November 23, 2024 16:31
Advertisement

-Advertisement-

ލޮލުގެ ފެނުން ރަނގަޅުވުމަށް އެހީތެރިވެދީ ގިނަ ފައިދާތަކެއް ލިބޭ މޭވާއެއް

މޭވާއަކީ ހަށިގަނޑަށް ނުހަނު ގިނަ ފައިދާ ލިބޭ، ކެއުމުގައި ހިމަނަންޖެހޭ އެއްޗެކެވެ. އާއްމުކޮށް ކައިއުޅޭ މޭވާ އާއި ތަފާތު މޭވާތައް ހުންނަކަމީ ބައެއް މީހުންނަށް ނޭނގި އޮންނަ ކަމެކެވެ. ސަބަބަކަށް ވެފައިވަނީ ހުރިހާ ވައްތަރެއްގެ މޭވާއަކީ ރާއްޖެއިން ލިބެންހުންނަ މޭވާއަށް ނުވާތީއެވެ. މިގޮތުން މިފަހަރު މިކިޔައިދެންއުޅޭ މޭވާއަކީ ވަރަށް ތަފާތު މޭވާއެކެވެ. 

ޕަރސިމަންއަކީ ރާއްޖޭގައި މަދުން ލިބެން ހުންނަ ގިނަ މީހުންނަށް އާއްމުވެފައި ނުވާ މޭވާއެކެވެ. ޕަރސިމަންއަކީ އޮރެންޖް ޓޮމާޓޯ ބައްޓަމަށް ހުންނަ ވަރަށް މީރު ފޮނިރަހައެއް ހުންނަ މޭވާއެކެވެ. ބަލާބެލުމަށް އެހާމެ ރީތި އޮފެއް ހުންނައިރު މިމޭވާ ފެނުމުން ކާހިތްވާނެކަން ގައިމެވެ.

ޕަރސިމަންއަކީ އޭޝިއާއަށް އާއްމު އަދި ބޮޑަށް ޖަޕާނާއި ޗައިނާގެ މީހުންގެ ތެރޭގައި ވަރަށް މަގުބޫލު މޭވާއެކެވެ. މީގެއިތުރުން ތައިލެންޑް، މެލޭޝިއާ އަދި ސިންގަޕޫރުގައިވެސް މިމޭވާ ހުރެއެވެ. މިމޭވާ އެމެރިކާގައިވެސް އަންނަނީ އާއްމުވަމުންނެވެ. މިމޭވާގެ ދެވައްތަރެއް ހުރެއެވެ. އެއީ ޖަޕަނީސް ޕަރސިމަންއާއި އެމެރިކަން ޕަރސިމަންއެވެ. އެއަށް ދެވިފައިވާ ޚާއްސަ ނަންތަކެއް ހުރެއެވެ. 'ދަ ފުރުޓް އޮފް ގޯޑް'، 'ދަ އެޕަލް އޮފް ދަ އޯރިއަންޓް'، 'ޖޯވްސް ފަޔަރ' އަދި 'ނޭޗަރސް ކެންޑީ' އެވެ. މިއީ ތޮއްޓާއެކުވެސް ކާލެވޭން މޭވާއެކެވެ. އަދި މީގެ އިތުރުން ކައްކައިގެންނާއި ހިއްކައިގެންވެސް ބޭނުން ކުރެވިދާނެއެވެ. ސެލެޑް ހެދުމަށާއި ސްމޫތީ ހަދައިގެން ވަރަށް މީރުވާނެއެވެ. މިމޭވާގެ ފައިދާތައް ވަރަށްވެސް ގިނައެވެ.

Advertisement

ލޮލުގެ ފެނުން ރަނގަޅުކޮށްދިނުމަށް އެހީއެއް:

މިމޭވާގައި ވިޓަމިން އޭ ގެ މާއްދާ ވަރަށް ބޮޑަށް ހިމެނިފައިވާތީ މިވިޓަމިންގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށްދިނުމަށް އެހީވެދެއެވެ. ލޮލުގެ ނާރުތަކުގެ ބާރުގަދަކޮށްދީ ލޮލުގެ ފެނުން ގިނަދުވަހު ހުރުމަށް އެހީތެރިވެދޭ މިމޭވާއަކީ ލޮލަށް ޖެހޭ ބައެއް ބަލިތައް ކަހަލަ 'ގުލުކޯމާ' އަދި 'ނައިޓްބްލައިންޑްނަސް' ކަހަލަ ނުރައްކާތެރި ބަލިތަކަށް ހުށަހެޅުމަށް ފުރުސަތު ކުޑަކޮށްދޭ މޭވާއެކެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން ލޮލުގެ ފެނުމަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމަކަށްވީނަމަވެސް މިމޭވާއިން އެއަންނަ ބަދަލު ކުޑަކޮށްދެއެވެ.

ހަކަތަ އިތުރުކޮށްދީ ދުވަހުގެ މަސައްކަތްތަކަށް އެހީއެއް:

ޕަރސިމަންއަކީ މީހާގެ ހަކަތަ އިތުރުކޮށްދީ ވަރުބަލިކަމެއްނެތި މަސައްކަތުގައި އުޅުމަށް އެހީތެރިވެދޭ މޭވާއެކެވެ. ކާބޯހައިޑްރޭޓް ބޭނުން ނުކުރިކަމުގައިވިޔަސް މިމޭވާއިން އެކަމަށްވެސް އެހީތެރިވެދީ އަދި ފައިބަރ ވެސް ވަރަށް ބޮޑަށް އެކުލެވިފައިވެއެވެ. އިންސާނާގެ ހަށިގަނޑަށް ބޭނުންވާ އެންމެ މުހިއްމު މާއްދާތައް ލިބިދިނުމުގައި އެހީތެރިވެދީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްވެސް އެހީތެރިވެދެއެވެ. ޑައިޓް ކުރާ މީހުންނަށް ޕަރސިމަންއަކީ ވަރަށް މުހިއްމު މޭވާއެކެވެ. ބްލަޑް ޝުގަރ ދަށްކޮށްދީ ސްޓްރޯކް ޖެހުމުގެ ފުރުސަތުވެސް ކުޑަކޮށްދިނުމަށް އެހީއަކަށްވެއެވެ.

ބޮޑުކަމުދިއުމަށް އެހީތެރިވެދީ ބަނޑުހިކުމުން ދުރުކޮށްދޭ

އާއްމުގޮތެއްގައި ޕަރސިމަން ކާނަމަ ބަނޑުގެ މައްސަލަތަކަށް ފަސޭހަވެގެންދެއެވެ. ފައިބަރ ގިނައިން އެކުލެވޭ މިމޭވާގެ ސަބަބުން ޑައިޖެސްޓް ކުރަން ފަސޭހަވެ ބަނޑު ހަރުވެގެން އުޅެންޖެހޭ ވޭނުން ސަލާމަތްކޮށްދެއެވެ. 6 ގްރާމް ހުންނަވަރުގެ ފައިބަރ އާއި އެއް ޕަރސިމަންއާއި އެއްވަރެވެ. ފައިބަރގެ މާއްދާ ހަށިގަނޑަށް ނުލިބޭނަމަ މިމޭވާ މިކަމަށް އެހީތެރިވެދެއެވެ.

ހުޅުހުޅުގައި ރިހުމަށް އެހީއެއް

އާއްމުކޮށް ހުޅުހުޅުގައި ރިއްސަނީ އާތްރައިޓިސްގެ މައްސަލަ ދިމާވުމުންނެވެ. 'އިންފްލަމޭޝަން' ދަށްކޮށްދިނުމުގައި ޕަރސިމަންއަކީ އެހާމެ ހައިރާން ކުރުވަނިވި މޭވާއެކެވެ. 'އިންފްލަމޭޝަން' އަކީ އާތްރައިޓިސްއާއި ގުޅިފައި ހުންނަ ކަމަކަށްވާތީ މިމޭވާ މިގޮތުން އެހީތެރިވެދެއެވެ. މިމޭވާ އަކީ ވިޓަމިންސީގެ ގިނަ މާއްދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ. ވިޓަމިންސީ އަކީ ފްރީ ރެޑިކަލްސްއިން ސަލާމަތްވުމަށް އެހީތެރިވެދޭ އެއްޗެކެވެ.

 

މައުލޫމާތު: ވެރީވެލްފިޓް/ ވެލް އެންޑް ގުޑް ވެބްސައިޓް

+1
0
+1
4
+1
6
+1
2
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް