November 24, 2024 13:56
Advertisement

-Advertisement-

އަލްޝާލީ މެރިން މޯލްޑިވްސް އިން ތައްޔާރުކުރި އުޅަނދެއް

އަލްޝާލީ މެރިން މޯލްޑިވްސް: މިދާއިރާގަ ފާހަގަކުރެވޭ ކުންފުންޏަކަށް

އަލްޝާލީ މެރިން މޯލްޑިވްސް އަކީ 2006 ވަނަ އަހަރު އަލްޝާލީ މެރިން ޔޫއޭއީ އަދި ކޯސްޓްލައިން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެކެވެ.

ކުންފުނީގެ މަސައްކަތް ފެށިގެން އައި ގޮތް

އަލްޝާލީ މެރިން މޯލްޑިވްސްގެ އެސިސްޓެންޓް މެނޭޖަރ މޫމިން ރަޝީދު މައުލޫމާތުދެއްވި ގޮތުގައި މި ކުންފުނީގެ މަސައްކަތް ފެށިގެން އައީ ބޯޓު މަރާމާތު ކުރުމުގެ އިތުރަށް ބޯޓު ބަނުމުގެ މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައެވެ.

Advertisement

" ފާއިތުވެދިޔަ އަހަރުތަކުގައި ޚިދުމަތް ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފަ. މިގޮތުން އަލަށް ފަރުމާކޮށްގެން ބަނދެ ނެރެފައިވާ އައު މޮޑެލްތަކުގެ އުޅަނދުތައް ހިމެނޭނެ. އެންމެ ފަހުގެ މެރިން އެކްސްޕޯގައި ލޯންޗުކުރެވުނު އޭ.އެސް އެކްސްޕްރެސް ކެޓް 55 ފާހަގަކުރެވޭ". މޫމިން ވިދާޅުވިއެވެ.

އޭ.އެސް އައިލެންޑް ހޮޕަރ 50 ގެ ފަންސާސް ފޫޓު ޑައިވިން އެންޑް އެކްސްކާޝަން ދޯންޏަކީ ފަތުރުވެރިކަމުގެ ޚިދުމަތުގައި މިކުންފުނިން ތައާރަފުކުރި މަގުބޫލު އުޅަނދެކެވެ. މީގެ 98 އުޅަނދު ދިވެހިރާއްޖެ އާއި ބައެއް އެހެން ކަނޑުތަކުގައި ދުއްވަމުންދާކަމަށް ވެއެވެ.

" ވޯޓަރ ސްޕޯޓްސް އުޅަނދު ކެނެރީ 21، 24 އަދި 28 އިތުރުން ޕަސެންޖަރ ލޯންޗުތައް ކަމުގައިވާ ކޯސްޓް ކްރާފްޓް 37، އޭއެސް ކޯސްޓް ކްރާފްޓް 38 ޕްލަސް، އޭއޭސް 47". މިއީވެސް މިކުންފުނިން ތައްޔާރުކުރާ އުޅަނދުތަކެކެވެ.

ކުންފުނީގެ އަމާޒު

އަލްޝާލީ މެރިން މޯލްޑިވްސްގެ އަމާޒަކީ އެ ކުންފުނިން ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ބޭނުންވާފަދަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

" ސަރވިސް ރިޕެއަރ އަށް ގެނެވޭ އުޅަނދުތަކަށް ބޭނުންވާނެ އެންމެހައި ޚިދުމަތެއް ފޯރުކޮށްދޭނެ. މިސާލަކަށް ފައިބަރުގެ މަރާމާތުތަކުގެ އިތުރުން މެކޭނިކަލް އިންޖިނިއަރުން އިންޖީނުގެ މަސައްކަތްތައް ކުރާނެ. އިލެކްޓްރިކަލް އިންޖިނިއަރުން ކަރަންޓުގެ މަސައްކަތްތައް ކުރާއިރު ބޭނުންވާ އެހެނިހެން މަސައްކަތްތައް ކުރުމަށް ވަކި ޑިޕާޓްމެންޓްތައް ހެދިފައި ހުންނާނެ. އަލަށް ބަންނަ އުޅަނދެއްގެ ކަސްޓަމަރ ބޭނުންވާނަމަ ތަޅުދަނޑި ޖަހައިގެން ދުއްވާލެވޭ ވަރަށް އުޅަނދުގެ މަސައްކަތް ފުރިހަމަކޮށްދޭނެ". މޫމިން ފާހަގަކުރެއްވިއެވެ.

ވިޔަފާރި ފުޅާކުރުން

ވިޔަފާރި ފުޅާކުރުމަށް ދުރާލާ ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި މަސައްކަތްކުރާ މީހުންނާއި މަސައްކަތްކުރާ މާހައުލާއި ސާމާނު ތަރައްގީކުރުމަށް އިސްކަންދީފައިވާނެ ކަމަށް އަލްޝާލީ އިން ވަނީ މައުލޫމާތު ދީފައެވެ. މިގޮތުން އުޅަނދު އެހެލާ ބޭލުން ފަސޭހަކޮށް އަދި ރައްކާތެރިކަމަށްޓަކައި ތިލަފުށީގައި ބޯޓް ލިފްޓިންގ ހޮއިސްޓް ބަހައްޓައިގެން ބޭނުންކުރާތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.

އަލްޝާލީ މެރިން އިން ޚިދުމަތް ހޯދާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފައިވާއިރު، ގަންނަ ކޮންމެ އުޅަނދަކަށް 1 އަހަރުގެ ހަލް ވޮރަންޓީއެއް ދެއެވެ.

" މިމުއްދަތުގައި އެކްސިޑެންޓް މިސްހެންޑްލިންގ ނޫން ގޮތެއްގައި އުޅަނދަށް ދިމާވާ ސްޓްރަކްޓަލް ޑެމޭޖް އިތުރު ޗާޖަކާއި ނުލައި ރަނގަޅު ކޮށްދެވޭނެ". މޫމިން ވިދާޅުވިއެވެ.

ލިބިފައިވާ އެވޯޑުތައް

ނޭޝަނަލް ބޯޓިންގ އެވޯޑު 2016، 2017، 2018، 2022

ބެސްޓް ފައިބަރ ވެސަލް 5-10 މީޓަރ

ބެސްޓް ފައިބަރ ވެސަލް 45-15 މީޓަރ

ބެސްޓް ފައިބަރ ވެސަލް 15-40 މީޓަރ

ޑޮކްޔަރޑް އޮރ ސްލިޕްވޭ އޮފް ދަ އިޔަރ

ބެސްޓް ބޯޓް ޑިޒައިން އޮފް ދަ އިޔަރ

ކުންފުންޏެއްގެ ގޮތުގައި ހިންގުން ރަނގަޅު 100 ކުންފުނި ހޮވާ، އެކުންފުނިތަކަށް ދޭ 'ގޯލްޑް 100' ގެ ފާއިތުވި ހުރިހާ ފަހަރަކު މިކުންފުންޏަށް ގޯލްޑް 100 ގެ އެވޯޑު ލިބިފައިވާކަމީ ވަރަށް ފާހަގަކުރެވޭ ކަމެކެވެ.

އަލްޝާލީ މެރިން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ އިސްމާއީލް ޝަރީފް (ކ)

ނިންމުން

ކަސްޓަމަރުން ބޭނުންވާ މުއްދަތަށް މަސައްކަތް ނިންމުމަށް އަބަދުވެސް އިސްކަންދޭ އަލްޝާލީ މެރިން މޯލްޑިވްސް އަކީ ދިވެހިންގެ އިތުރުން އިންޑިއާ، ސްރީލަންކާ، ބަނގްލަދޭޝް، ނޭޕާލް އަދި ފިލިޕީންސް މީހުން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. ފަހަރަކު 30-20 އުޅަނދުގެ މަސައްކަތް ކުރުމުގެ ގާބިލްކަން ހުރި މިކުންފުނިން ވަނީ ދިވެހިރާއްޖޭގެ މާކެޓަށް ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ވަރަށް ގިނަ އުޅަނދުގެ މަސައްކަތް ނިންމާ ކަސްޓަމަރުންނާއި ހަވާލުކޮށްފައެވެ. އުޅަނދުތައް ނިންމާއިރު ފެންވަރު ރަނގަޅު ތަކެތި ބޭނުންކުރުމަށް އިސްކަންދޭ ކަމަށް މޫމިން ވަނީ ފާހަގަކުރައްވާފައެވެ.

+1
0
+1
0
+1
5
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް