November 24, 2024 03:14
Advertisement

-Advertisement-

މަކާއޯ: މިކުޑަ ގައުމުން ގެނެސްދޭ ތަފާތު އިހުސާސްތައް ތަޖުރިބާ ކުރިންތަ؟

މަކާއޯއަކީ "ސައުތު ކޯސްޓް ޗައިނާ" އަދި ހޮންކޮންގްގެ ސައުތުވެސްޓާއި 60 ކިލޯމީޓަރ އިން ގުޅިފައިވާ ވަރަށް ހިތްގައިމު ކުޑަކުޑަ ރީތި ސިޓީއެއް ގޮތަށް އިންނަ ގައުމެކެވެ. ހޮންކޮންގުގެ ބުރިޖަކުން ގުޅާލާފައި އިންނަ މިނަލަ ނަލަ ސިޓީއަކީ ވަރަށް ތަފާތު އިމާރާތްތަކާއި ތަފާތު ތަންތަން ހުންނަ ތަނެކެވެ. ހިތްގައިމުކަމާއި އެއްވަރަށް އުޅެލަންވެސް އެހާމެ ފަސޭހަތަނެކެވެ. މިތަނަކީ އޭޝިއާގެ ލަސް ވެގަސް ވެސް މެއެވެ. ފެރީގައި ދުއްވާލާފައި ޗައިނާއަށްވެސް ދެވެން އޮންނަ މިގައުމުގައި ހިމެނޭ ތަފާތު ތަންތަންވެސް ވަރަށް ގިނައެވެ. ޗައިނީސް އަދި ޕޯޗްގީޒާއި މިދެބައި އެކުވެގެން ހަދާފައިވާ އާކިޓެކްޗަރ މަސައްކަތްތަކަކީ ވަރަށްވެސް ފުރިހަމަ ތަންތަނެވެ. މުއްސަދި ރީތި ހިތްގައިމު ކުޑަ ތަނެއްގެ ގޮތުގައި ހިމެނޭ މިސިޓީއަކީ ކުޑަކުޑަ އާބާދީއެއް އޮންނަ ތަނެކެވެ. މިސިޓީއަކީ މުޅިދުނިޔޭގައި "ޕަރކެޕިޓަރ އިންކަމް" އެންމެ ބޮޑު އެއް ގައުމުވެސްމެއެވެ. މިތަނުގައި ހުރި ތަފާތު ރީތި ތަންތަނާއި ގުޅޭ މައުލޫމާތު މިލިޔުމުގައި ހިމަނާލާނަމެވެ.

ސެނާޑޯ ސްކެއަރ/ ޒީޓައިމްސް ފޮޓޯ: ދޫދަ

ސެނާޑޯ ސްކެއަރ

މިތަނަކީ 1784 ވަނަ އަހަރު އިމާރާތްކުރެވި މިހާރު މަކާއޯ މުނިސިޕަލްޓީގެ ބެލުމުގެ ދަށުގައިވާ ތަނެކެވެ. މިތަނަކީ ވަރަށް ކުރީގެ ވަރަށް އާސާރީތަނެއްގެ ގޮތުގައި އިމާރާތްކުރެވި 1940 ގައި ބަދަލުތަކެއް ގެނެވި އަލުން އިމާރާތްކޮށްފައިވާ ތަނެކެވެ. މިތަނުގައި އިންޓީރިއަރ ހެދުމުގައި ބޭނުންކޮށްފައިވާ ލަކުޑިއަކީ ވަރަށް އަގުބޮޑު އަދި ވަރަށް މަދުން ލިބޭ ވައްތަރެއްގެ ލަކުޑިއެކެވެ. އޭގެ ބައެއް ވައްތަރުތަކަކީ 500 އަހަރުގެ ކުރީގެ ލަކުޑިއެވެ.

Advertisement

މިތަން ރަމުޒުކޮށްދެނީ ޕޯޗްގީޒުންގެ ކޮލޮނިއަލް އާކިޓެކްޗަރ އެއްގެ ގޮތުގައެވެ. މިކަހަލަ ތަފާތު ރީތި އާސާރީތަނެއް ބަލާލަން ލިބުމަކީ ކުރެވޭ ވަރަށްވެސް ހިތްގައިމު ތަޖުރިބާއެކެވެ. މިތަނުގެ ވަށައިގެން އެކިކަހަލަ ޝޮޕިން މޯލްތަކާއި ހިތްގައިމު ރެސްޓޯރެންޓްތައް ހުރުމަކީ މިތަނަށް ޒިޔާރަތްކުރާ މީހުންނަށް ލިބޭ އިތުރު ހިތްހަމަޖެހުމެކެވެ.

ވެނެޓިއަން މަކާއޯ/ ޒީޓައިމްސް ފޮޓޯ: ދޫދަ

ވެނެޓިއަން މަކާއޯ

މިތަނަކީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ވަރަށް ރީތި ރިސޯޓެކެވެ. އިންޓަރނޭޝަނަލް އެއަރޕޯޓާއި 3 ކިލޯ މީޓަރުން އިންނަ މިރިސޯޓަކީ 5 ސްޓަރ ތަނެކެވެ. ބިއްލޫރިން ހަދާފައިވާ ރީތި ދޮރުތަކުން ބޭރު ބަލާލާއިރު ފެންނަން ހުންނަ ހިތްގައިމު މަންޒަރުތަކުން ގެނެސްދޭ އިހްސާސުން ސިފަކޮށްދެނީ އިޓަލީގެ ވެނިސްއެވެ. އެތަނުގައި އެއިންނަ ޝޮޕިންމޯލްތެރޭގައި ހުންނައިރު އެގެނެސްދޭ އިހްސާސްއަކީ ހަމަގައިމުވެސް ވަރަށް ތަފާތު އިހްސާސްއެއް ކަމުގައި އަޅުގަނޑު އެތަނަށް ޒިޔާރަތްކުރި މީހެއްގެ ހައިސިއްޔަތުން ގަބޫލުކުރަމެވެ.

މަކާއޯ ފިޝަމޭންސް ވާފް/ ޒީޓައިމްސް ފޮޓޯ: ދޫދަ

މަކާއޯ ފިޝަމޭންސް ވާފް

މިތަން ފެނުމުން އެންމެ ފުރަތަމަ ހަނދާނަށް އަންނަނީ ރޯމްގެ އިޓަލީގެ ކޮލޯސިއަމްއެވެ. ބަލާބެލުމަށް އެއްވެސް ތަފާތެއް ނެތް މިކޮލޯސިއަމް އިން ގެނެސްދޭ އިހްސާސްވެސް ވަރަށް ހިތްގައިމެވެ. މިތަނުގެ އާކިޓެކްޗަރ އަކީ ވަރަށް ރީތި އާސާރީ ކަން ރަމްޒުކޮށްދޭ ގޮތަށް ހަދާފައިވާ ތަނެކެވެ. ތީމް ޕާކެއްގެ ގޮތަށް ހަދާފައިވާ މިތަން އިމާރާތް ކުރުމަށް 5 އަހަރު ހޭދަވިއެވެ. މިތަނުގެ ބޮޑުމިނަކީ 133000 ސްކެއަރ މީޓަރެވެ. މިތަނުގައި ބޮޑު ކޮންވެންޝަނަލް ސެންޓަރ އަކާއި 70 ސްޓޯރ ވެސް ހުރެއެވެ. އެތެރޭގައި ހޮޓެލްއެއް ހުރެއެވެ. މިތަނަކީ މީޓިންތައް ބޭއްވުމާއި ބޮޑެތި ހަފްލާތައް ބޭއްވުމަށް މަކާއޯގައި ހުރި ބޮޑު އެއްތަނެވެ.

ބެޓްމެން ޑާކް ފުލައިޓް

ބެޓްމެން ޑާކް ފުލައިޓް

މިސްޓޫޑިއޯ އަކީ ހަޔާތުގައި އެއްފަހަރުނަމަވެސް ތަޖުރިބާކޮށްލަން ރަނގަޅު ސްޓޫޑިއޯއެކެވެ. މިތަނުގެ ޚާއްސަކަމަކީ 4ޑީ ސިނަމާއަކަށްވެފައި މިތަނުގައި އިހްސާސްކުރެވޭ ފިނި ވައި ވާރޭ ކަހަލަ ކަންކަމެވެ. މިތަނަކީ އާދަޔާ ޚިލާފު ތަނެއްގެ ގޮތުގައި ސިފަކުރެވިފައިވާ ތަނެއްވެސްމެއެވެ. މިތަން ހުޅުވާފައިވަނީ 2018ވަނަ އަހަރު ފަހުކޮޅުގައެވެ.

ވެނެޓިއަން މަކާއޯ/ ޒީޓައިމްސް ފޮޓޯ: ދޫދަ

ދަޕެރިސިއަން މަކާއޯ

މިތަނަކީ ފްރާންސްގް ޕެރިސްގައި ހުންނަ އެފިލް ޓަވަރގެ އަސްލާއެއްގޮތަށް ހުންނަ ރީތި އިމާރާތެކެވެ. މިއިމާރާތުގެ އޮޕަރޭޝަން މަސައްކަތް ފެށިފައިވަނީ 2016 ވަނއަހަރު ފަހުކޮޅުގައެވެ. މިތަން ރަސްމީކޮށް ހުޅުވައިފައިވަނީ 13 ސެޕްޓެމްބަރ 2016ގައެވެ. ފްރާންސްއަކީ އެހާ ފަސޭހައިން ދަތުރުކޮށްފައިދެވޭ ގައުމަކަށް ނުވާތީ އޭޝިއާގައި ހުންނަ މިރީތި ތަނަށް ޒިޔާރަތްކުރުމަށް މާއުދަގޫކަމަކަށް ނުވާނެއެވެ. ޕެރިސްގެ އެއިހްސާސްކޮށްލަން ބޭނުންނަމަ މިތަނަށް ޒިޔާރަތްކޮށްލުމުން އެހިތްހަމަޖެހުން ލިބިގެންދާނެ ކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ.

ހޮންކޮންގުން މަކާއޯއަށް ދެވެން އޮންނަ ބްރިޖަކީ ވަރަށް ހިތްގައިމު ރީތި ބުރިޖެކެވެ. އެބުރިޖުގައި ދުއްވާލާފައި ގޮސް ފެރީގައި ދަތުރުކޮށްފައި 1 ދުވަހުގެ ދަތުރަކުން ވަރަށް ގިނަ ތަންތަން ބަލާލެވެއެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް