ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ވިނަރެސް ފުލެޓުތައް ވިއްކަމުންދާއިރު އެފުލެޓުތަކާ ގުޅޭގޮތުން މައުލޫމާތު އެނގެނީ ކިހާ މިންވަރަކަށް ހެއްޔެވެ.
ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއި ހަވާލުކޮށްގެން ތަރައްގީކުރި މި ޓަވަރުތަކުގައި 1344 އެޕާޓްމެންޓް ހުރެއެވެ. މިއީ މެދުފަންތީގެ އާއިލާތަކާއި ފަންނީ ވަޒީފާތަކުގައި އުޅޭ މީހުންނަށް ޚާއްސަކޮށްފައިވާ 'މިކްސްޑް ރެސިޑެންޝަލް ކޮމްޕްލެކްސް' ތަކެކެވެ.
3 ކޮޓަރީގެ މިފުލެޓުތައް ހަދާފައިވަނީ ދިރިއުޅޭ މީހުންނަށް ހިތްހަމަޖެހުން ލިބިދޭގޮތަށްކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މައުލޫމާތު ދީފައެވެ. މިގޮތުން ތިރީގައި މިވަނީ ލިބޭނެ ޚިދުމަތްތަކެވެ.
- ލިފްޓް: ކޮންމެ އެޕާޓްމެންޓް ބްލޮކެއްގައި ދިރިއުޅޭ ފަރާތަށް ފަސޭހަވާނެގޮތަށް ލޮބީއަކާއި ދެލިފްޓް ބަހައްޓާފައި ހުރެއެވެ.
- ޕާކިންގ: މޮޓޯ ސައިކަލު އަދި ކާރު ޕާކުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި ޕާކުކުރާ ސަރަހައްދުގައި އުޅަނދުތަކަށް ޖާގަ ކަށަވަރުކޮށްދީ، ސީސީޓީވީ ހަރުކޮށް 24 ގަޑިއިރު ސެކިއުރިޓީ ބެލެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
- އެއަރކޮންޑިޝަން: ހުރިހާ ކޮޓަރިތަކެއްގައި އޭސީ ބަހައްޓާފައިހުރެއެވެ.
- ކުނިކޮށި: ފަސޭހައިން ކުނި އުކާލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
- ހުރިހާ ޓަވަރެއްގައި އެކްސެސް ކާޑު ސިސްޓަމް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، 24 ގަޑިއިރު ސެކިއުރިޓީ ބެލެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
- ފަޔަރ އެންޑް ސޭފްޓީ: އެމްއެންޑީއެފްގެ ގަވާއިދުތަކާއި އެއްގޮތަށް އަލިފާނުން ރައްކާތެރިވުމުގެ އިންތިޒާމްތައް ހަމަޖެހޭނެއެވެ.
ވިނަރެސް ފުލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ތަފާތު ވަސީލަތްތައް ފޯރުކޮށްދިނުމަށް ދޫކުރާ ވިޔަފާރި ޔުނިޓުތަކުގަ ސުޕަމާކެޓްތަކާއި، ކުދި ފިހާރަތަކާއި، ރެސްޓޯރެންޓްތައް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖިމް، އޭޓީއެމްގެ ޚިދުމަތުގެ އިތުރަށް އޮފީސްތަކަށް ވެސް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީ އިން ވަނީ މައުލޫމާތު ދީފައެވެ.
ވިނަރެސް ފުލެޓުތަކަށް ކުރިމަތިލުމުގެ ޝަރުތު:
- 18 އަހަރުވެފައިވާ ދިވެހި ރައްޔިތެއްކަމުގައިވުން
- މާލޭގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކަށްވުން (މިމަޝްރޫޢުއިން 100 ޔުނިޓް ކަނޑައަޅާފައިވަނީ މާލޭގައި ރަޖިސްޓްރީވިތާ 15 އަހަރު ނުވާ ފަރާތްތަކާއި އަދި މާލޭގައި ރަޖިސްޓްރީ ވެފައިނުވާ ފަރާތްތަކުގެ ތެރެއިން މާލޭގައި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ.)
- 600 އަކަފޫޓަށްވުރެ ބޮޑު އެއްވެސް ބިމެއް ނޫނީ އެޕާޓްމެންޓެއް ގަނެފައިނުވުން
- ސަރުކާރުގެ މަޝްރޫއަކުން މީގެކުރިން ބޯހިޔާވަހިކަމެއް ލިބިފައިނުވުން
- މަހަކަށް ޖުމްލަ އާމްދަނީ 61000ރ އަށްވުރެ އިތުރަށް ލިބޭ ފަރާތްތަކަށް މިސްކީމުގައި ބައިވެރިނުވެވޭނެ
ވިނަރެސް ފުލެޓުތަކުގައި 'މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު، ސްޓޭންޑާޑް ވިއު' އެޕާޓްމެންޓްތައް ހުރެއެވެ.
ވިނަރެސް ފުލެޓުތަކަކީ ފައިސާ ދައްކަމުންގޮސް އަމިއްލަކުރެވޭގޮތަށް ދޫކުރެވޭ އެޕާޓްމެންޓްތަކެކެވެ. އެއްފަހަރާ ފައިސާ ދައްކައިގެންނާއި، ބޭންކު މެދުވެރިކޮށް ލޯނު ނަގައިގެން ފައިސާ ދައްކާގޮތަށްވެސް ގަނެވިދާނެއެވެ. އެއްފަހަރާ ފައިސާ ދައްކާނަމަ މި އެޕާޓްމެންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަން އާއި 3 މިލިއަންއާއި ދެމެދުގައެވެ. އެހެންނަމަވެސް އިންސްޓޯލްމަންޓް އުސޫލުން 20 އަހަރުން ނުވަތަ 25 އަހަރުން ފައިސާ ދައްކާނަމަ އެޕާޓްމެންޓަށް ދައްކަންޖެހޭ އަދަދު އިތުރުވާނެއެވެ. ޑައުންޕޭމަންޓަށް ދައްކަން ޖެހެނީ ތިންލައްކަ ނުވަދިހަ ނުވަހާހާއި (399,782) ފަސްލައްކަ ނުވަދިހަހާހާއި (590,489) ދެމެދުގެ އަދަދެކެވެ.
ވިނަރެސް ފުލެޓުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން އާންމުކޮށްފައިވާ 'ވިނަރެސް ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12 ޖަހާއިރެވެ.
ޖުމްލަ 4 ކިޔުންތެރިންގެ ހިޔާލު
Kobaa tho sealife customerunge gehlunu flat thakuge habarakee?
ތިއީމުއްސަދިންޕ ވިއްކާ އެޕާމަންޓް ތަކެއް
ތިޔަތާގެ އަގު 25 އަހަރަށް ބަހާލީމާ 5 މިލިޔަން އަށް ވުރެ ގިނައިން އަރާ އިންޓްރެސްޓް އާއެކު
Thiee mussadhin mussadhi koh nikamethin fagiirukurun
ކޮމެންޓްސް ބަންދުކުރެވިފައި