October 6, 2024 12:21
Advertisement

-Advertisement-

ނުކައި ދޫކޮށްނުލެވޭވަރުގެ ފައިދާހުރި މޭވާއެއް!

ވައްތީނި ގަހަކީ 1-12 މީޓަރ އުސްމިނުގައި ހެދޭ ފަތުގެ ދިގުމިނުގައި 12-25 ސެންޓިމީޓަރ އަދި ފުޅާ މިނުގައި 10-18 ސެންޓިމީޓަރު ހުންނަ ތީނި އާއިލާގެ ގަހެކެވެ. މިގަހުގައި އަޅާ ވައްތީނި މޭވާއެއްގެ ބޮޑު މިނުގައި 3-5 ސެންޓިމީޓަރު ހުންނައިރު މިމޭވާ ދޮންނުވާއިރު ފެހިކުލަ އަދި ދޮންވުމުން ހުންނަނީ ދަނބުކުލައެވެ.

ވައްތީނި ގަހެއް

ގިނަ ފައިދާތަކެއް ވައްތީނީގައި

ވައްތީނި އަކީ ސޯޑިއަމް މާއްދާ މަދުން އެކުލެވޭ، ޕޮޓޭސިއަމް ގިނައިން ހިމެނޭ މޭވާއެކެވެ. ލޭމައްޗަށް ދިއުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ އަދި ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދޭ މާއްދާތައް ގިނައިން ހުންނަ މޭވާ އެކެވެ.

Advertisement

ހަށިގަނޑުގެ ކަށިތައް ވަރުގަދަ ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މޭވާ އެކެވެ. ގިނަ އަދަދަކަށް ފައިބަރ އެކުލެވޭ މި މޭވާ ބަރުދަން ލުއިކުރުމަށް ވެސް ބޭނުން ކުރެވިދާނެއެވެ. ވައްތީނީގައި ފައިބަރު ގިނައިން ހުރުމުން ގޮހުރުގައި ހުންނަ ކެންސަރަށް މަގުފަހިކުރުވާ މާއްދާތައް ނައްތާލުމަށް އެހީތެރިވެދެއެވެ. އަދި އުރަމަތީގެ ކެންސަރު ޖެހުމުންވެސް ދުރުކޮށްދޭ މާއްދާތަކެއް ހިމެނޭ މޭވާ އެއްކަމުން މިއީ އެއް މޭވާއަކުން އެންމެ ގިނަ ސިއްހީ ފައިދާ ލިބިގެންދާ މޭވާތަކުގެ ތެރޭގައި ހިމެނޭ މޭވާއެކެވެ. އެހެންނަމަވެސް ތަޖުރިބާކާރުން ލަފާދެނީ ދުވާލަކު ތިން ވައްތީނި އަށްވުރެ ގިނައިން ނުކެއުމަށެވެ. އެއީ މާގިނައިން ކައިފިނަމަ ބޭރަށްހިންގުން ފަދަ ކަމެއް ދިމާވެދާނެތީއެވެ.

ވައްތީނި ހިއްކައިގެންނާއި އަދި ޖޭމް ތައްޔާރުކޮށްގެންވެސް ބޭނުންކޮށް އުޅެއެވެ. އެތެރޭގައި ކުދި އޮށްތަކެއް ހުންނަ ވައްތީނިން ޚާއްސަ ސަރުބަތެއްވެސް ތައްޔާރުކޮށް އުޅެއެވެ. ވައްތީނި ކެއުމުގައި ބޭނުންކުރުމަށް އެންމެ ރަނގަޅު ގަޑިއަކީ ހެނދުނު ކަމަށް ލިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ. 

އެންމެ ފާހަގަކުރެވޭ ކަމަކީ ވައްތީނި އަކީ ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ މޭވާއަކަށް ވުމެވެ. 

މައުލޫމާތު: ޕްލާންޓް ވިލެޖް، ޕްލާންޓް.ސެސް، ބްރިޓޭނިކާ

+1
0
+1
1
+1
5
+1
0
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް