November 22, 2024 15:41
Advertisement

-Advertisement-

ބަލްމާއު އޭނާގެ މަންމައާއެކު

ބަލްމާއު: ހިތްވަރާއެކު އޯލެވެލްގެ އެއްވަނައަށް!

އައިޝަތު ބަލްމާއު މުހައްމަދު ވަނީ، ރެހެންދި ސުކޫލުން އޯލެވެލް ހަދައި، ނިމިދިޔަ ހަފްތާގައި ދޫކުރެވުނު އޯލެވެލް އިމްތިހާނުން އޭނާ ޓެސްޓު ހެދި 8 މާއްދާއިން އޭސްޓަރ ހޯދައި ގައުމީ ގަދަ 10ގެ އެއްވަނަ ކަށަވަރު ކޮށްފައެވެ. އާއިލާއާއި ސުކޫލު އަދި ޤައުމު ފަޚުރުވެރިވާފަދަ ދަރިއަކަށް ވުމަކީ ބަލްމާއު އަބަދުވެސް ދެކެމުންއައި ހުވަފެނެކެވެ.

މާލެއަށް އުފަން އުމުރުން 16 އަހަރުގެ ބަލްމާއު ޤަބޫލުކުރާ ގޮތުގައި އެކަމަށް އެންމެ ފުރަތަމަ އެޅެންއޮތް ބިންގާ ކަމުގައި އޭނާ ގަބޫލުކުރީ ދަރިވަރުންގެ ތަޢުލީމީ ހަޔާތުގެ ފުރަތަމަ 10 އަހަރުގެ ތެރޭގައި ހަދާ އެންމެ ބޮޑު އިމްތިހާނު ކަމުގައިވާ، އޯ ލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމެވެ.

މި ވަރުގަދަ އަޒުމާއި ހިތްވަރުގައި ދުރާލާ ކަންކަން ރާވައި، ބަލްމާއު މިނަތީޖާއަށް ވާސިލުވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރިއެވެ. ކިޔެވުމަކީ އޭނާ އެންމެ އިސްކަންދޭކަމެއްގެ ގޮތުގައި ހަދައި ޘާނަވީ ތަޢުލީމުގެ ފުރަތަމަ ބިންގާއަޅާ ނިންމާލީ، ކިޔެވުމުގެ އިތުރުން ސުކޫލުގެ އެހެނިހެން ހަރަކާތްތަކުގައިވެސް ބައިވެރިވެ އެހެން ކުދިންނަށް ނަމޫނާ ދަރިވަރެއްގެ ގޮތުގައެވެ.

Advertisement

ސުކޫލުގެ އިތުރު ހަރަކާތްކަތުގައި ބައިވެރިވި!

ރެހެންދި ސުކޫލުގައި ފެށި ދަތުރު ނިންމާލީ ރެހެންދި ސުކޫލަށް ރަންވަނަތަކެއް ހޯދައިދީފައެވެ.

* ސުކޫލު ނިންމާލިއިރު ހުރީ ރެހެންދި ސުކޫލުގެ އެކްޓިވިޓީ ކެޕްޓަނުގެ މަޤާމުގައެވެ.

* ސުޓޫޑަންޓު މީޑިއާ ކައުންސިލްގެ ކޯޑިނޭޓަރގެ ގޮތުގައެވެ.

* ސީނިއަރ ޕްރިފެކްޓަރެއްވެސްމެއެވެ.

* ގާލްގައިޑްގައި ހަރަކާތްތެރިވިއެވެ.

* 2022ވަނަ އަހަރު ބޭއްވުނު ސުކޫލު މަދަހަ މުބާރާތުގައި ބައިވެރިވެ އޭނާ ބައިވެރިވި އުމުރު ފުރާއިން ދެވަނަ ހޯދިއެވެ

* ޤައުމީ ޤުރުއާން މުބާރާތާއި ވާހަކަދެއްކުމުގެ މުބާރާތުގައި ސުކޫލު ތަމްސީލު ކޮށްދީފައިވެއެވެ.

* ސުކޫލުގައި ބާއްވާ ކުޅިވަޅު މުބާރާތްތަކުގައި ބައިވެރިވެ ޓީމް ކެޕްޓަންގެ މަގާމު ފުރާފައިވެއެވެ.

* ހިއުމަން ރައިޓްސް ކުލަބްގައި ހަރަކާތްތެރިވިއެވެ.

ބަލްމާއު ގަބޫލު ކުރާގޮތުގައި އޭނާއަށް މިނެރެދެވުނު ނަތީޖާއަށް ވާސިލްވީ އެންމެ ފަހުވަގުތަށް ކަންކަން ކުރުމަށް ނުބަހައްޓާ ކަންކަން ދުރާލާ ރާވައި ކުރުމުންނެވެ.

"އެންމެފަހު ވަގުތަށް ކަންކަން ނުބަހައްޓާ ދުރާލާ ފިލާވަޅުތައް ދަސްކުރަމުން އައީ، ހުރިހާ ސަބްޖެކްޓެއް ދުވަސް ތަކަކަށް ބަހައިލައިގެން. އަދި ސުކޫލޫގެ އިތުރު ހަރަކާތުގައިވެސް ޝާމިލުވެ އުޅޭތީ، ވަރަށް ބޮޑަށް ޓައިމް މެނޭޖް ކުރަން. އެހެންވެ ކިޔަވަމުންވެސް އިތުރު ހަރަކާތްތަކުގައި އުޅުމަށް މާބޮޑު އުނދަގުލަކާއި ކުރިމަތިނުވޭ. އަދި މިނަތީޖާއާއި ހަމައަށް ވާސިލު ވުމަށްޓަކައި އަޅުގަނޑުގެ މަންމައާއި ބައްޕަ ވެދެއްވި ޤުުރުބާނީއަކީ މިކަމަށް ލިބުނު އެންމެ ބޮޑު ހިތްްވަރު". ބަލްމާއު އޭނާގެ ކާމިޔާބީ ސިފަކުރަމުން ކިޔައިދިނެވެ.

ރަނގަޅު ނަތީޖާއެއް ހޯދުމުގެ ހިތްްވަރާއި މަސައްކަތާއެކު ހަމަ އެވަރަށް އަޚްލާގު ރަނގަޅު ކިޔަމަންތެރި ދަރިވަރަކަށް ވުމަށްވެސް ބަލްމާއު އަބަދުވެސް މަސައްކަތް ކުރެއެވެ. އޭނާ ގަބޫލޫކުރާ ގޮތުގައި ދަރިވަރެއްގެ ގައިގައި ހުންނަންޖެހޭނެ އެންމެ މުހިއްމު ކަމަކީ ރިވެތި އަޚްލާގުގެ މަތީގައި ދެމިހުރެ މަދަރުސީ ޙަޔާތް ނިންމާލުމެވެ.

"އަޅުގަނޑު އަބަދުވެސް ބޭނުންވަނީ ހުރިހާ ގޮތަކުންވެސް އެހެންކުދިންނަށް ރޯލް މޮޑެލްއަކަށްވާން. އެހެންވީމަ އަބަދުވެސް ވަރަށް އިސްކަންދޭކަމެއް އެއީ ކިޔެވުމާއި އެއްވަރަށް ރިވެތި އަޚްްލާގެއްގެމަތީ ދެމިހުރުމަށް. އަޅުގަނޑު ވަރަށް ބޮޑަށް ގަބޫލުކުރާ ކަމެއް އެއީ ދަރިވަރެއްގެ ގައިގައި ހުންނަންޖެހޭނެ އެންމެ މުހިއްމު ސިފައަކީ ރީތި އަޚްލާގެއްގެ ވެރިއަކަށް ވުންކަން" ބަލްމާއު ކިޔައިދިނެވެ.

އެއުއްމީދާއެކު ބަލްމާއުގެ ޓީޗަރުންވެސް ގަބޫލުކުރާ ގޮތުގައި ބަލްމާއުއަކީ އޭނާ މަސައްކަތްކުރި ގޮތަށް، ކިޔަވައި މޮޅު ދަރިވަރެކެވެ. އަބަދުވެސް ޓީޗަރުންގެބަސް ގަބޫލުކުރާ އެހެންކުދިންނަށް އިޙްތިރާމުކުރާ ނަމޫނާ ދަރިވަރެކެވެ. "ބަލްމާއުއަކީ ހުރިހާ ގޮތަކުންވެސް ވަރަށް ފާހަގަކޮށްލެވޭ ދަރިވަރެއް. އެކަޑަމިކަލީ ބެލިކަމުގަ ވިޔަސް، ރަނގަޅު އަޚްލާގެއްގެ މަތީ އަބަދުމެ ދެމިހުރި ދަރިވަރެއް. ހުރިހާ ގޮތަކުންވެސް ނަމޫނާ ދަރިވަރެއް." އޭނާގެ ޓީޗަރަކު ބަލްމާއު ސިފަކުރަމުން ކިޔައިދިނެވެ.

މިނެރެވުނު ނަތީޖާއަށް އެންމެބޮޑު އުފަލެއް ލިބިގަންނަ ފަރާތަކީ ބަލްމާއުގެ މަންމަ އެވެ. ބަލްމާއު މަންމަ ބުނާގޮތުންނަމަ މިއަދުމީ މަންމަގެ ހަޔާތަށްއައި ވަރަށްވެސް އުފާވެރި ދުވަހެކެވެ. "ވަރަށް އުފާވި. ވަރަށް ކުރިއްސުރެ އުއްމީދު ކުރެވެމުންދިޔަ ކަމެއް ކާމިޔާބު ކުރެވުނު ކަމުގެ އިހްސާސް މިއަދުވޭ. ބަލްމާއު އަކީ ވަރަށް ބަސްއަހާ ބަސްގަބޫލުކުރާ ކުއްޖެއް. ދުވަހަކުވެސް ކިޔެވުމަށް ހަނދާންކޮށްދީ ބާރުއަޅާކަށް ނުޖެހޭ. އޭނާ ކިޔަވާހިތުން އަމިއްލައަށް ފެނިގެން ކިޔަވާ. ކޮންމެ ކަމަކަށް ކެރިގެން ކުރިމަތިލާނެ. ބަލްމާއުގެ މަންމަގެ އުފާވެރިކަން ހިއްސާކުރަމުން ކިޔައިދިނެވެ.

ކާމިޔާބީއަކާއި ހިސާބަށް ވާސިލުވުމަށްޓަކައި ގިނަބައެއްގެ އެހީތެރިކަން  ލިބުނުކަމަށް ބަލްމާއު ފާހަގަ ކުރަމުން އޭނާގެ ޝުކުރުގެ ލިސްޓު އަމުނާލިއެވެ.

"މިހިސާބަށް އައުމަށް މަންމައާއި ބައްޕަގެ ޤުރުބާނީ އަނެއްކާވެސް ފާހަގަކުރަން. އަދި ޑީމޯޓިވޭޓްވާ ކޮންމެފަހަރަކު ގާތްރައްޓެހިންނާއި އާއިލާއިންދޭ ހިތްވަރުވެސް ވަރަށް ބޮޑަށް ފާހަގަ ކޮށްލަން. މިހިސާބަށް އައުމަށް ހުރިހާ ގޮތަކުންވެސް އެންމެބޮޑު އެހީތެރިކަމެއް ދެއްވި ރެހެންދި ސުކޫލުގެ އޭނާގެ ޓީޗަރުން، ޚާއްސަކޮށް ކުލާސް ޓީޗަރާއި ސުކޫލުގެ މެނޭޖުމަންޓުން ދެއްވި އެއްބާރުލުން ތަކުރާރުކޮށް ފާހަގަކޮށް ވަރަށް ޚާއްސަ ޝުކުރެއް ރައްދު ކުރަން. އަދި އެއާއެކު ޓިއުޝަން ޓީޗަރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުން". ލިބުނު ކާމިޔާބީއާއެކު މޮޅު އިންޖިނިއަރަކަށް ވުމަށް ނިންމައިގެން ހުރި ބަލްމާއު އޭނާގެ ޝުއޫރުތައް ހިއްސާކުރިއެވެ.

"ނިންމާލުމުގެ ކުރިން ބަލްމާއު ބޭނުންވޭ މިފަދަ ކާމީޔާބީ ލިބުނު ކުދިންނަށް މަރުޙަބާ ކިޔާލަން. އަދި އުއްމީދުކުރި ވަރަށް ނަތީޖާ ނުނެރެވުނު ކުދިންނަށް ބުނެލަން ބޭނުންވޭ އަދި މީފެށުމެކޭ. ކުރިއަށް ކިތަންމެކަމެއް އަދި އެބައޮތޭ. ބައިވަރު އޮޕްޝަންތައް އެބަހުއްޓޭ ބުނެލަން ބޭނުންވޭ. އެހެންވީމާ މާޔޫސްނުވެ ކުރިޔަށްދާށޭ. ކަމަކަށް ޢަޒުމެއް ކަނޑައެޅިއްޔާ ހިތްްވަރާއެކު އެކަމެއް ކާމިޔާބު ކުރަން ގަދައަޅާ މަސައްކަތް ކުރައްޗޭ".

ކާމިޔާބީއަށް އެދި މަސައްކަތް ކުރަމުންދާ ދަރިވަރުންވެސް މިކަންކަމަށް ވިސްނައިގެން ޢަމަލުކުރުމަށް ބަލްމާއު ނަސޭހަތްތެރިވިއެވެ.

+1
0
+1
79
+1
4
+1
18
+1
0
+1
1
+1
0

Advertisement

ޖުމްލަ 3 ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް