November 23, 2024 03:29
Advertisement

-Advertisement-

ކުއްލި މަރު ގިނަވުން: ތިބާ މަރަށް ތައްޔާރުތަ؟

ފަހަކަށްއައިސް ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ތަފާތު ހާދިސާތަކުގައި މީހުން މަރުވާ ވާހަކަ އަޑު އިވެއެވެ. މީގެތެރޭގައި ކަނޑުމަތީގައާއި އެއްގަމުގައި ހިނގާ އެކްސިޑެންޓްތައް ހިމެނެއެވެ. ނުވަތަ ސިއްޙީ ހާލަތެއް މެދުވެރިވެގެން ކުއްލިއަކަށް މީހުން މަރުވާ އަދަދުވެސް ވަރަށް ގިނައެވެ.

ރޭގަ ކަނޑުމަތީގަ ހިނގި ލޯންޗް ހާދިސާގައި އެވަނީ 2 ޒުވާނުން މަރުވެފައެވެ. އަދި އިއްޔެރޭގައިވެސް ވަނީ ކުއްލިގޮތަކަށް ޒުވާނަކު މަރުވެފައެވެ. އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުގައި މިފަދަ ކުއްލި މަރުތައް ދުވަހެއް ދުވަހަކަށް މިދަނީ ގިނަވަމުންނެވެ. މަރު އެއީ ކޮންމެ އިންސާނަކުވެސް ކުރިމަތިލާންޖެހޭނެ ވަގުތެކެވެ. ނޭނގެނީ މަރުވާނެ ވަގުތެވެ.

" މަރުވުމަށްފަހު ވަނީ ކަށްވަޅުގެ އަޒާބު ކަމެއް ނުވަތަ އެތަނުގައި ވަނީ މުއުމިނުންނަށްވާ ނިޢުމަތްތަކެއް ކަމެއް ނޭނގޭ. އަދި ދާން އޮތީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއަކަށް ކަމެއް ނުވަތަ ނަރަކައިގެ އަލިފާނުގެ ވާދީތަކުގެ ތެރެއިން ވާދީއަކަށް ކަމެއް ނޭނގޭ. ބަލަބަލާ ތިއްބާ އަޅުގަނޑުމެންގެ ގާތް ތިމާގެ މީހުންނާއި ރައްޓެހީންގެ އެތައް ބަޔަކު އެދަނީ މަރުވަމުން. ޒުވާނެއް މުސްކުޅިއެއް ކުޑަކުއްޖެއް ފަރަގު ކުރުމެއް ނެތި. ކޮންމެ ނަފްސަކުވެސް މަރުގެ ރަހަ ދެކޭނެ" އައްޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ލިޔުއްވާފައިވެއެވެ.

Advertisement

އަޅުގަނޑުމެން ވާންވީ އަބަދުވެސް ހެޔޮ އަމަލުމަތީ ދެމިތިބޭ ބަޔަކަށެވެ. ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް ވިސްނާ، އުޅެންވީ ފުރިހަމަ މުސްލިމެއްގެ ގޮތުގައެވެ. މިދުނިޔޭގައި ދިރިއުޅެން ލިބޭ ކޮންމެ ވަގުތަކަށް ވެސް ޝުކުރުވެރިވާށެވެ. 

އަލަށް އުފަންވާ ކުދިން ފެށިގެން އެކި އުމުރުގެ މީހުން އެދަނީ ކޮންމެ ދުވަހަކު މިދުނިޔެ ދޫކުރަމުންނެވެ. އެމަރުތަކުން ޢިބްރަތެއް ހާސިލުކޮށް އަމަލުތައް އިސްލާހުކުރަމާތޯއެވެ. އަދި އަމިއްލަ ނަފްސާ ސުވާލުކޮށް ގޯސްކޮށް ކުރެވެނީ ކޮންކަމެއްކަން ދެނެގަނެ އަމަލުތައް އަވަހަށް އިސްލާހު ނުކޮށްފިނަމަ ވަގުތު ބޭކާރުވުމަކީ އެކަށީގެންވާ ކަމެކެވެ. ދުނިޔެއަކީ ވަގުތީ ތަނެކެވެ. ކުއްލި މަރަކީ އެއްގޮތަކުން ދިރިތިބީންނަށް ދެވޭ އިންޒާރެކެވެ. އަމަލުތައް އިސްލާހުކޮށް ހެޔޮއަމަލުތައް ގިނަކުރާށެވެ.

+1
0
+1
1
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް