ބޭނުންވާތަކެތި:
2 އެވަކާޑޯ
½ ލުނބޯގެ ޖޫސް
1 ލޮނުމެދު
¼ ޖޯޑު ސިލަންޓްރޯފަތް ނުވަތަ ޕާސްލީފަތް
¼ ޖޯޑު ފެން
ލޮނު އަދި މުގުރި އަސޭމިރުސް (ރަހަލާވަރަށް)
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ އެވަކާޑޯ މިކްސްޗަރަށް އެޅުމަށްފަހު ލުނބޯ ޖޫސް، ލޮނުމެދު އަދި ސިލަންޓްރޯފަތްކޮޅު އަޅައިގެން ރަނގަޅަށް މިކްސްޗަރުގައި ގިރާލާށެވެ. އެއަށްފަހު ފެން އަޅައިގެން އެއްކުރަމުން ގެންދާށެވެ. ފެން އަޅަމުންދާއިރު މަދުމަދުން ފަހަރަކު ސަމުސަލެއް އަޅަމުން ގެންދާށެވެ. އެއްފަހަރާ އެޅުމުން މާބޮޑަށް ދިޔާވެދާނެއެވެ. ރަނގަޅަށް ކްރީމީކޮށް ހުންނަވަރަށް ފެންއަޅައިގެން އެއްކުރުމަށްފަހު ލޮނު އަދި އަސޭމިރުސް އަޅާލުމަށްފަހު ރަހަ ހެޔޮވަރުކޮށްލާށެވެ. މިޑްރެސިން އައިސްއަލަމާރީގައި ބަހައްޓައިގެން ބޭނުންކުރެވިދާނެއެވެ.
މިލިޔުން ކިޔާލުމުން
+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0