November 23, 2024 07:35
Advertisement

-Advertisement-

އިސްކޮޅުގައި 3 ފޫޓު: ހިތްވަރާއެކު ޑޮކްޓަރ އަކަށް ވުމަށް ކިޔެވުމުގަ

ކޮންމެ އިންސާނެއްވެސް ދިރިއުޅުމުގައި އުއްމީދުތަކެއް ކުރާނެއެވެ. ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ހުންނާނެއެވެ. ދުނިޔޭގައި ދިގު ރާސްތާއަކަށް ދަތުރު ކުރަމުންވެސް ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބާއި ހަމައަށް ވާސިލްވުމަކީ އުދަގޫ ކަމަކަށް ނުވާނެއެވެ. މިގޮތުން އިންޑިއާގެ ގުޖުރާތަށް އުފަން އުމުރުން އެންމެ 17 އަހަރުގެ ގަނޭޝް ބަރައިއާއަކީ އިސްކޮޅުގައި 3 ފޫޓު ހުންނަ މީހެކެވެ. އުފެދުމުގައި ހެދިބޮޑުވުން ލަސްވާތީ މީނާގެ މަންމަ އާއި ބައްޕަ ކުޑަކުދިންގެ ޑޮކްޓަރަކަށް ދެއްކުމުން އެނގުނީ 'ޑްވަރފިޒަމް' ކިޔާ ބައްޔެއް ހުންނަކަމެވެ.

ކުޑައިރު ވަރަށް ބޮޑަށް ބަލިވެ އެތައް ފަހަރެއްގެ މަތިން އެޑްމިޓްކޮށް ފަރުވާ ދެވުނެވެ. މިމީހާއަކީ އިސްކޮޅުން ކުރުވުމުގެ ސަބަބުން އޭނާގެ އުއްމީދު ހާސިލު ކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވި މީހެކެވެ. އޭނާގެ އެންމެ ބޮޑު އުއްމީދަކަށްވީ ޑޮކްޓަރަކަށް ވުމަށް ކިޔަވަން ފުރުސަތު ލިބުމެވެ.

ގަނޭޝް އޭނާގެ ރަހުމަތްތެރިންނާއެކު

މެޑިކަލް ސްކޫލުތަކަށް ފޯމު ހުށަހެޅުމުން ކޮންމެ ތަނަކުންވެސް ރިޖެކްޓްކޮށްލައެވެ. ކިޔަވަން ބޭނުންވާ ޓެސްޓުން ފާސްވެ ހުރިހާ ޝަރުތެއް ފުރިހަމަވިނަމަވެސް އެފުރުސަތު އޭނާއަށް ލިބުންވީ ވަރަށް އުދަގޫކަމަކަށެވެ. އޭނާގެ މަންމަ 'ދެވުބެން' އަދި ބައްޕަ 'ވިތަލްބައި' ބަރްއޫގެ ހިތްވަރުވެސް ވަކިން ކުޑައެއްނޫނެވެ.

Advertisement

ގަނޭޝްގެ ބައްޕަ ގަނޭޝްގޮވައިގެން ބުރަކަށިމަތީގައި ސްކޫލަށް ގެންދާ ގެންދިއުމުންވެސް ސާބިތުކޮށްދެނީ ގަނޭޝްދެކެ ވާލޯތްބެވެ. ގަނޭޝް އަކީ ކިޔެވުމަށް ލޯބިކުރާ ކުއްޖަކަށްވެފައި އޭނާގެ ވިސްނުންތޫނުކަން އެނގުމުން އޭނާގެ މައިންބަފައިންނަށްވެސް ހިތްވަރު ލިބެން ފެށިއެވެ. ބައެއް ކުދިންގެ ފަރާތުން ސްކޫލުގައި މަލާމާތާއި ފުރައްސާރަ ލިބުނު ކަމުގައިވީނަމަވެސް، އަނެއްބައި ކުދިންގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ދިޔައެވެ.

ބައެއް ކުދިން ސްކޫލުގައި އޭނާގެ ދަބަސް އުފުއްލައިދީ ފާޚާނާއަށް ދިއުމުގައިވެސް އެހީތެރިވެދީ ހަދައެވެ. އޭނާއަކީ އިސްކޮޅުން ކުރުވުމުގެ ސަބަބުން ހިނގުމުގައިވެސް އުދަގޫތަކެއް ހުންނަ މީހެކެވެ. ގަނޭޝްގެ ސްކޫލުގެ ޕްރިންސިޕަލް ޑަލްޕަޓް ކަޓަރިއާގެ އެހީގައި މެޑިކަލް ސްކޫލަކަށް ވަންނަން ފުރުސަތު ލިބުނެވެ. ނަމަވެސް އިންޑިއާގެ މެޑިކަލް ސްކޫލުން ގަނޭޝްގެ ހާލަތު އެނގުމުން ޑޮކްޓަރުކަން ކިޔެވުމާއިގެން ކުރިއަށް ދިއުމަށް ހުރަސްއެޅިއެވެ. މިކަމުގައި ސްޕްރީމް ކޯޓަށްގޮސް 4000 ޕައުންޑް ޚަރަދުކޮށް އެކަމުން އަރައިގަނެވުނީ ކަޓަރިއާގެ މަސައްކަތުންނެވެ. ހުރިހާ ކަމަކަށް ޚަރަދުކޮށް ކިޔެވުމަށާއި ކޯސް ފީވެސް ދައްކައިދިނީ އޭނާއެވެ.

ގަނޭޝްގެ ކިޔެވުމަށް އެހީތެރިކަން ފޯރުކޮށްދޭ މީހުން

ގަނޭޝްގެ ކިޔެވުމާއި ވިސްނުން ތޫނުކަން ފެނިފައި ކަޓަރިއާ ވަރަށް ހިތްހަމަޖެހި އެކަމުގައި ވެވެން އޮތް ހުރިހާ އެހީއެއް ވާން ނިންމިއެވެ. އޭނާ ބުނާގޮތުގައި ގަނޭޝްއަކީ އެމީހުންގެ ދެވަނަ ދަރިފުޅު ކަމުގައިދެކުނެވެ. ހުރިހާ އުދަގޫތަކަކާއެކު ސްޕްރީމް ކޯޓުން އެމައްސަލަ ބެލުމަށްފަހު ގަނޭޝް އާއި އެެއްކޮޅަށް އެކަން ނިމުނެވެ. ގަނޭޝްގެ އަބަދުވެސް އުއްމީދެއް އޮވެއެވެ. އެއީ ކޮންމެވެސް ދުވަހަކުން ޑޮކްޓަރަކަށް ވުމުގެ އުއްމީދެވެ. އެމީހަކު ހިތު އަޅައިފި ކަމެއްނަމަ ވާނެކަމުގެ އުއްމީދު އޮވެއެވެ. މިހާރު މެޑިކަލް ސްކޫލުގައި 1 އަހަރުގެ މެޑިސިން ކިޔަވާނިމި ފަޚުރުވެރި ވަނަތައް ހޯދިއެވެ. ގަނޭޝްގެ އުއްމީދަކީ ދުނިޔޭގައިހުރި އެންމެ އިސްކޮޅުން ކުރު ޑޮކްޓަރުކަމުގެ ލަގަބު ހޯދުމެވެ. މިކަމުގައި އޭނާ ދަނީ ހިތްވަރާއެކު ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

 

ނޯޓް: މައުލޫމާތު ނަގާފައިވަނީ ޑެއިލީމެއިލް

+1
5
+1
1
+1
35
+1
0
+1
1
+1
2
+1
2

Advertisement

ގުޅުންހުރި ލިޔުންތައް