November 23, 2024 11:55
Advertisement

-Advertisement-

ސްމާރޓް ހޯމް ސެކިއުރިޓީ ސިސްޓަމްގެ މުހިއްމުކަން އެނގޭތަ؟

ޒަމާނަށް އަންނަ ބަދަލުތަކާއެކު ރައްކާތެރިކަމަށް ވިސްނާނަމަ ސްމާރޓް ހޯމް ސެކިއުރިޓީ ސިސްޓަމެއް ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ގެއިން ބޭރުގައި އުޅުނު ނަމަވެސް ގެއަށް ވަދެ ނުކުމެ އުޅޭ މީހުންނާއި ގޭގައި ހިނގާ ކަންކަން ބެލޭނެ ގޮތްތައް އެބަހުއްޓެވެ.

ގެއެއްގެ ރައްކާތެރިކަމަށްޓަކައި ގޭގައި ސީސީޓީވީ ކެމެރާ، އެލާމްސް، ސްމޯކް ޑިޓެކްޓަރ ހުރުން މުހިއްމެވެ. ކޮންމެ ފަދަ ހާލަތެއްގައި ކޮންމެފަދަ ހާދިސާއެއްވެސް ހިނގާފާނެ ކަމަށްޓަކައި ރައްކާތެރިވުމަކީ ވަރަށް މުހިއްމުކަމެކެވެ.

ބައެއް މީހުން ވިސްނާގޮތުގައި ސްމާރޓް ހޯމް ސެކިރުޓީ ސިސްޓަމެއް ހަރުކުރުމަކީ ފުދޭވަރެއްގެ ހަރަދެއް ހިނގާނެކަމެކެވެ. ތިމާގެ އަމިއްލަ ގެއާއި މުދަލާއި ދަރިންނާއި އާއިލާ ރައްކާތެރިކޮށް ތިބުމަށް ބޭނުންނުވާނީ ކާކުތޯއެވެ.

Advertisement

ފުރަތަމަ ބޮޑު ހަރަދެއް ކުރަންޖެހުނަސް މިކަމަކީ ރައްކާތެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ކަމެކެވެ. މިކަމުގެ ސަބަބުން ގެއިން ބޭރުގައި އުޅުނުކަމުގައިވީނަމަވެސް ހިތަށް ގެނެސްދޭ ހިތްހަމަޖެހުމާއި ނުތަނަވަސްކަން ކުޑަވެގެންދެއެވެ.

ސްމާރޓް ހޯމް ސެކިއުރިޓީ ސިސްޓަމެއް ހުރުމުން ލިބޭ ފައިދާތައް:

ގެއިން ބޭރުގައި އުޅޭނަމަ ގޭގައި ތިބޭ ކުދިންނާއި މައިންބަފައިން އުޅޭގޮތް ބެލޭނެގޮތް ހުރުން

ގިނަވަގުތު އޮފީހުގައި އުޅޭނަމަ ގޭގައި ކުދިން އެކަނި ބައިތިއްބާފައި އުޅެންޖެހޭ މައިންބަފައިންވެސް މަދެއްނޫނެވެ. ބައެއްފަހަރު މީހަކާ ހަވާލުކޮށްފައި އޮފީހަށް ދާން ޖެހިލުންވާ މައިން ކުދިން ގޭގައި އެކަނި ބައިތިއްބައެވެ. އެހެންނަމަވެސް މަސައްކަތުގައި އުޅޭވަގުތު ގޭގައި އުޅޭ ކުދިން ދެކިލަން ގެއަށް ދާން ބޭނުންވެއެވެ. މިކަމުގެ ހައްލެއްގެ ގޮތުން ގޭގައި ސެކިރިޓީ ކެމެރާ ހަރުކޮށް ފޯނަށް އެޕްލިކޭޝަން އެޅުމަށްފަހު ގޭގައި ހުންނަ ދަރިފުޅު ކުރާ ކަންކަމާއި އުޅޭގޮތް ފެންނަނަމަ އެލިބެނީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ބައެއް މައިންނަކީ ކުދިން ގޮވައިގެން ގޭގައި އެކަނި އުޅޭ މައިންނަށްވެފައި ކުއްޖާ ނިންދަވާފައި ފިހާރައަކަށް ދާންޖެހިއްޖެނަމަ ސެކިއުރިޓީ ކެމެރާ ހަރުކުރުމުން މިކަމަށް ފަސޭހަވެގެންދެއެވެ. ކުއްޖާ ނިދިފައި އޮއްވާ ހޭލެވިގެން ރޯން ފަށައިފިނަމަ ފޯނުން އޭގެ ސިގްނަލް ލިބި ކުއްޖާއާއި ވާހަކަދެއްކެއެވެ. އޭރުން ކުއްޖާ ބިރުނުގަނެ މަންމަ ނުވަތަ ބައްޕަ އެބައަންނަމޭ ބުނުމުން ކުއްޖާގެ ހިތަށް ހިތްހަމަޖެހުން ލިބިގެންދެއެވެ. 

ވަގުންގެ ނުރައްކަލުން ސަލާމަތްކުރުމަށް

ގެއަށް ވަންނަ ދޮރުގައި އެލާމްވާގޮތަށް ބަހައްޓާފައި ހުންނަނަމަ ވަގެއް ވަންނަން މަސައްކަތްކުރާނަމަ ނުވަތަ ދޮރު ހަލާކުކޮށްގެން ވައްކަންކުރަން އުޅެފިނަމަ އެލާމް އަޅަންފެށުމުން އޭރުން އެސަލާމަތްކުރެވުނީ ތިމާގެ ގެއިން ކިހާ އަގުބޮޑެތި މުދަލެއްތޯއެވެ. ވައްކަން ކުރުމާއި ފޭރުން އާއްމު ޒަމާނެއްގައި ރައްކާތެރިކަމަށްޓަކައި މިގޮތަށް އެލާމްވާގޮތަށް ކެމެރާ ހަރުކޮށްފައި ހުރުން ވަރަށް މުހިއްމެވެ.

އަލިފާނުގެ ހާދިސާއެއް ކުރިމަތިވާނަމަ އެލާމް ވާގޮތަށް ހުރުން

ގޭގައި އުޅޭ ވަގުތެއް ނޫން ނަމަވެސް އަދި އުޅޭ ވަގުތެއްގައި ނަމަވެސް އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ދިމާވާ ނުރައްކާތެރިކަމަކުން ސަލާމަތްވުމަށް 'ސްމޯކް ޑިޓެކްޓަރ' ހަރުކޮށްފައި ހުރުމުން ވަގުތުން އެލާމް އަޅަންފަށައެވެ. މިކަމުގެ ސަބަބުން ވަރަށްބޮޑެތި ނުރައްކަލުން ސަލާމަތްވެގެންދެއެވެ.

އެއްވެސް ދޮރެއް ހުޅުވިފައި ހުރިނަމަ އެލާމްއިން އެކަން އަންގައިދިނުން

ގެއިން ބޭރަށްދާއިރު ބައެއްފަހަރު ކުޑަދޮރު ލައްޕަން ހަނދާން ނުވާނަމަ ސެންސަރ ހަރުކޮށްފައި ހުރުމުގެ ސަބަބުން ފޯނުން އެކަން އަންގައިދެއެވެ. 

+1
0
+1
2
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް