ދުވަސްތައް މާޒީއާއި އެކުވެދެއެވެ. ދެކުދިންވެސް އުޅެމުން އަންނަނީ ހިތްހަމަޖެހުމާއި އުފަލުގައެވެ. އެދުވަސްވަރާއި އެއްގޮތަށް ފިނިބުރު ޖެހުމަކީ ދެކުދިންގެ އާދައެކެވެ. އެއީ ހެނދުނާއި ހަވީރު ގައެވެ. ހަވީރު ދަންފަޅީގައި ދެކުދިން ވަރަށް ގިނަވަގުތު ގެއިންބޭރުގައި އުޅެއެވެ. ބައެއްފަރު ރައްޓެހި ކުދިންގެ ދައުވަތުތަކަށްވެސް ހާޒިރުވެއެވެ.
ދޯރާ ބުއިމާއި ކުރުނބާ ބުއިމުގަ ކޮންމެ ދުވަހަކު ދެކުދިން އުޅެމުންދަނިކޮށް އުލްފާގެ ބަނޑަށް ގޮތެއްވާން ފެށުމުން ޝާހު ކައިރީގައި މިވާހަކަ އުލްފާ ބުނެލިއެވެ. ދެކުދިން އެކުގައި ދިޔައީ އަތިރިއަށެވެ. އެވަގުތަކީ ރޭގަނޑު ހަތްގަޑި ތިރީސްވީ ވަގުތެވެ. އުލްފާ ހޭޅިފަށުގައި އަތިރިއަކަށް ދާން އިށީނެވެ. ތަންކޮޅެއްދުރުގައި ޝާހު މަޑުކޮށްގެން ހުއްޓެވެ. އޭގެ ފަނަރަވަރަކަށް މިނިޓް ފަހެވެ. އުލްފާ ވަރަށްބާރަށް ހަޅޭލަވަން ފެށިއެވެ. ޝާހު އަށް މިއަޑު އިވުމާއެކު ދުވެގޮސް އުލްފާ އާއި ކައިރިވެލިއެވެ. ޝާހު އަކަށް މީހަކު ނުވަތަ އެއްޗެއްވެސް ނުފެނުނެވެ. އެކަމަކު އުލްފާގެ ހަޅޭކުގެ އަޑު މިހާރު ރުއިމަކަށް ބަދަލުވެއްޖެއެވެ.
ޝާހު ވީކީއްތޯ ސުވާލު ކޮށްކޮށް އުލްފާ ޖަވާބެއް ނުދިނެވެ. ޝާހު ވަރަށް ކަންބޮޑުވިއެވެ. އުލްފާގެ އަތުގަހިފާ އެއްގަމަށް ދެވޭތޯ އުޅެންފެށިއެވެ. އުލްފާގެ ރުއިމުގެ އަޑު ކެނޑި ހޭންފަށައިފިއެވެ. އަދިވެސް ޝާހުގެ ސުވާލަކަށް ޖަވާބެއް ނުލިބެއެވެ. މިވަނީ ކީއްކަމެއް ނޭނގި ޝާހު ބިރުގަނެއްޖެއެވެ. އުލްފާ ނަޖިހުން ތާހިރުނުވެ ރާޅުޖަހާފަށުގައި ހުރެ ހެނީއެވެ. އިތުރު އެހީއަކަށް ބޭނުންވެފާހުރި ޝާހު އުލްފާ ދޫކޮށް މީހަކު ހޯދަން ދާހިތްނުވިއެވެ. ޝާހު އުލްފާގެ އަތުގައި ހިފަހައްޓައިގެން ހުރިއިރު އުލްފާގެ ގަޔަށް އިތުރު ބާރެއް އަންނަކަން އެނގެއެވެ. އުލްފާގެ ބަސްމަގު ހަރުކަށިވެފައި ޝާހު އާއި އެކު ނުދާން ގަދަދައްކަނީއެވެ. ޝާހު ވަރަށް ކަންބޮޑުވެއްޖެއެވެ. ހަދާނެގޮތް ހުސްވެ ހައިރާންވެއްޖެއެވެ. ހިތާމައަކީ އެހިސާބުގަނޑުގައި މީހަކު ފެންނަންނެތުމެވެ. އުލްފާގެ ހުނުމުގެ އަޑު މަޑުމަޑުން ކެނޑި ގައިގެ ހަކަތަ ދޫވާން ފަށައިފިއެވެ. އެއާއެކު ޝާހުގެ އަތްމައްޗަށް އުލްފާ ދެމިއްޖެއެވެ. ހީވަނީ އުލްފާގެ ހެޔަށް ގޮތްވީހެންނެވެ. އެވަގުތު ޝާހު އުލްފާ ނަގައިގެން ގެއަށް ދާން ހިނގައިގަތެވެ. ޝާހު ދިޔައީ އުލްފާގެ ގެއަށެވެ. އުލްފާގެ މަންމައާއި ބައްޕަ ދަރިފުޅަށްވީގޮތެއް އޮޅުންފިޅުވުމުން ޝާހު އެދެމީހުންނަށް ވީގޮތް ކިޔައިދިނެވެ.
އެވަގުތު މަރިޔަމް (އުލްފާގެ މަންމަ) "ކުށަށް" ފެންކިޔަވާ މީހަކު ގެނެސް ފެންޖަހަން ފެށިއެވެ. އުލްފާ ތެޅިފޮޅެނީއެވެ. ޝާހު ދުވަހަކުވެސް ތަޖުރިބާ ނުކުރާކަމަކަށްވުމުން އުލްފާގެ ހާލަތާމެދު ދެރަވެ ހިތާމަކުރަނީއެވެ. ބައެއްފަހަރު ރޯންވެސް ރޮވެއެވެ. ހިތިގަސްކަލޯ (ފެންކިޔަވާ މީހާ) އަށް ޝާހު ފެނުމުން ދެރަނުވުމަށް ހިތްވަރުދެމުންދިޔައެވެ. މިއީ މާބޮޑުކަމެއްނޫނެވެ. ހަތަރު ކިޔެވެލިކިޔެވުމުން ރަގަނޅުވާނެއެވެ. ނަމަވެސް އުލްފާއަށް އެއްވެސް ދެރަގޮތެއްވާން ޝާހު ބޭނުމެއްނުވެއެވެ. މުސްކުޅިން ބުނާގޮތުން ނަމަ އެވަގުތަކީ ރޭގަނޑުގެ ނާމާން ވަގުތެކެވެ. އަދި އެއީ ކާނިގަސް އަތިރިއެވެ. އަދި ބުނެވޭގޮތުގައި ކާނިގަހަކީ އޭގެ ޒާތުގައި ނާމާންކަމުން ފުރިފައިވާ ގަހެކެވެ.
ފެންކިޔަވާމީހާ ގޮތްހުސްވަނީއެވެ. ކިޔަވާ ކިޔެވެއްޔަކަށް، ޖަހާފެނަކަށް އުލްފާ އަކަށް ޝިފާއެއްނުލިބެއެވެ. އުލްފާ ބުނެލިހާވެސް ޖުމްލައަކީ ފުރަތަމަ ހޫނު ވައިރޯޅިއެކެވެ. އެއިރު ރޮވުނީއެވެ. ދެން ފިނި ވަޔެއްގެ އަސަރު ހަށިގަނޑަށް ވެރިވީއެވެ. އެއިރު ހެވުނީއެވެ. އޭގެފަހުގައި ބުނަންނޭގޭހާ ގަދަބާރެއްލިބުނެވެ. އޭގެފަހުގައި ގައިގެ ހަކަތަދޫވެ އަނބުރައިގަތެވެ. ގެއަށް ގެނައީ ކާކުކަމެއްވެސް ނޭނގެއެވެ. އުލްފާއަށް ބުނެލެވުނީ މިހާވަރަށެވެ. އޭނަ ޚަބަރުހުސްވީއެވެ. މަންމަ ގޮވާލީމަވެސް އަތުގެ ހަރަކާތްތަކުން ނުގޮވުމަށް އިޝާރާތުން އަންގައެވެ. ލޯ މެރި އަނގަ ވަނީ ލެއްޕިފައެވެ. މަންމަ އާއި ބައްޕަ ޝާހު އާއި އޭނާގެ ބައްޕަ ވަރަށް ދެރަވެލާފައި ފެންކިޔަވާމީހާ ކުރެން އަހާލިއެވެ. އަހަރެންގެ ދަރިފުޅު އުލްފާއަށް ރަގަނޅުވާނެ ކަމުގެ އުއްމީދު އެބައޮތްތޯއެވެ.؟ ކިޔަވާމީހާ ބުންޏެވެ، ރަނގަޅުވޭތޯ މަސައްކަތް ކޮށްދޭނަމެވެ. ޝިފާދެއްވާނީ ހެއްދެވި ފަރާތުންނެވެ. އެކަމަކު މިބުނާ ތަކެތި ހޯދާށެވެ.
ކިޔަވާމީހާ ބުނިތަކެތި މަރިޔަމް ގެނެސްފިއެވެ. މުޖުމަރާއެއް ހިފައިގެންގޮސް އުލްފާ ފޭބި އަތިރިއަށްގޮސް ކިޔެވެލި ކިޔަވަން ފަށައިފިއެވެ. އެއްވެސްކަމެއް ނުފެނުނެވެ. އުލްފާވެސް ހަމަ އެއޮތް ހާލަތުގައި އަނގައިން ނުބުނެ އޮންނަތާ ތިންދުވަސްވީއެވެ. ޝާހުގެ ހިތާމަ ވަރަށް ބޮޑުވެއްޖެއެވެ. އުލްފާގެ ހާލާމެދު ވިސްނަނީއެވެ. ކިޔަވާމީހާ ދެވަނަރޭވެސް ކިޔަވަން ފަށައިފިއެވެ. ކުރީރެއަށްވުރެ ބޮޑު ކިޔެވެއްޔެކެވެ. ކިޔެވުން ދެބައިވީތަނާ އެމީހާގެ ބޯމަތީން ތިން ރާބޮނދި ތިރިކޮށްފިއެވެ. ހަރުކަށި މަޚުލޫގެއްގެ އަޑުއިވިއްޖެއެވެ. އަހަރުމެންނަށް އުދަގޫނުކުރާށެވެ. ފުދިއްޖެއެވެ. އޭނަ(އުލްފާ) ބޮޑުކަމުދިޔައީ އަހަރުމެންގެ ގަޔަށެވެ. އަހަރުމެން މިތިބީ ނަޖިސްވެފާ. އިތުރުކަމެއް އޭނަޔަށް ނުކުރެވޭވަރު ކުރާނަމެވެ. އޭނަ ރަނގަޅުވިޔަސް ނުކުޅެދުންތެރިއަކަށް ހަދާނަމެވެ. "އެމަޚުލޫގު" ބުނެލިއެވެ. ރެއިން ދިހަޔެއްޖަހައިފިއެވެ. ކިޔަވާމީހާ ކިޔެވުން ހުއްޓާލިއެވެ. ދެރަވެ މާޔޫސްކަމާއެކު އުލްފާ ކައިރިއަށް ގޮސް ބުނެލިއެވެ. އޭނައަށް އެއްކޮށް ރަނގަޅުވާނެ ކަމުގެ އުއްމީދެއް ނެތެވެ.
ކިޔަވާމީހާގެ ބަސްމަގު ހުރިގޮތުން ގޭގެމީހުން މާޔޫސްވެއްޖެއެވެ. ދެންކުރާނެ އިތުރު ކަމެއްނެތްތޯ ސުވާލު ކޮށްފިއެވެ. ކިޔަވާމީހާ، އަދި އިތުރު ކަމެއްކޮށްދޭނަމެވެ. ނަމަވެސް އެއްކޮށް ރަނގަޅުވާނެކަމުގެ ޔަގީންކަމެއް ނެތެވެ. މިއީ ޖިންނިއެއް ކުރިކަމެކެވެ. އޭގެ ތިންމަޚުލޫގުން އެބައުޅެއެވެ. އެތިނެތިވެސް އުލްފާއަށް ކޮށްފައިވަނީ ތިންކަމެކެވެ. އެއީ ހުނުމާއި ރުއިމާއި ހަށިގަނޑުގައި ވާގި ނެތުމެވެ.
އަހަންނަށް ކުރެވޭނެހާވެސް ކަމަކީ އުލްފާއަށް ވާހަކަ ދެކެވޭވަރު ކޮށްދިނުމެވެ. އޭގެ ގަޑިއެއްގެ އިރުފަހުން އުލްފާ ހީހީފަ ވާހަކަދައްކަން ފަށައިފިއެވެ. ނަމަވެސް މޫނުމަތި އެހާއުޖާލާއެއްނޫނެވެ. ހީވަނީ ކޮންމެވެސް ބިރެއް ފެންނަހެންނެވެ. މަންމަ އާއި ބައްޕަ ކައިރީގައި ވާހަކަ ދައްކާއިރު ޝާހު އާއި ދިމާއަށް ބަލައިވެސް ނުލައެވެ. ޝާހު އުލްފާގެ ކައިރީގައި ހުރެ ފިރުމަމުންދެއެވެ. ޝާހު އުލްފާ އަށްޓަކައި "ކުރިއުއްމީދު ފަނޑުވާން" ފަށައިފިއެވެ. ހަށިގަނޑުގައި ހިނގަހިނގާ ހުރި ލޭ ހޫނުވެ ވިންދު އަވަސްވާންފަށައިފިއެވެ. އަމިއްލަ ހަށިގަނޑު ކޮންޓްރޯލް ނުވާހެންވެސް ހީވެއެވެ. މަޑުމަޑުން އުލްފާއާއި ދުރަށްޖެހި ތަނެއްގައި އިށީދެއްޖެއެވެ. އެވަގުތު ގިސްލާފަ ރޮވިއްޖެއެވެ. އެމަންޒަރު އުލްފާގެ މަންމައަށް ފެނުނެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. އެހާގިނަދުވަހު ކުރެވުނު "އުއްމީދު ފަނޑުވަމުން" ދާތީ ހަމަ ނުރޮވޭނެ މީހަކު ނުހުންނާނެއެވެ.
މަންމަ މަރިޔަމް ބުންޏެވެ. ދަރިފުޅާ އުލްފާ އަށް ރަގަނޅު ވުމުން ދަރިފުޅު ހިނިތުންވާނެއެވެ. ރުއިން ހުއްޓާލާށެވެ. ޝާހު ފިރުކެމުން ގޮސް އުލްފާ އޮތް އެނދުކައިރިއަށް ގޮސް އުލްފާގެ އަތުގައި ހިފުމާއެކު ޝާހު ވެއްޓިއްޖެއެވެ. ޝާހުގެ ބައްޕަ ދުވެގޮސް އޭނާ ނެގުމާއެކު ބުނެލީ ދެތިންޖުމްލައެކެވެ. ބައްޕާ މަގޭ އުލްފާ ރަނގަޅަށް ބަލާތި އެއީވެސް ބައްޕަގެ ދަރިއެކެވެ. އެހެންބުނުމާއެކު ބައްޕަގެ އަތްމަތީގައި ޝާހު މަރުވީއެވެ. އެވަގުތު އުލްފާވެސް އަށިގަނޑު މަތީން ފޮރޮޅެމުން ގޮސް ބިންމައްޗަށް ވެއްޓިއްޖެއެވެ. އެވަގުތު މަރިޔަމް ގޮސް ދަރިފުޅު ނެގިއިރު އަނގައިން ފޮނު ފައިބާފަހުއްޓެވެ. ނޭވައެއްނުލައެވެ. ޝާހު އާއި އުލްފާ މިދެކުދީން އެއްފަހަރާ ދުނިޔެ ދޫކުރީއެވެ.
ނޯޓް: މިއީ ރ. އިންނަމާދޫ އަލީ ޝަމީމު ލިއުއްވި އެވޭލާ ވާހަކަ ފޮތުން ނަކަލު ކުރެވުނު ވާހަކައެކެވެ. މިވާހަކައަށް ކުދިކުދި ބަދަލުތައް ގެނެސްފައިވާނެއެވެ.