September 21, 2024 00:21
Advertisement

-Advertisement-

ފޮޓޯ: ގީކްސް ފޮރް ގީކްސް

ސްމާޓްކޮމް ފެއާގައި ބައިވެރިވެގެން ސައިބަރ ކުށްތަކުން ސަލާމަތްވުމަށް މަސައްކަތް ކުރެވިދާނެ!

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމް އިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ސްމާޓްކޮމް ފެއާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތަފާތު އެކި ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންތައް، ވެބްސައިޓްތައް، އަދި އެހެނިހެން ޑިޖިޓަލް ވަސީލަތްތަކާ ގުޅޭ އެންމެ ފުރިހަމަ މަޢުލޫމާތު ކަސްޓަމަރުންނަށް ދިނުމަށް މިފެއާއިން އެހީތެރިކަން ހޯދިދާނެއެވެ.

" ތަފާތު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާ އެނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާގޮތާބެހޭ މަޢުލޫމާތު ވީހާވެސް ގާތުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މި އިވެންޓަކީ ރަނުގެ ފުރުސަތެއް. މި ފެއާ ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރި ކުރުވާ އަދި ސްމާޓް ސިޓީއަކަށް ސްމާޓް ރައްޔިތުން ތައްޔާރު ކޮށްދިނުމަށް ގުޅިގެން ކުރެވޭ މުހިންމު މަސައްކަތަކަށް. މީގެ އިތުރުން މިފަދަ އިވެންޓްތަކުން ތަފާތު ސައިބަރ ކުށްތައް އާއްމުވެފައިވާ މިފަދަ ޒަމާނެއްގައި މުޖުތަމަޢު މިކަންކަމުން ސަލާމަތް ކުރުމަށް ހޭލުންތެރި ކުރުވުމަށް އެހީތެރި ވެދެވޭނެ". އެޗްޑީސީ އިން މައުލޫމާތު ދިނެވެ.

Advertisement

މި ފެއާގައި ސްމާޓް ސިޓީ ސޮލިއުޝަންތަކާބެހޭ މުހިންމު މައުލޫމާތާއި، އެހެނިހެން ޑިޖިޓަލް ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު، އަދި ސައިބަރ ކުށްތަކުން ސަލާމަތްވާނެ ގޮތްތަކާ ބެހޭ ޕްރެޒެންޓޭޝަންތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

" މި ފެއާގައި ބައިވެރިވާ ފަރާތްތަކަށް އެފަރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންވާ ސްޓޯލް މި ކުންފުނިން ހަމަޖައްސައިދޭނެ. ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ލިންކުގައިވާ (https://bit.ly/3SVURYo) ފޯމު ފުރާލުމުން ރަޖިސްޓްރީ ވެވޭނެ". އެޗްޑީސީ އިން މައުލޫމާތު ދިނެވެ. 

މީގެ ފަހުން ކޮންމެ އަހަރަކުވެސް މިފެއާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ސްމާޓްކޮމް އަދި އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކު ޚިދުމަތްތައް ފެށިތާ އެއްއަހަރު ވުމާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ދަނީ ބާއްވަމުންނެވެ. މިގޮތުން އެކުންފުނިން ސަރުކާރުގެ އެކި މުއައްސަސާތަކާއި، ކުންފުނިތަކާއި އަދި އަމިއްލަ ތަފާތު ވިޔަފާރިތަކާއި ގުޅިގެން ސްމާޓްކޮމް ފެއާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ ދެވަނަ ދުވަހުގައެވެ. މި އިވެންޓާބެހޭ އިތުރު މަޢުލޫމާތު [email protected] އަށް އީމެއިލް ކުރުމުން ލިބިވަޑައިގަންނަވާނެއެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް