October 6, 2024 14:19
Advertisement

-Advertisement-

އެއްގެއިން އަނެއްގެއަށް ހަރާކާތުގެތެރެއިން. ފޮޓޯ: އެޗްޑީސީ

އެއްގެއިން އަނެއްގެއަށް: އެހީތެރިވުމަށް ކުރިއަށްގެންދެވޭ މުހިންމު ހަރަކާތެއް!

ޒަމާނުއްސުރެ ދިވެހިންނަކީ އެއްބަޔަކު އަނެއްބަޔަކަށް އެހީވުމުގައި ނަމޫނާ ބައެކެވެ. ރޯދަމަހާއި ދިމާކޮށް ގޭގައި ގެންގުޅޭ ބައެއް ސާމާނު އާކޮށްލުމަކީ ދިވެހިންގެ އާދައެކެވެ. އެގޮތަށް އަލަށް ތަކެތި ގަންނައިރު ކުރިން ގެންގުޅުނު ތަކެތި ހިލޭސާބަހަށް ބޭނުންޖެހިފައިވާ މީހުންނަށް ދޭ މީހުން އުޅުނަސް ބައެއް މީހުން އެފަދަ ތަކެތި ކުޑައަގެއްގައި ދަނީ ވިއްކަމުންނެވެ.

ކޮވިޑުގެ ދުވަސްވަރު އެކަށީގެންވާ އާމްދަނީއެއް ނުލިބި ގެއަށް ކޮންމެހެން ބޭނުންވާތަކެތި ނުގަނެވޭ ހާލަތުގައި ތިބި މީހުންވެސް އެބައުޅެއެވެ. މިފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެކި ފަރާތްތަކުން ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ހުޅުމާލޭގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުން އަންނައިރު، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ 'އެއްގެއިން އަނެއްގެއަށް' ނަމުގައި ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ މިމަހުގެ 24 ވަނަ ދުވަހުން 26 ވަނަ ދުވަހުގެ ދޭއްޖެހުމާއި ހަމައަށެވެ.

Advertisement

ހުޅުމާލޭގެ ރުއްގަނޑު 1 އަދި 2 ގައި ކުރިއަށްގެންދިޔަ މިކެމްޕޭނުގައި ފަރުނީޗަރާއި ގޭގައި ހިފާގެންގުޅޭ ތަކެތި ގެނައުމާއި ގެންދިއުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލިއިރު، މިހަރަކާތަށް ވަނީ އާންމުންގެ ތަރުހީބު ލިބިފައެވެ. މި ސަރަހައްދުގައި ބަހައްޓާފަހުރި މޭޒުތަކުގައި ތެލި، ތަށި، ހުސްފުޅި، ކަރަންޓް ސާމާނު، އަދި ވަށިގަނޑު ފަދަ ތަފާތު ތަކެތި ބަހައްޓާފަ ހުރިއިރު ބޭނުންބަޔަކަށް އެތަކެތި ދިން މަންޒަރު ވަނީ ފެނިފައެވެ. މިފަދަ ތަކެތި ގެންދިޔަ މީހުންގެ މޫނުމަތިން ފެނިގެންދިޔައީ އުފާވެރިކަމެވެ.

ހުޅުމާލޭގައި ކުރިއަށްގެންދިޔަ އެއްގެއިން އަނެއްގެއަށް ހަރަކާތުގެ ތެރެއިން

އެއްގެއިން އަނެއްގެއަށް ހަރަކާތް މުހިންމުވަނީ ކީއްވެ؟

ކޮންމެ ރަށެއްގައިވެސް މިފަދަ ހަރަކާތެއް ކުރިއަށް ގެންދެވިދާނެއެވެ. މިގޮތަށް ހަރަކާތެއް ކުރިއަށްގެންދިއުމުން އެ ހޯދައިދެވެނީ ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރަނގަޅު ފުރުސަތެކެވެ.

މިގޮތަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ސަބަބުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވުމުގެ ހިތްހަމަޖެހުން ލިބި އިސްރާފު ކުރުން މަދުވެއެވެ.

ބޭނުންބަޔަކަށް ދިނުމަށް ބަހައްޓާފަހުރި ތަކެތި

ބޭނުންކޮށްފައި ހުންނަ ތަކެތި އެހެންމީހަކު ބޭނުން ނުކުރާނެކަމަށް އުކާނުލާށެވެ. އޭގެ ބޭނުން ކޮންމެވެސް ސިފައެއްގައި ކުރަން ބޭނުންވާ ބަޔަކު އުޅެދާނެއެވެ. 'އެއްގެއިން އަނެއްގެއަށް' ފަދަ ހަރަކާތެއް ދިރިއުޅޭ ރަށުގައި ކުރިއަށް ނުގެންދާނަމަ ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް މިފަދަތަކެތި ބޭނުންވާ މީހަކު ހުރިތޯ ބެލިދާނެއެވެ. ބޭނުމަކީ އިސްރާފުކުރުން މަދުކޮށް ބޭނުންޖެހިފައިވާ މީހަކަށް އެހީތެރިވުމެވެ.

+1
0
+1
2
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް