November 22, 2024 23:17
Advertisement

-Advertisement-

އޮރެންޖުގެ ތޮށި އިސްރާފުކުރުމުގެ ބަދަލުގަ ހިފިދާނެ ބޭނުންތައް

އޮރެންޖުގެ މީރު ވަހަކީ ކޮންމެ މީހަކުވެސް ގަޔާވާކަހަލަ ވަހެކެވެ. އޮރެންޖު ޖޫހުން އެގެނެސްދޭ ހިތްހަމަޖެހުމާއި ކަރުހިއްކާލަ ދިނުން އެހާމެ ފުރިހަމައެވެ. އޮރެންޖަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ ވަރަށް ފަސޭހައިން ލިބޭ މޭވާއެކެވެ. އޮރެންޖުގެ ތޮށިން ކުރެވޭ ބޭނުމަކީ ކޮބައިތޯ ބަލާއިރު އޭގެއިން ކުރެވިދާނެ ވަރަށް ގިނަ ބޭނުންތަކެއް ހުރެއެވެ. އޭގެ ތޮއްޓަކީ ގިނަ މީހުން އުކާލާ އެއްޗެކެވެ. ތިމާވެއްޓާއި ރައްކާތެރި ގޮތެއްގައި މިތޮށި ބޭނުން ކުރެވޭނެ ގޮތްތަކެއް ހުރެއެވެ. އޮރެންޖު ތޮށިން ޚާއްސަކޮށް ގޭތެރޭގައި ބޭނުން ކުރެވިދާނެ ކަންކަން މިލިޔުމުގައި ހިމަނާލާނަމެވެ.

ތަންތަން ސާފުކުރުމަށް އޮރެންޖު ތޮށި ބޭނުންކޮށްގެން ތައްޔާރުކުރެވިދާނެ ސްޕްރޭއެއް:

އޮރެންޖުގެ ތޮށިތައް ބޮޑު ފުޅިއެއް ނުވަތަ ޖާ އެއް ކަހަލަ އެއްޗަކަށް އެޅުމަށްފަހު ވިނެގަރ އަޅާފައި އައިސްއަލަމާރީގައި ބަހައްޓާށެވެ. ކޮންމެ ދެދުވަހުން އެއްދުވަހު އެފުޅި ނެގުމަށްފަހު ހަލުވާލާށެވެ. މިގޮތަށް 2 ނުވަތަ 3 ހަފްތާވަންދެން އައިސްއަލަމާރީގައި ބެހެއްޓުމަށްފަހު އޮރެންޖު ތޮށިތައް އުކާލުމަށްފަހު ފުރާނާލާށެވެ. އެއަށްފަހު ސްޕްރޭކުރާ ކަހަލަ ފުޅިއަކަށް އަޅައިގެން ބަދިގޭގެ ކައުންޓަރުމަތި، ކުޑަދޮރު އަދި ތަޅުންގަޑު ސާފުކުރެވިދާނެއެވެ.

Advertisement

މިސްޕްރޭއިން ގޭތެރެއަށް އެގެނެސްދެނީ ތާޒާ މީރު ވަހެކެވެ. އަދި މިގޮތަށް މިސްޕްރޭ ބޭނުންކުރުމުން ޚަރަދު ކުޑަވެފައި ބާކީވާ އެއްޗަކުން އިތުރު ބޭނުމެއްވެސް ހިފުނީއެވެ.

އޮރެންޖު ތޮށި ބޭނުންކޮށްގެން ސްޕްރޭ ތައްޔާރުކުރަނީ

މެޓަލް އަދި ފަރުނީޗަރުގައި އޮފްކަން ގެނެސްދޭ އެއްޗެއް

އޮރެންޖު ތޮށީގައި ހުންނަ ހުދުބައި އުގުޅާލުމުން ފަރުނީޗަރުގެ އޮފްކަން އިތުރުވެއެވެ. ހަމަ މިގޮތަށް މެޓަލްއިން ހަދާފައިހުންނަ ތަކެތީގައިވެސް ހުދުބައި ހާކާލުމުން އޮފްކަން ގެނެސްދެއެވެ.

ގޭތެރޭގައި މީރުވަސް ދުއްވުމަށް ބޭނުންކުރުން

ފެންއެއްޗެއްގެ ތެރެއަށް އޮރެންޖުގެ ތޮށިއަޅައިގެން ކައްކާލާށެވެ. ކެކިކެކިހުއްޓާ ސަމުސަލެއްގެ މުގުރި ފޮނިތޮށި އަޅާލާށެވެ. އެއަށްފަހު މިފެން ބަދިގެ ނުވަތަ ސިޓިންރޫމުގައި ބެއްޓުމުން ވަރަށް މީރުވަސް ދުވާނެއެވެ.

ކުނިއަޅާ ޑަސްޓްބިން ސާފުކުރުމަށް ބޭނުންކުރެވިދާނެ އެއްޗެއް

ކުނިއަޅާފައި ހުންނަ ޑަސްޓްބިން ކަހަލަ އެއްޗެހީގައި ވަރަށް ނުބައިވަސް ހަރުލާފައި ހުރެއެވެ. އޯމޯ ކަހަލަ އެއްޗެހި ލައިގެން ދޮވުނު ކަމުގައިވިޔަސް ވަސް ކަނޑުވަން ވަރަށް އުދަގުލެވެ. ނަމަވެސް އޮރެންޖުގެ ތޮށި އައިސްކިއުބު އަޅާ ޓްރޭއަކަށް އަޅައިގެން ފެނާއެކު ގަނޑުކޮށްލާށެވެ. އޭރުން ހުންނާނީ އޮރެންޖު ތޮށި އެކުވެގެން އައިސްކިއުބު ހެދިފައެވެ. މި އައިސްކިއުބު ބޭނުންކޮށްގެން ޑަސްޓްބިން ސާފު ކުރުމުން އޭގައި ހަރުލާފައި ހުންނަ ނުބައިވަސް ކެނޑިގެންދެއެވެ.

އޮރެންޖު ތޮށި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އައިސްކިއުބް

އަލަމާރީގައި މީރުވަސް ދުއްވުމަށް ބޭނުންކުރުން

އޮރެންޖުތޮށި ހިއްކުމަށްފަހު ކުޑަކޮށް މުގުރާލާށެވެ. އެއަށްފަހު މީރުވަސްދުވާ މަލެއް ހިއްކާލުމަށްފަހު އެމަލާއެކު ވަރަށް ލޯވަޅު ތުނިކޮށް ހުންނަ ދާ ކޮޅަކަށްލުމަށްފަހު ރިބަންކޮޅަކުން އައްސާލާށެވެ. އެއަށްފަހު އަލަމާރީގައި ހެދުންތައް ކައިރީގައި އެލުވާލާށެވެ. މިގޮތަށް ހެދުމުން ހެދުންތަކުގައި މީރުވަސް ހިފާނެއެވެ.

މިގޮތަށް ތައްޔާރުކުރުމަށްފަހު އަލަމާރީގައި ބެހެއްޓިދާނެ

އޮރެންޖު ތޮށި ބޭނުންކޮށްގެން އުއްބައްތި ހެދުން:

އޮރެންޖުގެ ތޮށި ވަށްބުރަކަށް ވާގޮތަށް މަށާލާށެވެ. އެއަށްފަހު މެދަށްވާހެން ކަރުގަނޑެއް ހަދާލާށެވެ. އޭގެތެރެއަށް ޒައިތޫނިތެޔޮ އެޅުމަށްފަހު ރޯކޮށްލާށެވެ. ގޭތެރެއަށް އެގެނެސްދެނީ ވަރަށްމީރު ވަހެކެވެ.

 

މައުލޫމާތު އަދި ފޮޓޯ: ވުމެންސްވާލްޑް، ހޯމްސްޓެޑް ސަވައިވަލްސައިޓް

+1
4
+1
8
+1
0
+1
0
+1
4
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް