November 22, 2024 22:33
Advertisement

-Advertisement-

ޕާސްތާ ބޭނުންކޮށްގެން ތައްޔާރުކުރެވިދާނެ މީރު ސެލެޑެއް

ޕާސްތާ ސެލެޑްގައި ބޭނުންކުރުމަށް ފުރަތަމަ ޑްރެސިންގ ތައްޔާރު ކުރާނެގޮތް ހިމަނާލާނަމެވެ. ބޭނުންނަމަ ތައްޔާރީ ޑްރެސިންގ އެއްވެސް ބޭނުން ކުރެވިދާނެއެވެ.

ޑްރެސިންގ ތައްޔާރުކުރަން ބޭނުންވާތަކެތި:

1/2 ޖޯޑް އެކްސްޓްރާ ވަރޖިން އޮލިވް އޮއިލް

Advertisement

3 މޭޒުމަތީ ސަމުސާ ވައިޓް ވިނެގަރ ނުވަތަ އާދައިގެ ވިނެގަރ

1/4 ޕާމޭސަން ޗީޒް (ހިމުންކޮށް ގާނާފައި)

1 މޭޒުމަތީ ސަމުސާ މަޔޮނައިޒް

1 ސައިސަމުސާ ހަކުރު

1 ލޮނުމެދު (ގާނާފައި)

1/2 ސައިސަމުސާ އޮރިގާނޯ (ހިއްކާފައި)

1/2 ސައިސަމުސާ ޕާސްލީ (ހިއްކާފައި)

1/2 ސައިސަމުސާ ބެސިލް (ހިއްކާފައި)

ލޮނު (ރަހަލާވަރަށް)

1/2 ސައިސަމުސާ މުގުރި އަސޭމިރުސް

މިހުރިހާ ބާވަތެއް ފުޅިއަކަށް އަޅާފައި އެއްކޮށްލާށެވެ. ރަނގަޅަށް އެކުވުމުން ފުޅީގެ މަތި ބާރުކޮށްލާފައި އައިސް އަލަމާރީގައި ބަހައްޓައިގެން ބޭނުން ކުރެވޭނެއެވެ.

ޕާސްތާ ސެލެޑް ހެދުމަށް ބޭނުންވާތަކެތި:

220 ގްރާމް ޕާސްތާ

170 ގްރާމް ލަންޗަން މީޓް ނުވަތަ މަސްދަޅު

280 ގްރާމް ޗެރީ ޓޮމާޓޯ ކޮށާފައި

1/2 ޖޯޑް ކިއުކަންބަރ (ކޮށާފައި)

1/2 ފިޔާ (ހަތަރެސްކަނަށް ކޮށާފައި)

220 ގްރާމް މޮޒެރައްލާ ޗީޒް (ހަތަރެސްކަނަށް ކޮށާފަ)

1/2 ޖޯޑު ޒައިތޫނި (އޮށް ނަގާފައި)

1/2 ބޮޑު މިރުސް (ރަތްކުލަ)

1/3 ޕާސްލީ ފަތް

1 ޖޯޑް ޑްރެސިންގ (ކުރިން ތައްޔާރުކުރި)

ފުރަތަމަ ޕާސްތާތައް ލޮނު އަޅައިގެން މަޑުކޮށްލުމަށްފަހު ފެން ހިއްކާލުމަށް ތައްޓަކަށް އަޅާފައި ބަހައްޓާށެވެ. ދެން ބާކީހުރި ހުރިހާއެއްޗެއް ކޮށާލުމަށްފަހު ތައްޔާރުކުރި ޑްރެސިންގ އަޅައިގެން އެއްކޮށްލާށެވެ. މިޕާސްތާ ސެލެޑަކީ ވަރަށް ފައިދާހުރި ވަރަށްމީރު ސެލެޑެކެވެ.

+1
0
+1
1
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް