November 23, 2024 07:43
Advertisement

-Advertisement-

ހާސްވުމާއި ކަންބޮޑުވުން ދުރުކުރުމަށް ކުރެވިދާނެ ކަންތައް!

1. ކުލަޖެއްސުން

ކުލަޖެއްސުމަކީ ހާސްކަން ފިލުވައިލުމާއެކު ހުނަރު ކުރިއެރުވުމަށް އެހީތެރިވެދޭ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކުލަޖައްސަން ފެށުމުން، ކުރިން ވިސްނަމުންދިޔަ ކަންކަމާ ވިސްނާ ވިސްނުން އެހެންކަމަކަށް ބަދަލުވެއެވެ. ހަމައެފަދައިން ގަވާއިދުން ފެންވެރުމަކީވެސް މީހާގެ ހާސްކަން ކުޑަކޮށްދޭކަމެކެވެ.

އެންމެ ފަހުގެ ޓްރެންޑުގެ ގޮތުގައި މަޝްހޫރުވެފައިވާ 'ޓިކްޓޮކް' އަށް ވީޑިއޯއެއް ލުމުގެ ބަދަލުގައި ހާސްވުން ކުޑަކޮށްލެވޭތޯ މިކަން ތަޖުރިބާ ކޮށްލަމާ ހިނގާށެވެ.

Advertisement

2. ވިނަތައް ކޮށާފައިވާ ތަނަކަށް ވިނަތަކުގެ ވަސް ނުކެނޑެނީސް ދިއުން

ވިނަގަނޑު ކޮށާ ނިންމާލާ ވަގުތު ހުންނަ ތާޒާ ވަސް ޖެހުމުން ސްޓެރެސް ފިލުވުމަށް އެހީތެރިވެދެއެވެ. މާލެ އަދި ހުޅުމާލޭގެ ޕާކުތަކުގައި ހުންނަ ގަސްތަކާއި ވިނަތައް ކޮށާ އެއްވަރުކުރާ މަންޒަރުފެނެއެވެ. އެފަދަ މަސައްކަތްކުރާއިރު ހިތްހަމަޖައްސާލުމަށް އެމަންޒަރު ބަލާލަން އެތަނަށް ދެވިދާނެއެވެ. 

3. ދުލުކުރީގައި ލޮނުކޮޅެއް ޖެއްސުން

ހާސްކަމާއި ކަންބޮޑުވާ ވަގުތެއް ދިމާވެއްޖެނަމަ ލޮނުކޮޅެއް ދުލުކުރީގައި ޖެއްސުމުން މީހާގެ ވިސްނުން އެހެންދިމާލަކަށް އަނބުރާލައެވެ. ނަމަވެސް ލޮނު ބޭނުން ކުރުމުން ސިއްޙީ މައްސަލަތައް ދިމާވާ މީހުން މިކަމަށް ސަމާލުވާށެވެ. ޑޮކްޓަރެއްގެ ލަފާގެ މަތިން ނޫނީ އެފަދަ މީހުން މިގޮތަށް އަމަލު ނުކުރާށެވެ. 

4. ޗޮކްލެޓެއް ކާލުން

ބައެއް މީހުންނަކީ ހާސްވެ ކަންބޮޑުވުމުން އެމީހަކަށް މީރު އެއްޗެއް ކެއުމުން ހާސްކަންފިލައި އަދި ވަރުބަލިވެސް ފިލައިގެންދާ މީހުންނެވެ. އެގޮތުން ޗޮކްލެޓްގައި ހިމެނޭ މާއްދާތަކުން އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެއެވެ. އަދި މިއީ ވަރަށްގިނަ މީހުން އެންމެ ކާހިތްވާ އެކައްޗެވެ.

+1
0
+1
2
+1
1
+1
0
+1
0
+1
2
+1
0

Advertisement

ގުޅުންހުރި ލިޔުންތައް