November 22, 2024 22:45
Advertisement

-Advertisement-

ހާދިސާ: ކަށިމަނިކުގެ ފޮނިކެނޑުން

ކަށިވެލިފުށީ ނޫމުރަކަ ކަށިމަނިކަކީ ވިޔަފާރިވެރި ސާދާގަރެކެވެ. އޭނާއަކީ އޭނާގެ ވާހަކަ ދެއްކުމުގައި ފޮނިކަނޑައިއުޅޭ މީހެކެވެ. އޭނާގެ ރަޙްމަތްތެރި ކަބީރު މިކަމާ ވަރަށް ކަންބޮޑުވެއެވެ.

އެއްފަހަރަކު ވިޔަފާރިވެރިންގެ ސަމިޓަކަށް ކަށިމަނިކަށްވެސް ދައުވަތު ލިބިއްޖެއެވެ. ސަމިޓަށް ދިޔައީ ރަޙްމަތްތެރި ކަބީރާއެކުގައެވެ. ސަމިޓަށް ދިޔަ މަގުމަތީގައި ކަށިމަނިކާ މުޙާތަބުކޮށް ރަޙްމަތްތެރި ކަބީރު ބުންޏެވެ. ރަޙްމަތްތެރިޔާއެވެ. ތިމަންނަ ވަރަށް ދެރަވެ ލަދުގަންނަ ސިފައެއް ކަށިމަނިކުގެ ކިބައިން ވަރަށް ގިނަފަހަރު ފެނެއެވެ. އެއީ ފޮނިކެނޑުމެވެ. އެއީ ފަހަރުގައި ތިމާ ބޭޒާރުވެދާނެ ކަމެކެވެ. ވީމާ، ތިޔަ ސަމިޓުގައި ވާހަކަ ދައްކާއިރުވެސް އެކަމަށް ސަމާލުވުމަކީ ތިމަންނާގެ ވަރަށްބޮޑު އެދުމެކެވެ. ތިމާގެ މުއްސަނދިކަންވެސް ނުވާވަރަށް ބޮޑުވެ ނުލިބޭހާ މަންފާތަކާއި ނުކުރެވޭހާ މޮޅުކަންތަކުގެ ވާހަކަ ދައްކާކަށް ނުވާނެއެވެ.

ޖަވާބުގައި ކަށިމަނިކު ބުންޏެވެ. އަހަންނަށް ވާގޮތަކީ ވާހަކަ ދައްކާއިރު ފޯރީގައި އެކަހަލަ ވާހަކަ ދެއްކެނީއެވެ. އެކަމަށްޓަކައި ފަހުން ތިމަންނާވެސް ދެރަވެއެވެ. ވުމާއެކު ސަމިޓުގެ ހަފްލާގައި ރަޙްމަތްތެރިޔާ އިންނަވާނީ ތިމަންނަގެ ގާތުގައެވެ. އެކަހަލަ ވާހަކައެއް ތިމަންނައަށް ދެއްކެން ފަށާއިރަށް ރަޙްމަތްތެރިޔާ އަހަރެންގެ ގައިގައި ކޮށްޓާލާށެވެ. އޭރުން ތިމަންނަގެ ވާހަކަ ބަދަލުކޮށްލާނަމެވެ.

Advertisement

ސަމިޓް ފެށުމާއެކު އެކިބާވަތުގެ ވިޔަފާރިވެރިންގެ ވިޔަފާރިއަށް ވަމުންދާގޮތާއި ލިބޭ ފައިދާއާއި ކަންބޮޑުވުންތައް ވަރަށް ތަފްސީލުކޮށް ހާމަކުރަމުންގޮސް ކަށިމަނިކަށް ޕްރޮގްރާމް ތަންދީފިއެވެ.

ކަށިމަނިކުގެ ވާހަކައިގައި އޭނާގެ ވިޔަފާރި ކުރިއަރަމުންދާ މިންވަރު ހާމަކުރަމުން ގެންދިޔައެވެ. އެތަކެއް ފިހާރައާއި ބޯޓު ފަހަރާ ކުންފުނިތައް ހިންގާ ވާހަކަ ދައްކަމުން ބުނެފިއެވެ. އެއްހާސް މީޓަރުގެ ފިނިފެންމާ ބަގީޗާއެއްވެސް ތިމަންނާގެ އޮންނާނެއެވެ. މިހެން ބުނުމުން ސަމިޓުގެ ބައިވެރިން ސިއްސައިގެންގޮސް މީނައާއި ދިމާއަށް ނަޒަރު ހުއްޓާލިއެވެ. އެވަގުތު ރަޙްމަތްތެރިޔާ މަނިކު ގައިގައި ކޮށްޓާލިއެވެ. ހަމަ އެހިނދު ކަށިމަނިކު ބުންޏެވެ. ބޭފުޅުންނޭވެ، މިކަމާ ޙައިރާންވާނެ ކަމެއް ނެތެވެ. އެބަގީޗާގެ ދިގުމިން އެހާވަރަށް ހުއްޓަސް ފުޅާމިން އެނގިވަޑައިގަންނަވާތޯއެވެ. ފުޅާމިނަކީ ހަމަ އެންމެ އިންޗިއެކެވެ.

އެހާތަނުން ސަމިޓުގެ ބައިވެރިން ރުޅިއައިސް އަޑުގަދަކޮށް ކަށިމަނިކަކީ މޮޔައެއްކަމަށް ނިންމައި އޭނާ ސަމިޓް ޙަފްލާއިން  ބޭރުކޮށްލައިފިއެވެ. ރަޙްމަތްތެރިޔާ ވަރަށް ދެރަވެފައި ކަށިމަނިކާ މުޙާތަބުކޮށް ބުންޏެވެ. ތިޔަކުރީ ކީއްހެއްޔެވެ؟ ތިމަންނަ އަބަދުވެސް ބުނަނީ އެވާހަކައެވެ.

ކަށިމަނިކު ބުންޏެވެ. ތިމަންނަގެ ވާހަކަ އެހިސާބަށް ދިޔަތަނާ ރަޙްމަތްތެރިޔާ ކޮށްޓާލީމާ ތިމަންނައަށް ވިސްނިގެން ވާހަކައިގެ މިސްރާބު ބަދަލުކޮށްލީއެވެ. ރަޙްމަތްތެރިޔާ ބުންޏެވެ. އެކަމަކު ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއަސް ދައްކަން ވާނީ ސަލާމަތް ބުއްދި ގަބޫލުކުރާ ވާހަކައެވެ. އެހެންވީމާ މީހާގެ އަގުވެއްޓި ލިބިއޮތް ގަދަރާއި ޝަރަފް ގެއްލިދިޔައީއެވެ. ދެން ކުރާނެކަމެއް ނެތެވެ. ގެއްލިދިޔަ ފުރުސަތެއް އަނބުރައެއް ނާންނާނެއެވެ. ކަށިމަނިކު ބޭޒާރުވެނިމުނީއެވެ.

+1
1
+1
3
+1
3
+1
4
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް