November 23, 2024 10:44
Advertisement

-Advertisement-

ގޭގައި ބޭނުންކުރާ މިތަކެއްޗާމެދު ސަމާލުވަނީ ކިހާވަރަކަށް؟

ގެންގުޅޭ ކޮންމެ އެއްޗަކީ ހަލާކުވެ ބާވާނެ ތަކެއްޗެވެ. ކާއެއްޗެއްނަމަ މުއްދަތު ހަމަވާނެއެވެ. މާގިނަ ދުވަހު ބޭނުންކުރުމުން އޭގެ ބޭނުން އެންމެ ރަނގަޅަށް ނުކުރެވިދާނެ އެއްޗެހިވެސް ހުރެއެވެ. ހިފާގެންގުޅޭ ތަކެއްޗަކީ ވަކި ދުވަހެއް ވުމުން ބަދަލުކުރަންޖެހޭނެ ތަކެއްޗެވެ. އެހެންނަމަވެސް މިކަމަށް އިސްކަންދެނީ ކިތައް މީހުން ހެއްޔެވެ؟

ބަދިގޭގައި ގެންގުޅޭ ސްޕޮންޖް

ބަދިގޭގައި ގެންގުޅޭ ސްޕޮންޖަކީ ފެންވަރު ރަނގަޅު އެއްޗެއް ކަމުގައިވީނަމަވެސް އެއީ ވަރަށް އަވަހަށް ބަދަލުކުރަންޖެހޭނެ އެއްޗެކެވެ. އަބަދުވެސް ކޮންމެވެސް ސަބަބަކާއިހުރެ ސްޕޮންޖް ބަދަލު ކުރަން ހަނދާން ނުވެދާނެއެވެ. ރިސާޗުތަކުން ދައްކާ ގޮތުގައި ސްޕޮންޖަކީ އެންމެ ނުރައްކާތެރި ޖަރާސީމު އުފައްދައިދޭ އެކައްޗެވެ. 'ސަލްމޮނެއްލާ' ފަދަ ޖަރާސީމު އުފެދިދާނެތީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަންޖެހެއެވެ.

Advertisement

ޕްލާސްޓިކް މަތިޖެހި ތަށި

ޕްލާސްޓިކް މަތިޖެހި ތައްޓަކީ އެކިއެކި އެއްޗެހި ރައްކާކުރުމަށް އަބަދުވެސް ބަދިގޭގައި ބޭނުންކުރަންޖެހޭ އަދި ފަސޭހައިން އަތުޖެހޭ ހިސާބެއްގައި ހުންނަ އެއްޗެކެވެ. މިހެން ބަހައްޓާ އެއްޗެހި އެހާގިނަދުވަހު ބެހެއްޓުމަކީ ރައްކާތެރިކަމެއް ނޫނެވެ. ޕްލާސްޓިކް ކޮންޓެއިނާގައި ކާއެއްޗެހި ރައްކާކުރާނަމަ ކޮންމެ 6 މަހަކުން އެއްފަހަރު އައު ކުރަންޖެއެވެ. ބައެއްފަހަރު ކާއެއްޗެހި ގަނެގެން ގެއަށް ގެންނައިރު އެ ބަންދުކޮށްފަ ހުންނަ ޕެކެޓް ނައްޓާލުމަށްފަހު އޭގަ ހުންނަ އެއްޗެހި ރައްކާކުރަންޖެހެއެވެ. އޭގެ ސަބަބުން މުއްދަތު ހަމަވާ ތާރީޚް ނޭނގެއެވެ.

ދަތްއުނގުޅާ ބުރުސް

ދަތްއުނގުޅާ ބުރުހަކީ ވަރަށް އަވަހަށް ބަދަލުކުރަންޖެހޭ އެއްޗެކެވެ. އެންމެ ގިނައިން ޖަރާސީމު ހަރުލާ އެކަތިކަމަށްވެއެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ދަތްއުނގުޅާ ބުރުހަކީ ބަދަލުކުރަންޖެހޭ އެއްޗެއް ނޫނެވެ. ދަތްއުނގުޅާ ބުރުހަކީ ކޮންމެ 2 މަހަކުން ބަދަލުކުރަންޖެހޭ އެއްޗެކެވެ. އިލެކްޓްރިކް ބުރުހެއްނަމަ ކޮންމެ 12 ހަފްތާއަކުން ބަދަލުކުރަން ވާނެއެވެ. އަދި ކުޑަކުދިން ދަތް އުނގުޅުމަށް ބޭނުންކުރާ ބުރުސް މިއަށްވުރެ އަވަހަށް ބަދަލުކުރުމަށް އިސްކަންދޭންވާނެއެވެ. އާދައިގެ ދަތްއުނގުޅާ ބުރުހެއްނަމަ މަހަކު އެއްފަހަރު ބަދަލުކުރެވިދާނެއެވެ. 

ފާޚާނާ އުނގުޅާ ބުރުސް

ފާޚާނާ އުނގުޅާ ބުރުހަކީ ފާޚާނާ ސާފުކުރުމަށް ބޭނުންކުރާ ބުރުސް ކަމުގައިވީނަމަވެސް އެބުރުސް ސާފުކުރަން ވަރަށް ގިނަ މީހުން ހަނދާންނެތެއެވެ. މިއީވެސް ޖަރާސީމު ގިނައިން އުފެދޭ އެއްޗެކެވެ. ބުރުސް ސާފު ނުކޮށް ނުވަތަ އައު ނުކޮށް ގިނަ ދުވަހު އެބުރުސް ބޭނުންކުރުމަކީ ސިއްޚީގޮތުން އެހާ ރައްކާތެރިކަމެއް ނޫނެވެ. ފާޚާނާ ސާފުކުރާ ބުރުހަކީ އާއްމުގޮތެއްގައި ކޮންމެ 6 މަހަކުން ބަދަލުކުރަން ޖެހޭ އެއްޗެކެވެ.

ގޭތެރޭގައި އޮންނަ ކާޕެޓް

ގޭތެރޭގައި އޮންނަ ރަގް ނުވަތަ ކާޕެޓަކީ ވަރަށް ފަސޭހައިން ހިރަފުސް ހަރުލާއެއްޗެކެވެ. އާއްމުގޮތެއްގައި އެސާފުކުރަނީ ވެކިއުމް ކްލީނަރ އެއްކަހަލަ އެއްޗެއް ބޭނުންކޮށްގެންނެވެ. މިއީ ހަފްތާއަކު އެއްފަހަރު ނުވަތަ 2 ފަހަރު ސާފުކުރަންޖެހޭ އެއްޗެކެވެ. އަދި ކޮންމެ 2 އަހަރަކުން އެއްއަހަރު އައުކުރަންޖެހެއެވެ.

ފާޚާނާގައި ހުންނަ ޝަވަރ ކަރޓްން

ގިނަ މީހުން ހީކުރާގޮތުގައި 'ޝަވަރ ކަރޓްން' އަކީ ހަލާކުވުމުން ނޫނީ ބަދަލުކުރަން ނުޖެހޭ އެއްޗެކެވެ. ކުރިންވެސް ބުނިފަދައިން ފާޚާނާއަކީ ގިނައިން ޖަރާސީމު އުފެދޭ އެއްތަނަށްވާއިރު ޝަވަރ ކަރޓްންއަކީވެސް ހަމަ އެފަދައިން ބެކްޓީރިއާ ހަރުލާނެ އެއްޗެކެވެ. އާއްމުކޮށް ހަފްތާއަކު ދެފަހަރު ޝަވަރކަރޓްން ދޮވެ ސާފުކުރަންޖެހެއެވެ. އަދި ޝަވަރކަރޓްންއަކީ ކޮންމެ އަހަރަކުހެން ބަދަލުކުރަންޖެހޭ އެއްޗެކެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް