October 6, 2024 16:26
Advertisement

-Advertisement-

ރިވާ ސްޕީޑް: ލޯންޗު ދަތުރުގެ އިތުރަށް ވިޔަފާރި ފުޅާކުރުމަށް އަވަދިނެތި

މާލެއިން ތުލުސްދޫ އަށް 'ޒީޓައިމްސް'އިން ދިޔައީ 'ރިވާ ސްޕީޑް' ލޯންޗެއްގައެވެ. ތުލުސްދޫ އަށް ޚާއްސަ ރިޕޯޓްތަކެއް ގެނެސްދިނުމަށް ކުރި ދަތުރުގައި ފާހަގަކުރެވުނީ ރިވާ ސްޕީޑް މި ކުންފުންޏަކީ ތުލުސްދޫގެ ޒުވާނެއްގެ އިސްނެގުމަށް އަދި އެރަށަށް އުފަން 11 މުވައްޒަފުންނާއެކު ފުޅާދާއިރާއެއްގައި ހިންގަމުންދާ ވިޔަފާރިއެއްކަމެވެ.

އަބްދުﷲ ރަމްޒީ

މި ވިޔަފާރީގެ އިސްވެރިޔާ އަބްދުﷲ ރަމްޒީ މައުލޫމާތު ދިންގޮތުގައި ލޯނު ނަގައިގެން ފެށި މިވިޔަފާރީގެ ދަށުން އެންމެ ފުރަތަމަ ލޯންޗެއް ދުއްވަން ފެށީ 2018 ވަނަ އަހަރުގެ މާރިޗް މަހުގައެވެ. އެއަށްފަހު ދެވަނަ ލޯންޗެއް ދުއްވަން ފެށީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

" ޝެޑިއުލް ލޯންޗް އިންނާނީ މާލެއާއި ތުލުސްދޫ އާއި ދެމެދު. ދަތުރު ލިބޭ ވަރަކުން ލޯންޗް ދަތުރުތައް މުޅި ރާއްޖެތެރެއަށް ކުރާނެ. މިވަގުތު ކުންފުނީގެ ދަށުން 3 ލޯންޗެއް ދުއްވާނެ. އެއީ 38 ފޫޓުގެ 26 މީހުންގެ ޖާގައިގެ ލޯންޗަކާއި އަދި 22 ފޫޓުގެ 10 މީހުންގެ ޖާގައިގެ ލޯންޗެއް. ދެން އޮންނާނީ ކުޑަ ލޯންޗެއް. އެލޯންޗުން ކުރަނީ ސްނޯކްލިން ކަހަލަ ދަތުރުތައް". ރަމްޒީ މައުލޫމާތު ދިނެވެ.

Advertisement

ރިވާ ސްޕީޑް އިން މާލެ އާއި ތުލުސްދޫ އާއި ދެމެދު ދަތުރުކުރަނީ މީހަކަށް 150 ރުފިޔާ އަށެވެ.

" ޑިމާންޑް ވަރަށް ރަނގަޅު. ދުވާލަކު 4 ފަހަރު މާލެ އާއި ތުލުސްދޫ އާއި ދެމެދު ދަތުރުތައް އޮންނާނެ. ހަފްތާ ބަންދު ވަރަށް ބާރުބޮޑު. ޢީދުގަ އަޅުގަނޑުމެންނަށް އޮންނަނީ ޑިމާންޑާ އެއްވަރަށް ދަތުރު ނުކުރެވިފަ".

ސްޓެލްކޯގެ ވަޒީފާ އަދާކުރަމުން މިވިޔަފާރި ހިންގަމުންދާ ރަމްޒީގެ ވިސްނުން ހުރީ ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. މިގޮތުން ނަންބޯޑު ތައްޔާރުކުރުމާއި، ލޭޒަރ ކަޓިންގ މެޝިން ބޭނުންކޮށްގެން ތަފާތު ތަކެތި އުފެއްދުމަކީ ވެސް ކުރަމުންދާ މަސައްކަތެކެވެ.

ރިވާ ސްޕީޑްގެ އޮފީސް ހިންގަމުން ދަނީ ތުލުސްދޫގައެވެ. އެހެންނަމަވެސް ލޯންޗު ދަތުރުތަކުގެ ތަފްސީލް އަދި މިކުންފުނީގެ މަސައްކަތްތަކާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް 9893434 އަށް ގުޅައިގެން ނުވަތަ ފޭސްބުކް 'River Speed - Speedboat Service' ޕޭޖް އިން ލިބެން ހުންނާނެއެވެ.

+1
0
+1
7
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް