September 21, 2024 02:40
Advertisement

-Advertisement-

19 އަހަރުގެ ތަޖުރިބާއާއެކު މުޖުތަބާ މިއެހީވަނީ ތަމްރީނުދީ ރީތި ކޭކުތަކެއް އެޅުމަށް!

ފޭސްބުކް އަދި އިންސްޓަގްރާމްގައި ހިންގަމުން އަންނަ 'މައި ކޭކްސް އެންޑް ސްވީޓްސް' ޕޭޖުތައް މެދުވެރިކޮށް ހއ. މުރައިދޫ އަށް އުފަން މުޖުތަބާ އަބުދުﷲ ދަނީ ގިނަ ދަރިވަރުންތަކެއް ތަމްރީނު ކުރަމުންނެވެ. ރިސޯޓުގަ ޕޭސްޓްރީ ޝެފެއްގެ ގޮތުގައި ހޭދަކުރި 19 އަހަރުގެ ތަޖުރިބާގެ އަލީގައި މުޖުތަބާ ދެމުންދާ ޚިދުމަތް ތަފާތެވެ. ދުވަހެއް ދުވަހަކަށް ދަނީ ވިޔަފާރި ފުޅާކުރަމުންނެވެ.

މުޖުތަބާ

ކުލާސްތަކުގެ ފެށުން

ވަޒީފާގައި ހޭދަކުރި ދިގުމުއްދަތަށްފަހު މުޖުތަބާ ބޭނުންވީ އާއިލާއަށް ވަގުތު ދެމުން އަމިއްލަ މަސައްކަތެއް ފެށުމަށެވެ. މިގޮތުން 2019 ވަނަ އަހަރު ފެށީ ކޭކުއެޅުމާއި ކެއްކުމާއި ގުޅުންހުރި ތަފާތު ކޯސްތަކެވެ. މިހާތަނަށް 1200 އެއްހާ މީހުން ތަމްރީނުވެފައިވާކަން ފާހަގަކޮށް ބުނީ ކިޔަވައިދެނީ މުޖުތަބާގެ އިތުރަށް ދާއިރާގެ ތަޖުރިބާހުރި މީހުން ކަމަށެވެ.

Advertisement

" ކުލާސްތައް ކުރިއަށްގެންދަނީ ހުޅުމާލޭގަ. އޮންލައިންކޮށް އަދި ފިޒިކަލް ކުލާސްތައް ކުރިއަށްގެންދާއިރު ބޭނުންވާ މެޓީރިއަލްސް އަޅުގަނޑުމެން ފޯރުކޮށްދެން. ކުޑަކުދިންނަށް ހިލޭ ކުލާސްތައް ކުރިއަށްގެންދަނީ. ކުކީސް ކަޕްކޭކު ފަދަ ތަކެތި ކުޑަކުދިންނަށް ދަސްކޮށްދެނީ. ބޮޑެތި މީހުންނަށް ކުރިއަށްގެންދަނީ ކައްކަން ދަސްކޮށްދޭ ކުލާސްތަކާ ޕޭސްޓްރީ ކުލާސްތައް. ބޭސިކް އިން ފެށިގެން ވެޑިންގ ކޭކާއި ހަމައަށް ދަސްކޮށްދިނުމަށް ކޯސް ހިންގަން". މުޖުތަބާ މައުލޫމާތު ދިނެވެ.

ކުރިއަށްގެންދާ ބައެއް ކޯސްތައް

  • ކޭކް ބޭކިންގ ކުލާސް
  • އެޑްވާންސް ޕޭސްޓްރީ ކުލާސް
  • ވިޕިންގ ކްރީމް ޑެކަރޭޝަން ކުލާސް
  • ޑޯނަޓް ކުލާސް
  • ޕިއްޒާ ކުލާސް
  • ޑެޒަރޓް ޓޭބަލް ކުލާސް
  • ބޭސިކް ޝުގަރ ފްލާވަރ ކުލާސް
  • ކޭކް ޕޭސްޓްރީ ކުލާސް
  • އިންޑިއަން ފުޑް ކުލާސް
  • ޝެފް ޓްރެއިނިންސް
  • ކުކިންގ ކުލާސް
މައި ކޭކްސް އެންޑް ސްވީޓްސް އިން ހިންގާ ކުލާސްތަކެއް

ކޭކުގެ ވިޔަފާރި

އިންސްޓަގްރާމްގެ mycakesandsweets ޕޭޖް އިންވެސް ވަނީ ރީތި ކޭކުތަކެއް ފެނިފައެވެ. ތަފާތު ހަފްލާތަކަށް ޚާއްސަކޮށްގެން ކޭކު އަޅަމުން އަންނައިރު މުޖުތަބާގެ ކޭކުތަކުގެ އަގުތައް އުޅެނީ 400 ރުފިޔާ އާއި 10,000 ރުފިޔާ އާއި ދެމެދުގައެވެ. މީގެތެރެއިން ވެޑިންގ ކޭކުގެ އަގު އާންމުކޮށް އުޅެނީ 7000 ރުފިޔާ އާއި 10,000 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައި ކަން ފާހަގަކޮށް ބުނީ ޑިމާންޑް ވަރަށް ރަނގަޅުކަމަށެވެ.

މައި ކޭކްސް އެންޑް ސްވީޓްސް އިން އަޅައިފައިވާ ކޭކުތަކެއް

އަރޯމާ ކެފޭ އެންޑް ބިސްޓްރޯ

ކުލާސްތަކާއި ކޭކުއެޅުމުގެ އިތުރަށް މުޖުތަބާ ދަނީ 4 މަހެއްހާ ދުވަސް ކުރިން Aromacaféandbistro ނަމުގައި ކެފޭއެއް ވެސް ހިންގަމުންނެވެ. ޗިލީ ޗިކަން ޕިއްޒާ، މީޓްބޯލް ޕިއްޒާ، ތަންދޫރީ ޕިއްޒާ، ބާބަކިއު ސޮސެޖް ޕިއްޒާ، ޓޫނާ ޕިއްޒާ އަދި ބީފްގެ ތަފާތު ވައްތަރުތަކުގެ ޕިއްޒާގެ އިތުރަށް ކުޅިކޮށް ކާން ބޭނުންވާ މީހުންނަށް ޚާއްސަ ޕިއްޒާތަކެއް ވެސް ދަނީ މިތަނުން ވިއްކަމުންނެވެ. އަދި ޕާޓީތަކަށް ހެދިކާ ތައްޔާރުކޮށްދިނުމުގެ އިތުރަށް 'ހެލްތީ ޑައިޓް ފުޑް' ފޯރުކޮށްދިނުމަކީ ވެސް ކުރާ ކަމެކެވެ. ޑެލިވަރީ ޚިދުމަތްވެސް ފޯރުކޮށްދެއެވެ.

ޕޭޖު އަދި 9550050 ފޯނުނަންބަރު މެދުވެރިކޮށް އޯޑަރު ނަގަމުން އަންނައިރު، މުޖުތަބާ އަކީ މިދާއިރާގެ އެންމެފަހުގެ މެޝިނަރީސް އާއި މުވައްޒަފުންނާއެކު ފުޅާދާއިރާއެއްގައި ވިޔަފާރި ކުރިއަށްގެންދާ މީހެކެވެ. ވަޒީފާގައި 5 ދިވެހިންނާއި އެހީތެރިވުމަށް ބޭރު 2 މީހުން އުޅޭކަމަށް ވަނީ ބުނެފައެވެ.

އެންމެބޮޑު ހުވަފެން

މުޖުތަބާ ދެކޭ އެންމެބޮޑު ހުވަފެނަކީ ބައިނަލްއަގްވާމީ ފެންވަރުގެ ސެޓިފިކެޓް ލިބޭނެފަދަ ކޯސްތަކެއް ހިންގުމެވެ.

" ރާއްޖޭގަ ވަރަށް ނުހުރޭ ސީދާ ތަނުން ތަމްރީންވެގެން ވަޒީފާއަށް ނުކުންނަވަރުގެ ޕޭސްޓްރީ ދާއިރާގެ ޑިޕްލޮމާ ފެންވަރުގެ ތަމްރީންހިންގާ ތަނެއް.

އިންޓަނޭޝަނަލް ސެޓިފިކެޓް ލިބޭ ފެންވަރުގެ ތަނެއް ހުޅުވަން ބޭނުންވަނީ. ރަނގަޅު ތަންތަނާ ވާހަކަދައްކަމުން މިދަނީ".

މައި ކޭކްސް އެންޑް ސްވީޓްސް އިން އަޅައިފައިވާ ކޭކުތަކެއް

ދޭން ބޭނުންވާ މެސެޖު

ގިނަ އަދަދެއްގެ ކުދިންނާއި މީހުން ތަމްރީން ކޮށްދީފައިވާއިރު މުޖުތަބާގެ ތަޖުރިބާގައި ބުނީ ކޭކު ވިޔަފާރި އަކީ އަންހެނުންގެ އިތުރުން ފިރިހެނުންވެސް އާމްދަނީ ހޯދުމަށް ކުރަން ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ. މުޖުތަބާގެ އުންމީދަކީ މިދާއިރާއިން ވީހާވެސް ގިނަ މީހުން ތަމްރީނުކޮށް، ޚިދުމަތް ހޯދާ މީހުންނަށް ރީތި ރަހަމީރު ކޭކާއި ޕިއްޒާ ފޯރުކޮށްދިނުމެވެ. 

+1
0
+1
15
+1
8
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް