September 20, 2024 21:31
Advertisement

-Advertisement-

ޒީޓައިމްސް ބަދިގެ: ވަޅޯމަސް ސްޕެގެޓީ

ބޭނުންވާތަކެތި:

އޮލިވް އޮއިލް

1/2 ބޮނޑި ސްޕެގެޓީ

Advertisement

2 ގަނޑު ވަޅޯމަސް (ކުޑަކޮށްހަރުކޮށް ހުންނަ)

2 ހިކަނދިފަތް

1 މޭޒުމަތީ ސަމުސާ ޗިލީ ފްލޭކްސް

3 ހިކިމިރުސް

1 ލީކްސް

5 މޭޒުމަތީ ސަމުސާ އޮއިސްޓަރސޯސް (ލޮނުރަހަދޭވަރަށް)

4 ލޮނުމެދު

1 ފިޔާ

ލޮނު

ތައްޔާރުކުރާނެ ގޮތް:

ލޮނު އަދި ކުޑަތެޔޮފޮދެއް އަޅައިގެން ސްޕެގެޓީ ފެނުގައި ކައްކާށެވެ. އެއަށްފަހު ފެން ފުރާނާފަ ބަހައްޓާށެވެ. 

ތެލި އުނދުންމައްޗަށް އުދާފަ އޮލިވް އޮއިލް، ފިޔާ، ލޮނުމެދު، ލީކްސް، ހިކިމިރުސް އަދި ހިކަނދިފަތް އަޅާފަ ފިޔާގަނޑު ވަޅޯވަންދެން ކައްކާށެވެ. އެއަށްފަހު ވަޅޯމަހާއި ޗިލީފްލޭކްސް އަޅައިގެން އިރުކޮޅަކަށް ކައްކާށެވެ. އޮއިސްޓަރސޯސް އަޅާފަ އެއްކޮށްލާށެވެ. ކުޑަފެންފޮދެއް އަޅާފަ އެއްކުރުމަށްފަހު ސްޕެގެޓީ އަޅާ އެއްކޮށްލާށެވެ. 

+1
0
+1
8
+1
1
+1
2
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް