ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރާއިރު އެއަރޕޯރޓްތަކަކީ އެންމެފުރަތަމަ ދެވޭ ތަނެވެ. އެއަރޕޯޓް ރީތިވެ ލިބޭ ޚިދުމަތްތައް ހިތްހަޖެހޭނަމަ އެގައުމަކަށް ދަތުރުކުރުމުގެ ޝައުގު އިތުރުވެގެންވެސް ހިގައިދާނެއެވެ. ގައުމުތަކުގެ އެންމެ ރީތި 5 އެއަރޕޯޓުގެ މައުލޫމާތު މިލިޔުމުގައި ހިމަނާލާނަމެވެ.
1. ސިންގަޕޫރުގެ ޗަންގި އެއަރޕޯޓް
ސިންގަޕޫރަކީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ވަރަށް ކުޑަކުޑަ ވަރަށް ރީތި ގައުމެކެވެ. ސިންގަޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ ވަރަށް ހިތްގައިމު ރީތި އެއަރޕޯޓެކެވެ. މިތަނަކީ އޭޝިއާގެ އެންމެ ބޮޑު އެއް އެއަރޕޯޓްކަމުގައި މަޝްހޫރުވެފައިވާ އެއަރޕޯޓްވެސް މެއެވެ. މިތަނަކީ ދުނިޔޭގެ އެންމެ ބާރުބޮޑު އެއަރޕޯޓްކަމުގައިވެސް ފާހަގަކުރެވެއެވެ. އެކި ގައުމުތަކަށް ދަތުރުކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލު ޓްރާންސިޓް ހަބެއް ކަމުގައި ޗަންގި އެއަރޕޯޓްވެފައިވެއެވެ. މިތަނަކީ ވަރަށް ގިނަ ފެސިލިޓީތައް ލިބި އަދި ވިޔަފާރި ކުރުމަށްވެސް ވަރަށް ކަމުދާ ހިތްހަމަޖެހޭ އެއަރޕޯޓެއް ކަމުގައި ވެއެވެ. އެތައް ފަހަރެއްގެ މަތިން ދުނިޔޭގެ އެންމެ ރަނގަޅު އެއަރޕޯޓް ގޮތުގައި ހޮވިފައިވެއެވެ. އަދި ހަމައެހެންމެ އެންމެ ސާފުތާހިރު ކަމަށް ހިމެނިފައިވަނީ ޗަންގި އެއަރޕޯޓެވެ. މިއީ 100 އަށްވުރެ ގިނަ އެއަރލައިން ދަތުރުކުރާ އެއަރޕޯޓެކެވެ. ޑައިރެކްޓްކޮށް އަދި ޓްރާންސިޓްކޮށް ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް އެންމެ ފަސޭހައިން ދަތުރުކޮށްލެވެނީ ސިންގަޕޫރުގެ ޗަންގި އެއަރޕޯޓުންނެވެ.
2. ހަމާދު އިންޓަރނޭޝަނަލް އެއަރޕޯޓް
ހަމާދު އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދުނިޔޭގެ ރީތި އެއަރޕޯޓްތަކުގެ ލިސްޓްގައި ދެން ހިމެނޭ އެއަރޕޯޓެވެ. ގަތަރުގެ ދޯހާގެ މިއެއަޕޯޓަކީ ވަރަށް ރީތި ވަރަށް ތަފާތު ގޮތަކަށް ހަދާފައިވާ ތަނެކެވެ. މިތަނުގެ ރީތި ކަމެއްގެ ގޮތުގައި ހިމެނެނީ މިތަނުގެ އާކިޓެކްޗަރ އާއި ލަކްޒަރީ އެމިނިޓީސްއެވެ. މިތަނަކީ ގަތަރު އެއަރވޭސްގެ މައި ހަބެވެ. މިތަނުގައި ވަރަށް ހިތްގައިމުކޮށް ހަދާފައިވާ ވަރަށް ގިނަ ލަގްޒަރީ ބްރޭންޑްތައް ހިމެނެއެވެ. އަދި ކުޑަކުދިން ހިތްހަމަޖައްސާލުމަށް ހަދައިފައިވާ ތަނެއްވެސް ހުރެއެވެ. އާއްމުކޮށް ގިނައިރު މަޑުކުރަންޖެހޭ ފަސިންޖަރުންނަށް ހިތްހަމަޖެހޭކަހަލަ އެތައްކަމެއް ކުރެވެން ހުރެއެވެ. މިތަނުގެ ސާފުތާހިރުމަކާއި ފަސޭހަކަންވެސް ފަސިންޖަރުންނަށް ލިބިގެންދެއެވެ. އެއް ޓާމިނަލުން އަނެއް ޓާމިނަލަށް ދަތުރުކޮށްލުމަށް އޮންނަ ރޭލުގެ ޚިދުމަތަކީވެސް ފާހަގަކޮށްލެވޭ ކަމެކެވެ.
3. ޑުބާއީ އިންޓަނޭޝަނަލް އެއަރޕޯޓް
މިއެއަރޕޯޓަކީވެސް ވަރަށް ބޮޑު އަދި އެހާމެ ހިތްގައިމު ކަމެއް އެކުލެވިގެންވާ އެއަރޕޯޓެކެވެ. ދަތުރުކުރާ ފަސިންޖަރުން މަޑުކޮށްލައިގެން ތިބޭއިރު އެމީހުންނަށް ލިބެންހުންނަ ޚިދުމަތްތައްވެސް ވަރަށް ގިނައެވެ. އޭގެ ތެރޭގައި މަސާޖުކުރުމާއި އަދި ފަތާލަން ބޭނުންވާ މީހުންނަށް ހިތްހަމަޖައްސާލުމަށް ހަދާފައިވާ ވަރަށްރީތި ސްވިމިން ޕޫލެއްވެސް އިދެއެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ އެކިކަހަލަ މީރު ކާއެއްޗެހިތަކުން ފުރިފައިވާ ރެސްޓޯރެންޓްތައްވެސް ހުރެއެވެ. އެމިރޭޓްސް އެއަރލައިންގެ މައި ހަބް ކަމުގައި ހިމެނިފައިވާ މި އެއަރޕޯޓަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑިއުޓީ ފްރީ ފިހާރަތައް އެކުލެވިގެންވާ އެއަރޕޯޓެވެ.
4. އަބޫދާބީ އިންޓަރނޭޝަނަލް އެއަރޕޯޓް
އަބޫދާބީ އަކީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި ދެވަނައަށް އެންމެބޮޑު އެއް ސިޓީ އަދި ވެރިކަންކުރާ ސިޓީވެސް މެއެވެ. ޑުބާއީ އެއަރޕޯޓް ނެގުމަށްފަހު ދެން އެންމެ ބޮޑު އެއަރޕޯޓްކަމުގައި ބެލެވޭ ވަރަށް ހިތްގައިމު ރީތި ޑިޒައިނަކަށް ހަދާފައިވާ މި އެއަރޕޯޓަކީ އެތައް މިލިއަން ފަސިންޖަރުން ދަރުތުކުރާ އެއަރޕޯޓެކެވެ. އިއްތިހާދު އެއަރޕޯޓްގެ މައި ހަބަކީވެސް މިއެވެ. މިތަނަކީވެސް ވަރަށް ހިތްގައިމު ތަފާތު ވައްތަރުތަކުގެ ކާއެއްޗެހި ހިމެނޭގޮތަށް ރެސްޓޯރެންޓްތައް ހިމެނިފައިވާ އެއަރޕޯޓެކެވެ.
5. ޒިއުރިކް އިންޓަރނޭޝަނަލް އެއަރޕޯޓް
މިތަނަކީ މުޅި ސްވިޒަލެންޑްގައި އޮންނަ އެންމެ ބޮޑު އެއަރޕޯޓެވެ. ސްވިސް އިންޓަރނޭޝަނަލް އެއަރލައިންތަކުގެ މައި ހަބު ކަމުގައި ހިމެނިފައިވާ މި އެއަރޕޯޓަކީ ދުނިޔޭގެ ވަނަތަކުން ހޮވާލެވޭ ރީތި ހިތްގައިމު އެއަރޕޯޓެކެވެ. މިތަނުގައި ހުންނަ ރެސްޓޯރެންޓް، ކެފޭ ތަކަކީ މިތަނަށް އަންނަ ފަސިންޖަރުން ހިތްހަމަޖެހޭކަހަލަ ހިތްގައިމު ތަންތަނެވެ. އެހާމެ ހިތްގައިމުވެފައި ކާއެއްޗެހިވެސް މީރުވެފައި އަދި ފެންވަރު ރަނގަޅެވެ. މިތަނުގައި ހުންނަ ޑިއުޓީފްރީ ފިހާރަތަކަކީވެސް އެހާމެ ތަފާތު އަދި ހިތްހަމަޖެހޭ ތަންތަނެވެ.