November 23, 2024 01:27
Advertisement

-Advertisement-

ވިހި އަހަރު ފަހުން ބައްޕައާއި ދިމާވީ ޓްވިޓަރ މެދުވެރިކޮށް

ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ އާއެކު ދިރިއުޅުން ހޭދަކުރަން ބޭނުންވާނެ ކުއްޖެކެވެ. ނަމަވެސް އެނަސީބަކީ ހުރިހާ ކުދިންނަށް ލިބޭ ނަސީބެއް ނޫނެވެ. މެލޭޝިއާގެ ސަބާއަށް އުފަން ސިންތާ ނަމަކަށް ކިޔާ މިކުއްޖާއަކީ އޭނާގެ ބައްޕަގެ ލޯބިން މަހްރޫމުވެފައިވާ ކުއްޖެކެވެ. އޭނާގެ އަބަދުވެސް އުއްމީދެއް އޮވެއެވެ. އެއީ ކޮންމެވެސް ދުވަހަކުން އޭނާގެ ބައްޕައާއި ބައްދަލުވާނެ ކަމުގެ އުއްމީދެވެ.

މިގޮތުން އޭނާގެ ބައްޕަ ހޯދަން ޓްވިޓަރ މެދުވެރިކޮށް ކުރެވުނު މަސައްކަތްވީ ހީވެސް ނުކުރާހާ ކާމިޔާބު މަސައްކަތަކަށެވެ. އޭނާގެ ބައްޕައާއި ބެހޭ މާގިނަ މައުލޫމާތެއް ލިބިފައި ނެތަސް އޭނާގެ ބައްޕަގެ ނަމާއި ނިކްނޭމް އޭނާއަށް އެނގެއެވެ. އޭނާގެ ބައްޕަ ދިރިއުޅެނީ ސަބާގައި ކަމަށް ކޮންމެވެސް ވަރަކަށް އެގިފައިވެސްވެއެވެ. ނަމަވެސް  މަންމައާއި ބައްޕައާއެކު ސިންތާވަނީ މީގެ އެތައް އަހަރެއް ކުރިން ކުއަލަލަމްޕޫރަށް ދިރިއުޅުން ބަދަލުކޮށްފައެވެ. ބައްޕަގެ ހަނދާނަކަށް ހަމައެކަނި އޮތީ ބައްޕައާއެކު ސިންތާ ކުޑައިރު ނަގާފައިވާ ފޮޓޯއެކެވެ. ދެންއޮތީ ބައްޕަގެ ކުރީގެ ޒުވާންއިރުގެ ފޮޓޯއެކެވެ. ސިންތާއާއި އެންމެ ފަހުން ބައްޕައާއި ބައްދަލުވެފައިވަނީ ސިންތާގެ އުމުރުން 2 ނުވަތަ 3 އަހަރުގައި މަންމައާއި ބައްޕަ ވަކިވުމުގެ ކުރިންނެވެ.

ޓްވިޓަރ ގައި ހިއްސާކޮށްފައިވާ ފޮޓޯއެއް

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ސިންތާ ވަނީ އޭނާގެ ބައްޕަ ފެނޭތޯ ފޭސްބުކުންވެސް މަސައްކަތްކޮށްފައެވެ. އެއިރު އޭނާގެ މަސައްކަތް ކާމިޔާބު ނުވީއެވެ. ދެން ސިންތާ ނިންމީ ޓްވިޓަރގައި އެންމެންނަށް ފެންނާނެހެން ބައްޕަގެ ފޮޓޯއާއި އަދި ސިންތާއާއި ސިންތާގެ ބައްޕައާއެކު ކުޑައިރު ނަގާފައިވާ ފޮޓޯވެސް ލުމަށެވެ. 24 ގަޑިއިރުތެރޭގައި 6000 ރީޓްވީޓާއި 8000 ލައިކްސް ލިބި މިޕޯސްޓް ވަރަށްބޮޑަށް ވައިރަލްވެގެން ދިޔައެވެ.

Advertisement

ކުއްލިއަކަށް އެދުވަހު ސިންތާ ނުވެސް ދަންނަ މީހެއްގެ ފަރާތުން ސިންތާގެ ބައްޕަގެ މައުލޫމާތު ލިބި ބައްޕައާއި ސިންތާ ގުޅުވައިދިނެވެ. މިކަންވެގެން ދިޔައީ ސިންތާއަށް ލިބުނު ވަރަށް ބޮޑު ހައިރާން ކަމަކަށެވެ. ސިންތާގެ ބައްޕަގެ ފަރާތުން ސިންތާއަށް ލިބުނީ ވީޑިއޯ ކޯލެކެވެ. ސިންތާ ހުރީ އުފަލުން ބަސްހުއްޓިފައެވެ. އަދި ބައްޕާއޭ ކިޔާލާފައި ގޮވާލަންވެސް ހުރީ ވަރަށް ލަދުންނެވެ. ސިންތާގެ ހިތަށް އަރަމުންދިޔައީ މިއީ ހަމަ ހަގީގަތެއްބާއެވެ. ކޮންމެއަކަސް ގަބޫލުކުރަން ދަތި މިކަން ސިންތާވަނީ ޓްވިޓަރ މެދުވެރިކޮށް ކާމިޔާބުކޮށްފައެވެ.

މިހާރު ސިންތާ ދަނީ ބައްޕައާއި އަދި ބައްޕަގެ އާއިލާ މީހުންނާއި ބައްދަލުކުރުމަށް ސަބާއަށް ދިއުމަށް ދަތުރު ހަދަމުންނެވެ. ސަބާއަކީ މެލޭޝިއާގެ ވެރިރަށާއި ވަކިން އޮންނަ ރަށަކަށް ވާތީ ދާންޖެހެނީވެސް ވައިގެމަގުންނެވެ. ސިންތާގެ އުއްމީދަކީ ވީހާވެސް އަވަހަކަށް ބައްޕައާއި ބައްދަލުވުމެވެ.

+1
0
+1
0
+1
5
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް