September 21, 2024 08:00
Advertisement

-Advertisement-

ޒަރީރުގެ ދަނޑުގައި ހުރި ކެޔޮގަސްތަކަކަށް ގެއްލުން ލިބިފަ

ފޮޓޯ: ވިއްސާރައިގަ ކާށިދޫ ފަތްކެޔޮ ދަނޑަކަށް ބޮޑެތި ގެއްލުންތަކެއް!

ކ.ކާށިދޫގަ ފުޅާދާއިރާއެއްގައި ފަތްކެޔޮ ހައްދަމުން އަންނަ ހަސަން ޒަރީރުގެ ފަތްކެޔޮ ދަނޑަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ ރެއާއި މިއަދު އެކަނި ވަނީ ޒަރީރުގެ ދަނޑުގައި ހުރި 200 އަށް ވުރެ ގިނަ ފަތްކެޔޮ ގަސް ވެއްޓިފައެވެ.

" 270 ވަރަކަށް ވަޅުގަ ވަނީ ފަތްކެޔޮ ގަސް ހައްދާފަ. އެކި ވަޅުގަ ހުންނަނީ އެކި އަދަދަށް ގަސް ހައްދާފަ. ގިނަ ވާނީ ނިރު. ވަޅެއްގައި 4 ގަހާއި 10 ގަހާއި ދެމެދުގެ އަދަދަކަށް ހުންނާނެ. ކެޔޮގަނޑު ހުރި ގަސްތައް ވެސް ބިންދައިގެން ދިއުމުން މިއީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް. ވިއްސާރައާހުރެ ލިބުނު ގެއްލުމުގެ ޖުމްލަ ތަފްސީލް ބަލާލަން އަދި ދަތި". ޒަރީރު މައުލޫމާތު ދިނެވެ.

ކެޔޮގަނޑެއް އާންމުކޮށް ވިއްކަނީ 150 ރުފިޔާ އާއި 180 ރުފިޔާ އާއި ދެމެދުގެ އަދަދަކަށެވެ. އަދި 15 ރުފިޔާ އާއި 18 ރުފިޔާ އަށް ކެޔޮ ކިލޯއެއް ދަނީ ވިއްކަމުންނެވެ. މި ވިއްސާރައިގައި ކާށިދޫގެ އިތުރުން ބައެއް އެހެން ރަށްރަށުގެ ދަނޑުވެރިންނަށް ވެސް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

Advertisement
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
4

Advertisement

ގުޅުންހުރި ލިޔުންތައް