November 22, 2024 21:11
Advertisement

-Advertisement-

އެންމެ އަގުބޮޑު ފެން އަދި އަގުބޮޑުވާ ސަބަބުތައް!

ފެނަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ އެންމެ މުހިއްމު އެއް މާއްދާ ކަމަށްވާއިރު، ދިރިހުރުމަށްވެސް ފެން ބޭނުންވެއެވެ. މިހިސާބުންވެސް ފެނުގެ މުހިއްމުކަން މިވަނީ ހާމަވެފައެވެ. ފެންވަރު ރަނގަޅު ފެން ބޭނުންކުރުމަށް ސަމާލުކަން ދެނީ ކިހާ މިންވަރަކަށްބާއެވެ؟ ބޯފެނުގެ ގޮތުގައި އާއްމުކޮށް ގިނަ މީހުން ބޭނުންކުރަނީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނެވެ. 

ބައެއް މީހުން ބުއިމަށް ބޭނުންކުރަނީ އިސްކުރުފެން ކައްކައިގެން ނުވަތަ ފިލްޓަރ ކޮށްގެންނެވެ. ބޯފެން ގަންނައިރު ފެނުގެ އަގަށް ބަލައިގެން ފެން ގަންނަނަމަ ގިނަ މީހުން އިޚްތިޔާރު ކުރަނީ އަގުހެޔޮ މީރު ފެނެކެވެ. އެހެންނަމަވެސް ބައެއް މީހުންނަކީ ފެނުގެ ބްރޭންޑަށް ބަލައިގެން ފެން ގަންނަ ބައެކެވެ. ދުނިޔޭގައި ފެނުގެ ވަރަށް ގިނަ ބްރޭންޑްތައް ހުރެއެވެ. އޭގެ ތެރޭގައި އާއްމުކޮށް ރާއްޖޭގައި ބޭނުންކުރަނީ ރާއްޖޭގައި އުފައްދާ ފެނެވެ.

އަގުބޮޑުކޮށް ވިއްކާ ފެނުގެ ފެންވަރު ރަނގަޅުކަމަށް ތަޖުރިބާކާރުން ފާހަގަކުރާއިރު، އަގުބޮޑުކޮށް ފެން ގަނެގެން ބޭނުންކުރުމަކީ ބޭކާރު ކަމެއްކަމަށް ދެކޭ މީހުން ވެސް އުޅެއެވެ.

Advertisement

އެންމެ އަގުބޮޑުކޮށް ވިއްކާ 5 ވައްތަރުގެ ފެން: 

އަކުއާޑީ ކްރިސްޓަލޯ ޓްރިބިއުޓޯ
މިފެނަކީ ދުނިޔޭގެ އެންމެ އަގުބޮޑު ފެންކަމުގައި ލޭބަލް ވެފައިވާ ފެނެވެ. މީގެ 750 އެމްއެލް ފެން ފުޅިއެއްގެ އަގަކީ 60000 (ފަސްދޮޅަސްހާސް) ޑޮލަރެވެ. މިފެނަކީ ފިޖީ އަދި ފްރާންސްގަ 'ނެޗަރަލް ސްޕްރިން' ގައި ލިބެންހުންނަ ފެނެކެވެ. މިފެން ފުޅިއަށް އަޅައި ލޭބަލް ކުރުމަށްފަހު ބާޒާރަށް ނެރެ ވިއްކަން ލިބެން ހުންނަ އަގު ވަރަށްވެސް ބޮޑެވެ. މިފެނުގެ އަގު އެހާ ބޮޑުވާ ސަބަބަކަށްވެފައިވަނީ 24 ކެރެޓުގެ ރަނުން އުފައްދާފައި ހުންނަ ފުޅީގައި ބަންދުކޮށްފައި ހުންނާތީއެވެ. މީގެ ޕެކޭޖިންގެ އަގު ބޮޑުވެފައި ކޮލިޓީ ވުމުގެ ސަބަބުން މިފެން އަގުބޮޑު ކަމުގައިވެއެވެ. މިފެނަކީ ވަރަށް ތާޒާ، މީރު ފެނެކެވެ.

ކޮނާ ނިގާރި ވޯޓަރ
މިފެނަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ޚާއްސަ ފެނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ފެނެކެވެ. އަދި ހަށިގަނޑުގައި ހަކަތަ އުފައްދައިދީ ހަންގަނޑަށް ތާޒާކަން ގެނެސްދޭ ފެނެކެވެ. މިފެން އަންނަނީ ހަވައި އައިލެންޑުގެ ކަނޑުގެ ސަތަހައިން 1000 ފޫޓު އަޑިންނެވެ. މިފެނަކީ ކަރުހިއްކުން ފިލުވައިދިނުމަށްވެސް ވަރަށް ޚާއްސަ ފެނެކެވެ. މިފެނުގެ ޚާއްސަކަމަކަށް ވެފައިވަނީ ސިއްޙީގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން މިފެން ބުއިމަށް އިލްތިމާސް ކުރާތީކަމަށް ބުނެވެއެވެ. ފިޓްނަސް ޓްރެއިނަރުންގެ މެދުގައިވެސް ވަރަށް މަގުބޫލު މިފެނުގެ 750 އެމްއެލް ފުޅިއެއްގެ އަގަކީ 402 އެމެރިކާ ޑޮލަރެވެ. މިއީ ދުނިޔޭގައި ދެވަނައަށް އެންމެ އަގުބޮޑު ފެނެވެ.

ފިލިކޯ
ފިލިކޯ ފެންފުޅި އެންމެ ވައްތަރުވަނީ ރާޒުވާ ކުޅިބަޔަކާއެވެ. މިފުޅީގެ ޑިޒައިނަކީ ވަރަށްވެސް އާދަޔާ ޚިލާފު ރީތިގޮތަކަށް ހަދާފައިވާ ފުޅިއެކެވެ. ޗެސް ބޯޑުގެ ކުއީން އަދި ކިންގާއި ވައްތަރުގޮތަކަށް ޑިޒައިންކޮށްފައި ހުންނަ މިފުޅިން ރަމްޒުކޮށްދެނީ ރޯޔަލްކަމާއި ލަގްޒަރީ ކަމެވެ. ސުވްރަސްކީގެ ކުރިސްޓަލް ބޭނުންކޮށްގެން ހަދާފައިވާ މިފުޅިއަކީ އަގުބޮޑު ޖަވާހިރެކެވެ. މިއީ ވަރަށް ރަނގަޅު ފެންވަރެއްގެ ފެނެކެވެ. މިއީ ޖަޕާނުގެ ކޯބުގައި ހުންނަ ފަރުބަދަ މަތީގެ ފެނެކެވެ. މީގެ 750 އެމްއެލް ފުޅިއެއްގެ އަގަކީ 219 އެމެރިކާ ޑޮލަރެވެ.

ބްލިންގ h2O
މިފެނަކީ އިނގިރޭސިވިލާތުގެ ފަރުބަދަމަތީ ކޯރުން އަންނަ ވަރަށް މީރު ޚާއްސަ ފެނެކެވެ. މިފެން ލިބޭ ވަގުތު ތާޒާ ކަމާއެކު ފުޅީގައި ބަންދުކުރެއެވެ. މިފެނަކީ އެތައްގޮތަކަށް ބަލައި ފާސްކޮށްފައިވާ އެވޯޑު ލިބިފައިވާ ފެނެކެވެ. މިފެން ބޭނުންކުރަނީ ވަރަށް އަގުބޮޑު ރެސްޓޯރެންޓްތަކާއި އެންމެ ލަގްޒަރީ ސްޕާ ތަކުގައެވެ. މިފެން ވިއްކަން ހުންނަ ފުޅިއަކީވެސް ވަރަށް ރީއްޗަށް ތައްޔާރުކޮށްފައިވާ ބަލާ ބެލުމަށް އެހާމެ ރީތި ފުޅިއެކެވެ. މިފެނުގެ އަގުވެސް ފުދޭވަރަކަށް ބޮޑެވެ. 750 އެމްއެލް ފުޅިއެއްގެ އަގަކީ 40 އެމެރިކާ ޑޮލަރެވެ.

ވީން
ދުނިޔޭގެ އެންމެ ސާފު އަދި ތާޒާކޮށް ލިބޭ ފެނުގެ ތެރޭގައި ހިމެނޭ މިފެނަކީ ފިންލޭންޑުގެ ފަރުބަދަމަތީ ކޯރުން ފައިބާ ފެނެކެވެ. މިފެނަކީ ގުދުރަތީ ގޮތުން ފުރޭނިގެން އަންނަ އެއްވެސް ކުންޏެއް ނުހުންނަ ސާފު ފެނެކެވެ. މިފެން އަންނަނީ 'އައިސް އޭޖެއްގެ' ތެރެއިން ފުރޭނިގެންނެވެ. މިފެން ރޭޓުކޮށްފައިވަނީ 'ސްޕީރިއަރ' ފެނެއްގެ ގޮތުގައެވެ. މިފެން ބަންދުކޮށްފައި ހުންނަ ފުޅިއަކީވެސް ރީތި ނަލަނަލަ ފުޅިއެކެވެ. މިފެނުގެ 750 އެމްއެލް ފުޅިއެއްގެ އަގަކީ 23 އެމެރިކާ ޑޮލަރެވެ.

 

ނޯޓް: މައުލޫމާތު ނަގާފައިވަނީ މަނީއިންކް.ކޮމް

+1
6
+1
5
+1
5
+1
10
+1
12
+1
3
+1
6

Advertisement

ޖުމްލަ 4 ކިޔުންތެރިންގެ ހިޔާލު

  1. ޒަމްޒަމް ފެނުގެ އަގެއް ނެތް ދޯ
    ހަމަ ގައިމު ވެސް ކޮލިޓީ ރަނގަޅު ވެފައި އަގު ހެޔޮ ވާނެ

    44

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް