November 23, 2024 14:23
Advertisement

-Advertisement-

މައިކްރޯވޭވް އަވަން ބޭނުންކުރާއިރު ކޮންމެހެންވެސް މިކަންކަން ނުކުރާތި

މައިކްރޯވޭވް އަވަން ބޭނުންކޮށްގެން ތަފާތު ބާވަތްތަކުގެ ކާތަކެތި ތައްޔާރުކުރުމަކީ ވަރަށް އާއްމު ކަމެކެވެ.

ކާން ބޭނުންވާތަކެތި މައިކްރޯވޭވް އަވަން ބޭނުންކޮށްގެން ހޫނުކޮށްލުމަކީވެސް ފަސޭހަ ކަމެކެވެ. އެހެންނަމަވެސް މައިކްރޯވޭވް ބޭނުންކުރާއިރު ވިސްނަންވީ ބައެއް ކަންކަން ހުރެއެވެ.

މައިކްރޯވޭވް ބޭނުންކުރާއިރު ސަމާލުކަންދޭންވީ ކަންކަމަކީ:

Advertisement

1. ދަގަނޑު ތަށި، ދަޅުކާނާ އަދި ފޮއިލް ނުލުން

މެޓަލް އިން ހަދާފައި ހުންނަ އެއްވެސް އެއްޗެއް މައިކްރޯވޭވް އަވަނަށް ލުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމެކެވެ. ހަމަ އެގޮތަށް އެލްމިނިއަމް ފޮއިލް އަކީވެސް އަލިފާން ހިފާފާނެ ފަދަ އެއްޗެކެވެ. މިއީ ވަރަށް ވިސްނަންޖެހޭ ކަމެކެވެ.

2. ޕުލާސްޓިކް ކޮތަޅުފަދަ ތަކެތި ނުވަތަ ޑިސްޕޯސަބަލް ތަށި

ޕުލާސްޓިކްގައި ހުންނަ 'އިންކް ގްލޫ' ތެރަހަކީ އެހާ ރައްކާތެރި އެއްޗަކަށް ނުވެއެވެ. ޕުލާސްޓިކް ހޫނުވުމުން އަލިފާން ހިފުމުގެ ފުރުސަތު ފަހިވެގެންދެއެވެ. މިކަމުގެ ސަބަބުން ޕުލާސްޓިކް ތަށީގައި އެއްޗެހި ހޫނުކުރުމަކީ ރައްކާތެރި ކަމަކަށް ނުވެއެވެ. އެހެންނަމަވެސް މައިކްރޯވޭވްގަ ބޭނުންކުރުމަށް ޕްލާސްޓިކުން ތައްޔާރުކޮށްފަ ހުންނަ ޚާއްސަ ތަށިވެސް ހުރެއެވެ. 

3. ސްޓެއިންލެސް ސްޓީލް މަގުސްޓެއިންލެސް ސްޓީލް މަގު ނުވަތަ ތަށި ކަހަލަ އެއްޗެހިން ދިޔާއެއްޗެހި ހޫނުކުރާނަމަ އޭގެއިން ހޫނު ބަންދުކޮށްލައެވެ. އޭގެ ސަބަބުން މައިކްރޯވޭވް ހަލާކުވުން އަވަސްވެގެން ދެއެވެ.

4. ފެން ކެއްކުން ނުވަތަ ފެން ހޫނުކުރުން

މައިކްރޯވޭވުން ފެން ކެއްކުން ނުވަތަ ހޫނު ކުރުމަކީ އެހާ ރައްކާތެރިކަމެއް ނޫނެވެ. އަދި މައިކްރޯވޭވުން ފެނެއް ނުކެކެއެވެ. ފެން ކައްކަން ބޭނުންކުރާ ތަށި ހުންނާނީ ފިނިކޮށެވެ. މާގަދައަށް ހޫނުކުރަން އުޅެފިނަމަ މައިކްރޯވޭވް ތެރެއަށް ފެން އެޅިގެންގޮސް ހަލާކުވުމަކީވެސް ވެދާނެކަމެކެވެ. 

5. ސޯސް ނުވަތަ ސޫޕް ކަހަލަ އެއްޗެހި ހޫނުކުރުން

މައިކްރޯވޭވް އަވަނުން ސޫޕް ނުވަތަ ސޯސް ކަހަލަ އެއްޗެހި ހޫނުކުރަން އުޅެފިނަމަ މުޅި އަވަން ތެރެއަށް އެޅި ހަލާކުވުން ނުވަތަ ހަޑިވުން އެކަށީގެންވެއެވެ. މިކަހަލަ ބާވަތްތައް ހޫނުކުރާއިރު މަތިޖަހައިގެން ބޭނުން ކުރާނަމަ އެހާގިނައިރު ބޭނުން ނުކުރުން ބުއްދިވެރިއެވެ.

މިބަޔާންކުރެވުނު ކަންކަމަކީ މައިކްރޯވޭވް އަވަން ބޭނުންކުރާނަމަ ވިސްނާލަންޖެހޭ މުހިންމު ކަންކަމެވެ. މީގެތެރެއިން އެންމެ ކަމަކުންވެސް ތިމާއަށް ގެއްލުމެއް ލިބިދާނެ ކަމަށް ވިސްނައި ރައްކާތެރިވުމަކީ ބުއްދިވެރި ކަމެކެވެ.

+1
0
+1
0
+1
3
+1
2
+1
2
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް