަށް ބޭނުންވާ ސާމާނު ވިއްކާ ކުންފުންޏެކެވެ. މިއާއިއެކު ހަމަ އެއަހަރުތެރޭގައި ފިރިހެން އަދި ކުޑަކުދިންނަށް ޚާއްސަކޮށް އަންނައުނު ވިއްކުމަށް ހަމަޖެހުނެވެ. މިބަދަލާއި އެކު 1974ގައި "ސްޓޮކްހޯމް"ގެ "ސްޓޮކް އެކްސްޗޭންޖް"ގައި މިނަން ޝާއިއު ކުރެވިގެން ދިއުމާއެކު މިނަން ބަދަލުވެގެން ދިޔައީ "އެޗް.އެން.އެމް" އަށެވެ. އެއަށްފަހު މީގެތެރެއަށް "ކަލެކްޝަން" އިތުރުވެ ގަހަނާ، އަވިއައިނު، ދަބަސް، ބޫޓު، ބްރާ އަދި ޖަނގިޔާ އިތުރުވެގެންދިޔައެވެ. މީގެ އިތުރުން ގެއަކަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް މިބްރޭންޑްގެ ދަށުން ލިބެން ފެށުނެވެ. މިހިސާބުން ފެށިގެން މިބްރޭންޑް މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔައެވެ.

ދުނިޔޭގެ 24 ގައުމެއްގައި އެޗް.އެން.އެމްގެ 1300 ފިހާރަ ހުރެއެވެ. މުޅިއެކު 50000 މުވައްޒަފުން ހިމެނޭ މިބްރޭންޑަކީ އަގުގެ ގޮތުން ބަލާއިރު "މިޑް ރޭންޖް"ގެ އެއްޗެހި ވިއްކުމަށް ޚާއްސަ ބައެކެވެ. 1990 ވަނަ އަހަރު "އާލިން ޕަސަން" ފިރިހެން ދަރިފުޅު ސީ.އީ.އޯގެ މަޤާމަށް ބަދަލުވިއެވެ. އަދި 1998 ވަނަ އަހަރު އޭނާއަށް ބޯޑުގެ ޗެއަރމަންކަންވެސް ލިބުނެވެ. 2019 ވަނަ އަހަރުގެ ނޮވެމްބަރ އިން ފެށިގެން 74 ގައުމެއްގައި 5000 ފިހާރަ އަށް ބަދަލުވެ މާރކެޓް ބޮޑުވެގެން ދިޔައެވެ. އަދި 126000 މުވައްޒަފުން އިތުރުވެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެގެން ދިޔައެވެ.

އެޗް.އެން.އެމް ބްރޭންޑަށް މީހުން ޝައުގުވެރިވާ ސަބަބު:

މިބްރޭންޑްގެ މަޤްސަދަކީ ވިޔަފާރި ކުރަންދާމީހާ ހިތްހަމަޖެހޭފަދަ ގޮތަކަށް އެމީހަކަށް އެއްޗެއް ފޯރުކޮށްދިނުމެވެ. އަބަދުވެސް އެންމެ ފަހުގެ ފެޝަންތަކަށް ލޯބިކުރާ މީހުންނަށް އުފާވެރިކަން ގެނުވަދޭ އަގުހެޔޮ ގަޔަށް އަރާމު އަންނައުނު އުފެއްދުމުގައި ދެމިހުންނަ ބްރޭންޑަކަށް ވާތީއެވެ. އަދި ހަމަ މިއާއިއެކު އަހަރުގެ ޚާއްސަ ދުވަސް ދުވަހުގައި ވަރަށް ބޮޑެތި "ޑިސްކައުންޓް" ސޭލްތައް އަޅުވާ އެކި ކަހަލަ "ކޭޝް ކޫޕަން" ތަކުން ކަސްޓަމަރުންގެ ހިތް ދަމައިގަނެއެވެ.

އެޗް.އެން.އެމް ބްރޭންޑް ކާމިޔާބުވި ގޮތް:

މިބްރޭންޑަކީ ހުރިހާ ގިންތީގެ މީހުންނަށް އަމާޒުކޮށްގެން އުފައްދާފައިވާ ބްރޭންޑެކެވެ. އެއްތަނަކުން ހުރިހާ އެއްޗެއް ލިބެން ހުންނަ އެއް ބްރޭންޑުވެސް މެއެވެ. މިބްރޭންޑުން އަބަދުވެސް ބަލަނީ އެންމެ ފަހުގެ ފެޝަންތަކަށް އަމާޒުކޮށްގެން ހުރިހާ އެއްޗެއްވެސް އުފެއްދޭތޯއެވެ. ދުވާލެއްގެ މައްޗަށް 3900 ފިހާރައިން 61 ތަފާތު މާކެޓްތަކުގައި އަބަދުވެސް އައު އެއްޗެހި ލިބެން ހުރެއެވެ. މީގެ ސަބަބުން އަބަދުވެސް ކަސްޓަމަރުން އައުން އިތުރުވެއެވެ. ކަސްޓަމަރުންގެ ހިތުގައި އައުފެޝަންތަކަށް ހުންނަ ޝައުގުވެރިކަމުން ހިތްކިޔާ ކަހަލަ އެކި އެއްޗެހި މިތަނުން ލިބެން ހުރެއެވެ. މިބްރޭންޑްގައި އެއްފަހަރު އުފައްދާ ތަކެތި ދެވަނަ ފަހަރަށް ލިބެން ނުހުރުމުން ކަސްޓަމަރުން އަބަދުވެސް ބޭނުންވަނީ ވަގުތުން އެއްޗެހި ގަނެލުމަށެވެ. އޭގެ "ސްޓޮކް" ހުސްވުމުން ދެވަނަ ފަހަރަށް އެވައްތަރު ނުއުފައްދާނެ ކަން އެނގޭތީ "ޑިސްކައުންޓް" އަޅުވަންދެން މަޑުނުކޮށް އަވަހަށް ގަނެލައެވެ.

+1
0
+1
0
+1
7
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް