November 23, 2024 07:23
Advertisement

-Advertisement-

ގިނަގުނަ ބަލިތަކުން ސަލާމަތް ކޮށްދިނުމަށް އެހީތެރިވެދޭ މަހެއް

"ސަލްމަން" މަހަކީ އެހެން މަސްމަހަށްވުރެ ފައިދާހުރި މަހެކެވެ. މިއީ އަގުބޮޑު މަހެކެވެ. މިމަސް ގިނައިން އުޅެނީ އެޓްލާންޓިކް ކަނޑުގައެވެ. ނަމަވެސް ޕެސިފިކް ކަނޑުގައިވެސް މީގެ އެކި ބާވަތްތައް އުޅެއެވެ. ބައެއް ފަހަރު މީގެ ބާވަތްތައް އުތުރާއި ދެކުނު އެމެރިކާގެ ކޯރުތަކުގައިވެސް ދިރިއުޅެއެވެ. މިމަހަކީ އާދަޔާޚިލާފަށް މީރުވެފައި ނިއުޓްރިޝަންގެ މާއްދާ ވަރަށް ބޮޑަށް އެކުލެވިފައިވާ އަދި ފައިދާގެ ގޮތުން ވަރަށް ރަނގަޅު މަހެކެވެ. އެމެރިކާގައި ވަރަށް ޚާއްސަ މަހެއްގެ ގޮތުގައި ބޭނުންކުރާ މަހެއްވެސްމެއެވެ. ސަލްމަން މަހުގެ 6 ވައްތަރެއް ހުރެއެވެ. އޭގެ އެއްވައްތަރަކީ "އެޓްލާންޓިކް ސަލްމަން" އެވެ. އަނެއް 5 ވައްތަރަކީ ޕެސިފިކް ކަނޑުގައި ދިރިއުޅޭ 5 ވައްތަރެވެ. އެއީ ޗިނޫކް، ޗިމް، ޗޮހޯ، ޕިންކް އަދި ސޮކޮޔޭއެވެ.

އެޓްލާންޓިކް ސަލްމަން

އެޓްލާންޓިކް ސަލްމަން އަށް 'ބްލެކް ސަލްމަން' އޭ ވެސް ކިޔާއުޅެއެވެ. މިވައްތަރުގެ ސަލްމަންއަކީ ދިރިހުރުމަށް ކޮންމެހެން ލޮނުފެން ބޭނުންވާ ވައްތަރެއް ނޫނެވެ. ކޯރުތަކުގައި އުޅޭ މިމަހަކީ އެމެރިކާގައި ނެތިދިއުމުގެ ބިރުވެރިކަމުގެ ލިސްޓުގައި ހިމެނިފައިވާ މަހެކެވެ. މީގެ އެވްރެޖް ސައިޒަކީ 8 ނުވަތަ 12 ޕައުންޑެވެ.

Advertisement

ޗިނޫކް ސަލްމަން

މިވައްތަރު މަޝްހޫރުވެފައިވަނީ "ކިންގ ސަލްމަން" ގެ ނަމުންނެވެ. 125 ޕައުންޑަށް ބޮޑުވާ މިވައްތަރު 7 އަހަރުގެ މުއްދަތަށް ދިރިއުޅޭ ކަމަށްވެއެވެ. މިވައްތަރު އެންމެ ގިނައިން އުޅެނީ "އަލަސްކާ"ގައެވެ. މީގެ އެވްރެޖް ސައިޒަކީ 10 އަކާއި 15 ޕައުންޑެވެ.

ޗުމް ސަލްމަން

މިއީ ސަލްމަންގެ ތެރެއިން އެންމެ ވަރުގަދަ ވައްތަރެވެ. މީގެ ސައިޒަކީ 10 އަކާއި 15 ޕައުންޑެވެ.

ޗޮހޯ ސަލްމަން

މިވައްތަރަކީ މީހުންގެ މެދުގައި އެންމެ މަޤްބޫލު އެއްވައްތަރެވެ. މީގެ ސައިޒަކީ 6 ނުވަތަ 12 ޕައުންޑެވެ.

ޕިންކް ސަލްމަން

މިވައްތަރަކީ އެންމެ ގިނަ އަދި އެންމެ އާއްމު ވައްތަރެވެ. އަދި ސައިޒުންވެސް އެންމެ ކުޑަވައްތަރެވެ. މީގެ ސައިޒަކީ 3 ނުވަތަ 5 ޕައުންޑެވެ.

ސޮކެޔޭ ސަލްމަން

މިއީ އެންމެ ކުލަ ގަދަ އަދި އެންމެ ފަސޭހައިން ކޯރުގައި ދިރިހުންނަ ވައްތަރެވެ. މީގެ އެވްރެޖް ސައިޒަކީ 5 ނުވަތަ 8 ޕައުންޑެވެ.

ސަލްމަން މަސް އަގުބޮޑުވާ ސަބަބު:

މިމަހަކީ އެހެން މަސްމަހާ ޚިލާފަށް ބާނަން ވަރަށް އުދަގޫ މަހަކަށް ވެފައި، އަދި ބޭރުގެ ބައެއް ގައުމު ތަކުގައި އެހެން މަސްމަހަށްވުރެ މިމަހަށް ހުންނަ ޝައުގުވެރިކަން ބޮޑުވުމެވެ. ޚާއްސަކޮށް މިމަހަކީ ދާ ބޭނުންކޮށް ހިފަން އުދަގޫ އަދި ގިނަ ގައުމުތަކަކީ ދާ ބޭނުންކޮށް މަސް ހިފުމަށް ހުއްދަ ނެތް ގައުމުތަކަށް ވާތީއެވެ. ވަކިކަހަލަ ދޮށީގައި ބާނަންޖެހޭ މަހަކަށް ވާއިރު، މިމަސް ހިފުމަށް ވަކި ކަހަލަ ބޯޓުތަކެއްވެސް ބޭނުންކުރަން ޖެހެއެވެ. މިކަހަލަ މަސްވެރިކަން ކުރާ މީހުންނަކީ އެހެނިހެން މަސްވެރިންނަށްވުރެ އަގުބޮޑުބައެކެވެ. އަދި ވަރަށްގިނަ ފަހުގެ ވަސީލަތްތައް ބޭނުންކޮށްގެން ހިފަންޖެހޭ މަހެކެވެ. މިމަހުގެ 1 ޕައުންޑުގެ އަގު އާއްމުގޮތެއްގައި އުޅެނީ 12 ނުވަތަ 17 ޑޮލަރަށެވެ. މިމަހުގެ ޑިމާންޑަށް ބަލާއިރު ބާޒާރުގައި އެހާ ގިނައަދަދަކަށް މަސް ލިބެން ނެތުންވެސް މިއީ އަގުބޮޑުވާ ސަބަބެއް ކަމުގައިވަނީ ވެފައެވެ.

ސަލްމަން މަހުން ލިބިދޭ ފައިދާ:

އޮމެގާ 3 ގެ މާއްދާ އެކުލެވިގެންވުން

މިމަހަކީ އޮމެގާ 3 ގެ މާއްދާ ވަރަށް ބޮޑަށް އެކުލެވިގެންވާ މަހެކެވެ. 3.5 އައުންސް ( 100ގްރާމް) ގައި 2.3 ގްރާމްގެ އޮމެގާ 3 ގެ މާއްދާ އެކުލެވިގެންވެއެވެ. އޮމެގާ 3 ގެ ފެޓްސްއަކީ، ކާތަކެތިން ހަށިގަނޑަށް ލިބިދޭންޖެހޭ މުހިންމު މާއްދާއެކެވެ. ސިއްޙީ މާހިރުން ވިދާޅުވާގޮތުގައި އާދައިގެ އިންސާނެއްގެ ހަށިގަނޑަށް 250 ގްރާމާއި 1000 ގްރާމްގެ އޮމެގާ 3 ބޭނުންވެއެވެ. "ފިޝް އޮއިލް" ކެޕްސޫލްގެ ބަދަލުގައި މިމަހުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް އޮމެގާ 3 ލިބިދެއެވެ. ވުމާއިއެކު "ފިޝް އޮއިލް" ގެ ބަދަލުގައި މިމަސް ކެއުން ބުއްދިވެރިކަމަށްވެސް ސިއްހީ މާހިރުން ވިދާޅުވެއެވެ. ހަފްތާއަކު 2 ފަހަރު ކެއުމުގައި މިމަސް ބޭނުން ކުރެވޭނަމަ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އޮމެގާ 3 ލިބިދޭ ކަމަށްވެއެވެ.

ޕްރޮޓީންގެ މާއްދާ އެކުލެވިގެންވުން

އޮމެގާ 3 ބޭނުންވާ ފަދައިން ޕްރޮޓީން އަކީވެސް އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ވަރަށް މުހިންމު މާއްދާއެކެވެ. ޕްރޮޓީންގެ ސަބަބުން ކަށިތައް ހަލާކުނުވެ އަދި މަސްތައް ވަރުގަދަކޮށް ހުރުމަށް އެހީވެދެއެވެ. ދުވާލެއްގެ މައްޗަށް މަދުވެގެން 50 ނުވަތަ 70 ގްރާމްގެ ޕްރޮޓީން އިންސާނާގެ ހަށިގަނޑަށް ބޭނުންވެއެވެ.

ވިޓަމިން ބީ ގެ މާއްދާ އެކުލެވިގެންވުން

ވިޓަމިން ބީ ގެ 100 ގްރާމް ސަލްމަންގައި ހިމެނެއެވެ. އޭގެ ތެރެއިން ވިޓަމިން ބީ 12، ވިޓަމިން ބީ 6، ތިއަމިން، ފޮލިކް އެސިޑްވެސް ހިމެނޭ މިމަހަކީ ކެއުމުގައި ވިޓަމިން ބީގެ މާއްދާ ހޯދުމަށް ބޭނުން ކުރަން ރަނގަޅު މަހެކެވެ. ވިޓަމިން ބީ އަކީ ސިކުނޑި މަސައްކަތް ކުރުމަށާއި ނާރުގެ ނިޒާމުތަކަށް ރަނގަޅު މާއްދާއެކެވެ.

ޕޮޓޭޝިއަމްގެ މާއްދާ އެކުލެވިގެންވުން

މިމަހަކީ ޕްޓޭޝިއަމްގެ މާއްދާ ވަރަށްބޮޑަށް އެކުލެވިގެންވާ މަހެކެވެ. މިމަހަކީ އާދައިގެ ސައިޒެއްގެ ދޮންކެޔޮ ވަކަކަށް ވުރެ ބޮޑަށް ޕޮޓޭސިއަމްގެ މިންވަރު އެކުލެވިގެންވާ މަހެކެވެ. "ބްލަޑް ޝުގަރ" އެއްވަރެއްގައި ހުރުމަށް ޕޮޓޭޝިއަމް އެހީތެރިވެދެއެވެ. އަދި ހަމަ މިއާއިއެކު ސްޓްރޯކް ޖެހުމުގެ ނުރައްކާތެރިކަންވެސް ކުޑަކޮށްދެއެވެ.

ހިތުގެ ބަލިތަކަށް ފަރުވާއެއް

އާއްމުގޮތެއްގައި ސަލްމަން މަސް ކާނަމަ ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދޭ ކަމަށް ސިއްހީ މާހިރުން ލަފާދެއެވެ. މިމަހުގައި އޮމެގާ 3 ގެ މާއްދާ ގިނަވުމުގެ ސަބަބުން ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. 

ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީއެއް

މިމަސް ގަވާއިދުން ކާނަމަ ހަށިގަނޑުގެ ބަރުދަން އިތުރުނުވެ އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދެއެވެ. ހޯމޯން މައްސަލައަށް އެހީތެރިވެދީ ކެއުން ކޮންޓްރޯލްވުމަށްވެސް އެހީތެރިވެދެއެވެ. ގިނައިރު ބަނޑުހައިނުވެ ހިފެހެއްޓުމާއި "މެޓަބޮލިޒަމް ރޭޓް" މަތިކޮށް ބެހެއްޓުމަށްވެސް އެހީތެރިވެދެއެވެ. ކެލޮރީސް ވަރަށްމަދު މިމަހަކީ "ލިވަރ ފެޓް އަދި ބެލީ ފެޓް" ވެސް ވަރަށް މަދު އެއްޗެކެވެ.

ޑިޕްރެޝަން އަދި އެންޒައިޓީ އިން ދުރުކޮށްދިނުމަށް އެހީއެއް

މިމަސް ހަފްތާއަކު އެއްފަހަރު ކެއުމުގައި ހިމަނާނަމަ ސިކުނޑީގެ ވަރަށްގިނަ ބަލިތަކުން ރައްކާތެރިކުރުމަށް އެހީތެރިވެދެއެވެ. ޑިޕްރެޝަން އަދި އެންޒައިޓީ ފަދަ ބަލިތަކުން ރައްކާތެރިވުމަށްވެސް އެހީތެރިވެދޭ މިމަހަކީ ޚާއްސަކޮށް މާބަނޑު މީހުން ކެއުމަށް ވެސް ރަނގަޅު މަހެކެވެ.

ކާލަން އެހާމީރު މާބޮޑުވަހެއް ނުހުންނަ މިމަހަކީ ހަމަ ގައިމުވެސް ނުކާ ދޫކޮށްލެވޭވަރުގެ މަހެއް ނޫނެވެ. ސިއްހީގޮތުން ވަރަށްގިނަ ބަލިތަކަށް މިމަސްކެއުމުން ފަރުވާލިބޭއިރު، މިމަހުގެ އަޖުމަ ބަލާލުމަކީ ހަމަ ގައިމުވެސް ކޮށްލަން ރަނގަޅު ކަމެކެވެ. ސަލްމަން މަހަކީ ފިހެގެން އަދި ގްރިލް ކޮށްގެންވެސް ކާން ވަރަށްމީރު މަހެކެވެ. 

 

ނޯޓް: މައުލޫމާތު ނަގައިފައިވަނީ އެމެރިކަން އެކްސްޕެޑިޝަން.

+1
0
+1
2
+1
2
+1
2
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް