November 23, 2024 06:33
Advertisement

-Advertisement-

ހުވަދުއަތޮޅުގެ ޚާއްސަ ފާލީކަނދި

ބޭނުންވާތަކެތި:

1 ޖޯޑު ފުށް

½ ޖޯޑު ހަކުރު (ފޮނިރަހަދޭ ވަރަށް)

Advertisement

½ ޖޯޑު ކާށިކިރު

ރާނބާފަތް (2 އިންޗީގެ 5 ފަތްކޮޅު)

8 ކާފޫރުތޮޅި

1 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް:

ފެން ހޫނުކުރުމަށްފަހު އެފެން ބޭނުންކޮށްގެން ފުށް މޮޑެލާށެވެ. ފުށްގަނޑު މޮޑޭނީ ވަރަށް ހަރުކޮށެވެ. އެއަށްފަހު ރޮށިގޮތަށް ދަމާލުމަށްފަހު ހިމަދިގުކޮށް ކަފާލާށެވެ. އަދި ކުދިކުދި އެތިއެތިކޮޅަށް ½ އިންޗިއެއްހާ މިންވަރަށް ބުރިކޮށްލާށެވެ. ދެއިނގިލި ބޭނުންކޮށްގެން ކަފާލި ފުށްކޮޅު ހިމަކޮށް ހުންނަގޮތަށް ވަށްކޮށްލާށެވެ.

ފާލީކަނދި ކެއްކުމަށް ފުށް ތައްޔާރުކޮށްފަ

ތެއްޔަކަށް ފެން އެޅުމަށްފަހު ކައްކަން އުދާށެވެ. ފެން ކެކެން ފެށުމުން ތައްޔާރުކުރި ފުށްކޮޅު އެއަށް އަޅާށެވެ. އަދި ރާނބާފަތް، ކާފޫރުތޮޅި، ހަކުރު އެޅުމަށްފަހު ދޭފަތުން އެއްކުރަމުން ކައްކާށެވެ. އޮލަކޮށް ބެހެއްޓުމަށް 1 މޭޒުމަތީ ސަމުސާގެ ފުށް ކުޑަފެންފޮދެއްގައި ގިރާލުމަށްފަހު އަޅާށެވެ. ފުށް ރޯފިލުމުން ކާށި ކިރު އަޅާފަ އިރުކޮޅަކު ކައްކާފަ އުނދުންމަތިން ބާލާށެވެ.

ހުވަދުއަތޮޅުގެ ބައެއް ރަށްރަށުގެ މީހުން މި ކަންޖަށް 'ފާބަތެފެނެ' ކިޔާއުޅޭއިރު ބައެއް ރަށްރަށުގެ މީހުން 'ފާލީކަނދި' ކިޔައެވެ. މިއީ ކުޑައިރުއްސުރެ ވަރަށް މީރު ކެއުމެކެވެ. ބައެއް މީހުން މިކަނދި ކުޑަކޮށް ހޫނުކޮށް ހުންނައިރު ކެއުމަށް ބޭނުންކުރާއިރު އަނެއް ބަޔަކު ބޭނުންކުރަނީ އައިސްއަލަމާރީގައި ފިނިކޮށްގެންނެވެ.

+1
0
+1
18
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް