October 6, 2024 12:32
Advertisement

-Advertisement-

ދިގުތިޔަރަ

މައުލޫމާތު: ދިގުތިޔަރަފަތުގެ ފައިދާ

ދިގުތިޔަރަ ގަހަކީ އާންމުކޮށް 2 މީޓަރުގެ އުސްމިނުގައި ހެދޭ ފަތެއްގައި 4-6 ދެމެދުގެ އަދަދަކަށް ފެހިކުލައިގެ ކުދިފަތްތައް ހުންނަ ގަހެކެވެ. ރީނދޫ ކުލައިގެ މާ އަޅާ މިގަހުގެ ތޮޅީގައި 8-12 ސެންޓިމީޓަރު ހުރެއެވެ. 

ސިއްހީ ބައެއް ފައިދާތައް

ސިއްހީ ގޮތުން ބަލާއިރު މިފަތަކީ ނުކައި ދޫކޮށްލެވޭވަރުގެ ފަތެއް ނޫނެވެ. އެގޮތުން ބަނޑުހިކުމުގެ އުދަނގުލާއި ބަނޑުގައިހެދޭ ފަނި ނައްތާލުމަށް އަދި ބަނޑުގެ ރިހުން ރަނގަޅުކުރުމަށް މިފަތް ކުރީޒަމާނުގައި ބޭނުންކޮށްފައިވެއެވެ. އަދި އުކުނޑިކޮށްޓުން ލުއިކުރުމަށާއި ހުން ތިރިކުރުމަށް އިންޑިއާގައި މިބާވަތުގެ ފަތް ބޭނުންކޮށް އުޅުނެވެ. މޭގަނޑު ދުޅަވުމުން ފަރުވާކުރުމަށް އެފްރިކާގެ ބައެއް ގައުމުތަކުގައި މިފަތް ބޭނުންކޮށްފައިވެއެވެ. އަދި ބްރެޒިލްގައި ގަދީމީބޭސްވެރިކަމުގެ ދުވަސްވަރު މައްސަރުކަންތަކުގެ އުނދަގޫތައް ލުއިކުރުމަށް ވެސް ދިގުތިޔަރަފަތް ބޭނުންކޮށްފައިވެއެވެ. 

Advertisement

ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި މާބަނޑުވުމަށްފަހު ކުރިމަތިވާ ލޭމަދުވުން ރަނގަޅުކޮށްދީ ވަރުބަލިކަން ފިލުވައިލުމަށް މިފަތް ބޭނުންކުރެއެވެ. އަދި ފަންގަސް އާއި ޕެރެސައިޓް ފަދަ ޖަރާސީމުގެ ސަބަބުން ހަންގަނޑަށް ޖެހޭ ތަފާތު ބަލިތަކަށް ފަރުވާކުރުމުގައި ދިގުތިޔަރަފަތް ބޭނުންކޮށްފައިވެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ދިގުތިޔަރަފަތުގައި:-

  • ބެކްޓީރިޔާ އަދި ފަންގަސް ޖަރާސީމުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު އެކުލެވިފައިވެއެވެ. 
  • ދުޅަތައް ތިރިކުރުމުގެ ބާރު އެކުލެވިފައިވެއެވެ. 
  •  މެލޭރިޔާއާއި ދެކޮޅަށް ހަރަކާތްތެރިވުމުގެ ބާރު އެކުލެވިފައި ވެއެވެ. 
  • ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު އެކުލެވިފައި ވެއެވެ. 
  • ދިފާއީ ނިޒާމު ރަގަޅުކޮށް ހަރުދަނާ ކުރުމުގެ ބާރު އެކުލެވިފައި ވެއެވެ. 
  • ހުންތިރިކުރުމުގެ ބާރު އެކުލެވިފައި ވެއެވެ. 
  • ތަދުކެނޑުވުމުގެ ބާރު އެކުލެވިފައި ވެއެވެ.

ދިގުތިޔަރަފަތަކީ ރާއްޖެއިން ފަސޭހައިން ލިބެން ހުންނަ ފަސޭހައިން ހެއްދޭ ގަހެކެވެ. ގޭގެ ގޯތިތެރޭގައި ނުވަތަ ބެލްކަނީގައި ނަމަވެސް ދިގުތިޔަރަ ގަހެއް ހައްދާ ދިގުތިޔަރަފަތް ކެއުމުގައި ހިމަނަން ފަށާށެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކު މާގިނައިން މިފަތް ކެއުމުން ބަނޑަށް އުދަގޫވުން އެއީ ވެދާނެ ކަމެއްކަމަށް ބައެއް ލިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ

 

މައުލޫމާތު: ސައިންސް2.0 /ސިއްހަތު ބްލޮގް

+1
2
+1
2
+1
7
+1
0
+1
0
+1
1
+1
3

Advertisement

ގުޅުންހުރި ލިޔުންތައް