November 24, 2024 06:10
Advertisement

-Advertisement-

ތިމާކުޅަ އަމަލު ތިމާދެކޭ ދުވަސް

އާޚިރަތް ދުވަހަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އާޚިރަތް ދުވަހަށް އީމާންވުމަކީ އެދުވަސް އަންނާނެކަމާއި، ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗެއް ފަނާވާނޭކަމާއި، ފުރާނަހުރި ކޮންމެ އެއްޗެއްގެ މަރު ހިއްޕަވާނޭކަމާއި، އެއަށްފަހު ފުރާނަ އަޅުއްވައި، މަހްޝަރަށް ފޮނުއްވައި، ޢަދުލަށް ހިސާބު ބައްލަވައި، ހައްގަށް ނިޔާކުރައްވާނޭކަމާއި، އަނިޔާވެރިންގެ ކިބައިން އަނިޔާ ލިބުނު މީހުންނަށް (ޙައްޤުތައް) ހިއްޕަވައިދެއްވައި، ކިޔަމަންގަތް އަޅުންނަށް ސުވަރުގޭގެ ނިޢުމަތް ދެއްވައި، ކިޔަމަން ނުގަތް އަޅުންނަށް ނަރަކައިގެ އަޛާބު ދެއްވާނޭކަމާއި، ހެޔޮކަންތަކާއި ނުބައިކަންތައް މިޒާނުން ބައްލަވާނޭ ކަމާއި، ތާޅަފިލި ފުމެލެއްވުމާއި، ޞިރާޠު މަގުން ދިޔުމާއި، ނަރަކައާއި، ސުވަރުގެއީ ފަނާވެ ދިޔުމެއް ނުވާނޭ ދެތަން ކަމާއި، އެދެތާނގައި ލެއްވުމަށްފަހު މަރުވުމެއް ނެތްކަމާއި، މިކަންކަން ހިތުގައި ތެދުކޮށް ކަށަވަރުކޮށް ގަތުމެވެ.

ޤިޔާމަތްދުވަހު ހިސާބު ބެއްލެވުމާއި، ނިޔާކަނޑައެޅުއްވުމުގައި، އެއްވެސް ބޭއިންސާފު ކުރެއްވުމެއް ނުވާނެއެވެ. ދުނިޔޭގައި އިންސާނާ ކޮށްފައިވާ ކަންތައްތައް ލިޔެވިފައިވާ ފަތް، އެދުވަހުން އެއިންސާނާ ދެކޭނެއެވެ. ކިތަންމެ ކުޑަ ޢަމަލެއްވެސް އަދި ކިތަންމެ ބޮޑު ޢަމަލެއްވެސް އެމީހެއްގެ ފަތުގައި ލިޔެފައިވާތީ އޭނާ ދެކޭނެއެވެ.

" އާޚިރަތްދުވަހަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ހަގީގަތްތަކުގެ ތެރެއިން އެއްކަމަކީ، ދުނިޔޭގައި އިންސާނާ ކުރާ އަމަލުތައް ފަތެއްގެ ގޮތުގައި އޭނާ ދެކޭނެކަމަށް އީމާންވުން. ކޮންމެ އިންސާނަކުމެ ކޮށްފައިވާ އަމަލުތައް މާތް ﷲ މޮޅަށް ދެނެވޮޑިގެންވޭ. މީސްތަކުންނަށް ކިތަންމެ ވަންހަނާގޮތެއްގައި ކުރާ އަމަލަކަސް ކީރިތިވަންތަ މާތް ﷲ މޮޅަށް ދެނެވޮޑިގެންވޭ".

Advertisement

ބުއްދިވެރިއަކީ ހެޔޮ އަމަލުކުރުމުގައި ކުރިއަރައިދާ މީހާއެވެ. ހެޔޮ އަމަލަކީ މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުމާއި، އެކަލާނގެ ނަހީކުރެއްވި އެންމެހައި ކަންތަކުން ދުރުވެ ރައްކާތެރިވުމެވެ. ޤިޔާމަތްދުވަހު އެމީހެއްގެ ފަތް އެމީހެއްގެ ކަނާތަށް ލިބިއްޖެ މީހަކީ ބާއްޖަވެރިއެކެވެ. އަދި އެމީހެއްގެ ފަތް އެމީހެއްގެ ވާތަށް ލިބިއްޖެ މީހަކީ އަބާއްޖަވެރިއެކެވެ. އެންމެހައި މީސްތަކުން ﷲ ގެ ހަޟްރަތަށް ހާޟިރުކުރެއްވާ ދުވަހަށް ތިޔަބައިމީހުން ބިރުވެތިވެ ތަޤްވާވެރިވާށެވެ. ފާފަތަކާ ދުރުވެ ހެޔޮއަމަލު ކުރުން ގިނަކުރާށެވެ. އެހެންމީހުންނަށް ނަސޭހަތްތެރިވެ، ހެޔޮމަގަށް ގެނެވޭތޯ ޙިކްމަތްތެރިކަމާއެކު މަސައްކަތް ކުރާށެވެ! ނަރަކައިގެ ވޭންދެނިވި ޢަޛާބަށް ބިރުވެތިވާށެވެ.

މައުލޫމާތު: ހުކުރު ޚުޠުބާ

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް