November 23, 2024 14:25
Advertisement

-Advertisement-

އުފަންވިއިރުވެސް ލޯ ނެތް މިކުއްޖާއަށް ފެންނަނީ އަތުގެ އެހީގައި ކަމަށް ދަނީ ބުނަމުން

ދުނިޔެއަށް އުފަންވުމުގައި ބައެއް ކުދިންނަކީ ލޮލަށް ފެނުން، ކަންފަތަށް އަޑުއިވުން، ވާހަކަދެއްކުން ކަހަލަ ކަންކަމުން މަހްރޫމުވެފައިވީނަމަވެސް ކޮންމެވެސް އެހެން ކަހަލަ ހުނަރެއް ލިބިފައިވާ ކުދިންނެވެ. ހުރިހާ ކުދިންނަކީ އެންމެ ފުރިހަމަގޮތުގައި ދުނިޔެއަށް އުފަންވާ ކުދިން ކަމުގައި ނުވެދާނެއެވެ. އެހެންނަމަވެސް އެކުދިންނަކީވެސް މުޖުތަމައަށް މަންފާ ކުރާނެ ކުދިންކަމުގައި ބަލައިގަންނަންވާނެއެވެ. އެއްވެސް ކުއްޖަކީ ބޭކާރުކޮށް ބާކީކޮށްލައިގެންވާނެ ކުދިންނެއް ނޫނެވެ. ކޮންމެ ކުއްޖަކީވެސް ލޯތްބާއި އަޅާލުން ބޭނުންވާނެ ކުދިންނެވެ.

މޮނޮރޮއި އޭނާގެ މަންމައާއެކު

އުމުރުން އެންމެ 8 އަހަރުގެ 'މޮނޮރޮއި ވުރައިޓް' ނަމަކަށް ކިޔާ މިކުއްޖާއަކީ ދުނިޔެއަށް އުފަންވިއިރުވެސް (އައިބޯލްސް) ނުހުންނަ ކުއްޖެކެވެ.

'މޮނޮރޮއި'ގެ މަންމަ ހެވަން ބުނިގޮތުގައި ޑޮކްޓަރު އެންމެ ފުރަތަމަވެސް މިކުއްޖާގެ ލޯ ނެތްކަމަށް ބުނުމުން ލިބުނު ހައިރާންކަން ވަރަށް ބޮޑުވިއެވެ. މިކަމުގެ ސަބަބުން 'މޮނޮރޮއި'ގެ މަންމަ 'ހެވަން' ވަރަށް ގިނަ ދިރާސާތައް ހެދިއެވެ. އަދި މިކަމަށް ބޭނުންވާ ތެރަޕީއާއި ފަރުވާ ބަރާބަރަށް ދެމުން ގެންދިޔައެވެ.

Advertisement

މިބައްޔަކީ 10000 އަކުން 1 އަށް ޖެހޭ ބައްޔެކެވެ. "ބައިލެޓްރަލް އެނޮޕްތަލްމިއާ" މިބައްޔަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. މޮނޮރޮއި އަކީ ލޮލަށް ނުފެނުނު ކަމުގައިވިޔަސް ވިސްނުން ތޫނު ކުއްޖެކެވެ. 'އައި ސީ ވިތް މައި ހޭންޑް' 'މޮނޮރޮއި' ވަރަށް އުފަލާއެކު ބުނެލައެވެ. 'މޮނޮރޮއި'ގެ މަންމަ ބުނާގޮތުގައި އެނދުގެ ބެޑްޝީޓް އެޅުން ކަހަލަ ކަންކަންވެސް ދަރިފުޅު ދަނީ އަމިއްލައަށް ކުރަމުންނެވެ.

'މޮނޮރޮއި' ބުނާގޮތުގައި އޭނާއަށް ހުރިހާ ކަމެއްވެސް އަމިއްލައަށް ކުރެވެއެވެ. " 'މޮނޮރޮއި' އަކީ އަމިއްލައަށް މަސައްކަތްތައް ކުރާ ކުއްޖެއް، ގެންގުޅެން ވަރަށް ފަސޭހަ ވަރަށް ބަސްއަހާ ކުއްޖެއް" 'މޮނޮރޮއި'ގެ މަންމަ އުފަލާއެކު ފާހަގަކުރިއެވެ. 'މޮނޮރޮއި' އެންމެ ކުރާހިތްވާ ކަމަކީ ޕިއާނޯ ކުޅުމާއި ޑްރަމް ކުޅުމެވެ. އަދި ހަމަ އެހާމެ މޮޅަށް ލަވަވެސް ކިޔައެވެ. 'މޮނޮރޮއި'ގެ އެންމެ މަގްބޫލު ލަވަކިޔުންތެރިއަކީ މައިކަލްޖެކްޝަން ކަމުގައި ފާހަގަކުރިއެވެ.

ރިކާއާނިޔޯ އާއެކު މޮނޮރޮއި

'މޮނޮރޮއި' މަންމަގެ ހިތްވަރުން މިބައްޔާބެހޭގޮތުން ހޯދުންތައް ހޯދައި މިކަހަލަ ކުދިންނަށް ފަރުވާ ދިނުމަށް ސެންޓަރަކަށްވެސް ގެންދެއެވެ. ރިކާއާނިޔޯ ކިޔާ 'ބްލައިންޑް އޯގަނައިޒޭޝަން' އެއް ހިންގާ ލޮލަށް ނުފެންނަ މީހެއްގެ އެހީ ވަރަށް ބޮޑަށް ލިބެމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

ލޮލަށް ނުފެންނަ މިކުއްޖާ ކިޔަވަނީ އަތުގެ އެހީގައެވެ. އަތް ޖައްސާފައި ލިޔެފައި ހުންނަ ޖުމްލަ އެއްޗެހިވެސް ކިޔައެވެ. 'މޮނޮރޮއި'ގެ އުމުރުން އެހާ ކުޑައިރު ކިޔަވައިދޭން ފެށުމުން ކިޔަވައިދިނުމަށް ވަރަށް ފަސޭހަ ކަމަށް ޓީޗަރު ފާހަގަކުރެއެވެ. މޮނޮރޮއިގެ މަންމަ ބުނާ ގޮތުގައި މޮނޮރޮއި އަކީ ވަރަށް ހިތްވަރުގަދަ، ކެރޭ އަދި އެހާމެ އަޒުމު ވަރުގަދަ ކުއްޖެކެވެ.

މައުލޫމާތު: ލެޖިޓް. އެންޖީ

+1
0
+1
9
+1
5
+1
1
+1
3
+1
1
+1
3

Advertisement

ގުޅުންހުރި ލިޔުންތައް